މިޔަރުގެ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

ކަނޑުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތެއްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، މިޔަރުގެ އުދަނގޫ މަސްވެރިންނަށް ފޯރާ ވާހަކަ އަކީ މިހާރު ވަރަށް ބޮޑަށް ދެކެވޭ ވާހަކައެއް ކަމަށެވެ. ަދި މިޔަރުގެ ސަބަބުން ހިތާމަވެރި ހާދިސާތައް ވެސް ހިނގާފައިވާކަން ފާހަގަކުރެއްވިއެވެ.

މިފަދަ މައްސަލަތަކުގައި ފަރުދުން ފަރުވާތެރިވާންޖެހޭ ކަންތައްތައް ފާގަކަކުރައްވަމުން ވަޒީރު ވިދާޅުވީ، ފަތުރުވެރިން ޝައުގުވެރިކުރުމަށްޓަކައި ރިސޯޓުތަކުގައި ފަޅުތެރޭގައާއި ފަޅުން ބޭރުގައި މިޔަރަށް ކާންދޭ ކަމާއި، މަސް ޕްރޮސެސް ކުރާ ފެސިލިޓީ ތަކުން އުކާލެވޭ ތަކެއްޗާއި ރަށްރަށުން އުކާލެވޭ ކާބޯތަކެއްޗާއި، ވަކިން ހާއްސަކޮށް މަހުގެ ބައިތައް މޫދަށް އުކާލުމުން އެ ސަރަހައްދުތަކުގައި މަސްމަހާމެހި ގިނަވެ އެސަރަހައްދު ތަކުން އާދަޔާ ހިލާފަށް މިޔަރު ވެސް ގިނައިން ފެންނަ ކަމަށެވެ.

މީގެއިތުން ވަޒީރު ވިދާޅުވީ، މަސްވެރިންގެ ފަރާތުން އެންމެ ބޮޑަށް އެދޭ އެއް ކަމަކީ މިޔަރާ ދޭތެރޭގައި ސަރުކާރުން ގޮތްތަކެއް ނިންމުން ކަމަށެވެ. އެހެންކަމުން، މިޔަރުގެ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތްތަކެއް ކުރެވޭ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިދަނީ ކޮބާތޯ އަޅުގަނޑުމެންނަށް ގެނެވޭނެ ހައްލަކީ ބަލައި އެކަންތައްތަކާ ދޭތެރޭގައި އަޅުގަނޑުމެން މިދަނީ މަސައްކަތްތަކެއް ކުރަމުން،" ޝިޔާމް ވިދާޅުވިއެވެ.

މިދިޔަ ހަފްތާތެރޭގައި، ލ. ކައްދޫގައި ކުރިއަށް ގެންދިޔަ ސިފައިންގެ ތަމްރީނެއްގެ ތެރެއިން ލ. މާވަށް ކައިރީ މޫދުގައި ތަމްރީނުގެ ބައެއް ކުރިއަށް ދަނިކޮށް މިޔަރެއް ހަމަލާ ދިނުމާގުޅިގެން ލިބުނު އަނިޔާތަކުގެ ސަބަބުން ސިފައިންގެ އޮފިސަރެއް ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ބަރުބަރީ

    މިނިސްޓަރ.މިޔަރުހިފަން ރަސްމީކޮށް ހުއްދަދީފިނަމަ ބަޔަކު ނެގެޓިވް ކެމްޕޭނެއް ކުރުން ގާތް. ރާއްޖެއަކީ މިޔަރުތަކަށް ރައްކާތެރިކަމެއް ނެތް ތަނެކޭ ކިޔާފަ. މީހުން މިތިބީ ކުރާނެ ރަނގަޅުކަމެއް ހަމަ ނުފެނިފަ

    10
    8
    • ނަނަނަ

      އޭރުން އެބަޔަކު މުއްސަނދިވާނެ... ބަރުބަރީ އެކަމާ އުޅެންވާނެ..

  2. ދަތްނެތްކުއްޖާ

    ހުރިހާ ކުދިން ބާރަށް ގޮވާ މިޔަރު ތައް އައުޓު! މިޔަރުތައް އައުޓު! މިޔަރުތައް އައުޓު! އޭރުން އޯކޭ ވާނެ.

  3. ވަލީ އާދަނުު

    މިޔަރުތަކުގެ މައްސަ އަށް ޙައްލެއް ނުދީފިއްޔާ ރައްޔިތުން ނިކުމެ ހައްލު ހޯދާނެ.. އިންސާނުންގެ ފުރާނަ އަށްވުރެން ހުރުމަތްތެރި އެއްޗެއް ނޯންނާނެ، ޓޫރިސްޓުން އަނަނީ މިޔަރު އުޅޭތީއެއްވެސް ނޫން.. އެހެން ނޫންނަމަ މިޔަރު އުޅޭ ކޮންމެ ތާކަށް ޓޫރިންޓުން ދިޔާސް..

  4. ސަލަފު

    މިޔަރުގެ ޕާސްޕޯޓް މަނާ ކުރޭ

  5. 2އަގޫ

    މިޔަރަކީ ﷲ ސވއލ އިންސާނުން ކެއުމައްޓކާ ލައްވާފަވާ ރިޒްގެއް އެރިޒްގް ވަނީ ބަޔެއްގެ އަމިއްލަ އެދުމައްށް ދިވެހިންނަށް މަހްރޫމް ވެފަ އޭގެ ސަބަބުން އިންސާނުންގެ މަސް މިވަނީ މިޔަރުކެއުން ފަށާފަ

  6. ޏައިނާ

    ކާކާ؟ މިޔަރާތަ މަޝްވަރާކުރަނީ؟

  7. Anonymous

    ތިވާހަކަ ނުދައްކަންވީ. މަޑުމަޑުން ރައްޔިތުން މިޔަރު ހިފައިގެން ކާންވީ. ސަރުކާރުން އެކަމާ އަޅާނުލަންވީ. މައްސަލައެއް ޖެއްސިއަށް ސާބިތުނުވާކަމަށް ނިންމަންވީ. މިޔަރު ހިފުން މަނާކޮށްގެންއުޅެނީ މިޔަރަށް އަޅުކަންކުރާ ކާފިރުންގެ ބަޔެއް. އެމީހުންގެ ބަހަށް ހެއްލޭނެ ކަމެއް ނެތް.

  8. ޙެހެހ

    ހާދަ ސްލޯއޭދީ ތިވަރުކަމެއް ކޮށްލަންވެސްދޯ ، އަދިވެސް މިޔަރު ހިމާޔަތްކުރާ މީހުންގެ ރުހުން ނުލިބެނީތޯ !

  9. ައަންދާލި

    ވަކި ޕޮއިންޓް ތަކަކުން މިޔަރު ބޭނުން މަނާ ކުރަން ވީ މިހާރު އޮތްގޮތް ބަދަލުކޮށް

  10. 13ވގ

    ކޮންޗެންހޭ ޗަހަދަނީ މިނިސްޓަރު ޗަމާގޯސް

  11. 13 ވގ

    އިންޑިޔާ އައުޓް ވެެއްޖެ ގެރިމޯދީ ހުވާކުރުމުގެރަސް މިއްޔާތުގަ މުއިޒް އެބަގޮވާ އިންޑިޔާ އައުޓް