އިންޑިއާގެ ގޯ އެއާ އިން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 3.6 މިލިއަން ޑޮލަރު ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

އިންޑިއާގެ ގޯ އެއާ އަކީ ފަސިންޖަރުންގެ އަތުން ނަގާ ޑިޕާޗަރ ޓެކްސް އާއި ފަސިންޖަރުންގެ އަތުން ނަގާ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ދައުލަތަށް ދައްކަންޖެހޭ ފަރާތެކެވެ. އެގޮތުން އެޕްރީލް 2022 އިން ފެށިގެން މާޗް 2023 ގެ ނިޔަލަށް އެ ކުންފުނިން 3،580،588.00 ޑޮލަރު ދައްކަންޖެހޭ ކަމަށް މީރާގެ ފަރާތުން ބުނެފައިވެއެވެ.

މީރާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައިވަނީ އެ ފައިސާ އެކީ އެއްފަހަރާ ގޯ އެއާގެ ކިބައިން ހޯދުމަށެވެ.

އެއ މައްސަލައާއި ގުޅިގެން ޖަވާބުދާރީވުމަށްޓަކައި ގޯ އެއާއަށް ލިޔުންތައް ރައްދުކުރުމަށް މަސައްކަތްކުރި ނަމަވެސް، އެ ކުންފުންޏާ ލިޔުންތައް ހަވާލުނުކުރެވި އެފަރާތާ ގުޅޭނެ އިތުރު ގޮތެއް ހޯދިފައި ނެތުމުން މި މައްސަލަ ކުރިއަށްގެންގޮސްފައި ވަނީ ގޯ އެއާރގެ ޣައިރުހާޒިރުގައެވެ.

ސިވިލް ކޯޓުގެ ގާޒީ ރިޒްމީނާ އިދްރީސް ކުރެއްވި ހުކުމްގައި ވަނީ 03 ޖޫން 2024 އިން ފެށިގެން 1 މަސް ދުވަސްތެެރޭގައި 3،580،588.00 ޑޮލަރު، ގޯ އެއާގެ ފަރާތުން މީރާއަށް ދައްކާ ހަލާސްކުރުމަށް އަންގައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. علي وحيد

    މިއީ ވަރަށް މުއްސަނދި ގައުމެއް މިފަހަރު މުއިއްޒު އިންޑިއާގެ ހުވާކުރާ ރަސްމިއްޔާތުގައި ގޯއެއަރއަށް ތިފައިސާ މާފުކޮށްދިނީމަ މުއިއްޒުގެ ހިތްތިރިކަމާއި ހެޔޮފުޅުކަން ފާހަގަވެގެންދާނީ

  2. އަޅޭ

    ބޭކާރު ހުކުމެއް