ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި އިސްރާއީލާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހަށް ބިލް ހުށަނޭޅުއްވީ ކީއްވެތޯ ޕީއެންސީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމާއި ސުވާލުކުރައްވައިފިއެވެ.

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެ ނުވެވޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް މިއަދު މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވީ މީކާއީލްއެވެ. އެ ބިލްގައިވަނީ އިމިގްރޭޝަން ގާނޫނުގެ އެއްވަނަ މާއްދާގެ (ހ) ގެ ހަތް ވަނަ ނަމްބަރުގެ ފަހަތަށް ނަމްބަރެއް އިތުރު ކުރުމަށެވެ. އެ އިސްލާހުގައި ވަނީ ރާއްޖެ އެތެރެ ނުވެވޭ މީހުންގެ ތެރޭގައި އިޒްރޭލުގެ ޕާސްޕޯޓު ގެންގުޅޭ މީހުން، ޑުއަލް ޕާސްޕޯޓު ހިމެނޭ ގޮތުން ބޭން ކުރުމަށް ހުށަހަޅައިފައެވެ.

އެ ބިލާއި ގުޅިގެން ބަހުސް މަރުހަލާގައި ފަލާހް ވިދާޅުވީ މީކާއިލް ނަސީމް ހުށަހަޅާފައިވާ އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނެސްފައިވާ ބިލަކީ ވަރަށް މުހިންމު ބިލެއް ކަމަށެވެ. އިސްރޭލް ފަލަސތީނުގެ މައްސަލަ އަކީ 1917 ވަނަ އަހަރު ހިނގަމުން އަންނަ މައްސަލައެއް ކަމަށާއި އަދި ފަހަކަށް އައިސް ހާއްސަ ގޮތެއްގައި ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނަށް އަނިޔާ ލިބެމުންދާ ދުވަސްވަރަކީ އޮކްޓޯބަރު 2023 އިން ފެށިގެން ކަމަށް ކަމަށް އެ ބިލްގައި ފާހަގަކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

"އެއްވެސް ޝައްކެއްނެތް އޮކްޓޫބަރު 2023 ގައި ވެރިކަމުގައި ހުރީ އެމްޑީޕީގެ ބޭފުޅަކު. ޕީޕީއެމްގެ ގެ ވެރިކަމެއް ގާއިމް ކުރެވުނީ 17 ނޮވެމްބަރު 2023 ގައި. އެހެންކަމުން އެ ވިދާޅުވި ތާރީހުގައި ވެރިކަމުގައި ހުންނެވީ ބިލް ހުށަހެޅުއްވި މެންބަރުގެ ޕާޓީއަށް ނިސްބަތްވާ ރައީސްއެއް." ފަލާހް ވިދާޅުވިއެވެ.

ފަލަސްތީނުގެ ރައްޔިތުނަށް ދިވެހީންގެ ހިތްތަކުގައި އޮތް ލޯބި ފާހަގަކުރައްވަމުން ފަލާހް ވިދާޅުވީ އެ މައްސަލައިގައި ދުނިޔޭގެ ނިސްބަތުން އެންމެ ބޮޑު އެހީތެރިކަމެއް އަބަދުވެސް ދެމުންދާ އެއް ގައުމަކީ ރާއްޖެ ކަމަށެވެ. ހާއްސަގޮތެއްގައި މިއަދު އިސްރާއީލުން ގެންދާ ގަތުލްއާމާއި ލާއިންސާނީ އަމަލުތައް އެންމެ ބޮޑަށް ކުށްވެރިކުރާ ލިސްޓުގައި އޮތީ މި ސަރުކާރު ކަމަށް ވިދާޅުވިއެވެ.

"މި ސަރުކާރުން ވަނީ މުހިންމު ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައި. އެހެންވީމަ މި މައްސަލަ ސިޔާސީ ނަޒަރަކުން ދެކޭ ކަމުގައިވާނަމަ ބޭނުންވާ ނަތީޖާއެއް ނުނެރެވޭނެ. ފަލަސްތީނުގެ ރައްޔިތުންނަނީ އަޅުގަނޑުމެންގެ މާތް ވެގެންވާ އިސްލާމް ދީނުގެ ރައްޔިތުންތަކެއް. އެތައް ރަސޫލުބޭކަލުންނެތް އުޅުއްވި ތަން އެއީ. އިސްލާމީ އެތައް ތާރީހީ ބިނާއެއް އެ ފަސްގަނޑުގައިވޭ. އެހެންވީމަ އެ ގައުމުގެ ރައްޔިތުން ސަމާލަތް ކުރުމަށް މަސައްކަތް ކުރަނީ ހިތުގައި އޮތް ހާއްސަ ލޯއްބެއްގެ ސަބަބުން." ފަލާހް ވިދާޅުވިއެވެ.

ފަލާހް ވިދާޅުވީ އިސްރާއީލް ފަލަސްތީނުގެ މައްސަލަ އެންމެ ބޮޑަށް ފެށިގެން ދިޔައީ އެމްޑީޕީގެ ސަރުކާރުގައި ކަމަށެވެ. އޭރުގެ ރައީސްގެ ގަރާރަކުން ވެސް އިސްރާއީލްގެ ޕާސްޕޯޓް މަނާކުރެވުނީސް ކަމަށާއި ނަމަވެސް އެކަން ކޮށްފައިނުވާ ކަމަށް ފަލާހް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ގލ

    މޑޕގެ ހީލަތްތެރިކަން ރައްޔިތުން އަންދާޒާކުރާ ވަރަށް
    ވުރެވެސް މާ ބޮޑެވެ.

    25
    1
  2. ޢިދުރިސް

    ހުރިހާ ކަމެއް އިސްލާހުކުރުމަށް އައި ބަޔަކު ކުރީސަރުކާރޭ ކިޔާނެ ކަމެއްނެތް ކުރާކަމެއް ކުރީމަ ނިމުނީ

    14
    30
    • އެހެނަސް

      ކަންކަން ވެފަ އޮތްގޮތް ސާފު ކޮއްދިނުމަކީ މައްސަލައެއް ނޫން. މައްސަލައަކީ އަމިއްލަޔައް ބާރު އޮތްއިރު ނުކޮއްފަ އެހެން މީހުންނާ ދިމާލައް ހަޅާއްލެވުން

      18
      2
    • އިދުރީހުއަމާ

      ބަލަ އިދުރީހާ އެންޑީޕީވެސް ވެރިކަމަށް އައީ ތިހުރިހާ ކަމެއް އިޞްލާޙް ކުރާށޭ ކިޔާފަ ! އެކަމަކު ކޮން ގރއތ އެބުއީ؟

      7
      2
  3. ގަބުޅި ބާދަލާ

    ބަލަގަ އެމްޑީޕީއަކީ ލާދީނީ ޕާޓީ ދޯ އެމްޑީޕީ ވެރިކަމަކީވެސް ލާދީނީ މިހާރު ތިއޮތީ ދީނީ ވަހުދަތު ގުރޫޕް އައް މަޖިލިސް އާއި ވެރިކަންވެސް ލިބިފަ ދޯ

    13
    4
  4. ރެކިފުތާ

    މޑޕ ގެ ބޭނުމަކީ ތިބިލު ފާސްކުރުވައިގެން ބޭރުބައެއް ނުފޫޒުގަދަ ގައުމުތަކެއްގެ ފިއްތުން މިސަރުކާރައް އަމާޒްކުރުވުން، އޭރުން ސަރުކާރު ހިންގަން ލައްކަގިނަ ބޭރުގެ ގޮންޖެހުންތައް ކުރިމަތިވާނެ، އެހާލަތުގަ ރާއްޖޭގެ ރައްޔިތުންގެ ގިނަބައެއްގެ ރުޅި މިސަރުކާރައް އަމާޒްވާނެ، މިހެންވެއްޖެނަމަ މޑޕ މަގްސަދު ހާސިލްވީ. އެމީހުން އެއުޅެނީ ކޮންމެހެން ފަލަސްތީނައް ހަމްދަރުދީވާތީއެއްނޫން. އެމެރިކާ އަދި އީޔޫ އަކީ އިންސާފައްވުރެ އެމީހުން އެދޭގޮތް އެހެންމީހުންލައްވާ ގަދަބާރުންވެސް ކުރަން މަޖުބޫރު ކުރާބަޔެއް، އެހެންވީމަ މިކަހަލަ ބިލެއް އަހަރުމެން ކިތަންމެ ހެޔޮނިޔަތެއްގެ ފާސްކުރިޔަސް އެމީހުން އެކަމެއްބަލައެއް ނުގަންނާނެ އަދި ބަދަލުގަ ލައްކަޖެއްސުމާ ފުރައްސާރަ ކުރިމަތި ކުރުވާނެ. އެދުވަހަކުން ރައްޔިތުންވެސް އެއްބަހެއްނުވާނެ މިކަހަލަ ބިލެއް ފާސްކުރީ ރައްޔިތުންގެ އެދުމުގެމަތިންކަމަކައް، ގޯސްކުރާނީ ސަރުކާރު.

    27
    3
  5. ހިކި ކިރު

    ބަލަ މޑޕ ވެރިކަމެއްގައެއް ނޫނޭ މި ހަނގުރާމައެއް ފަށައިގެން މި ގޮތައް ފާލުގައި ޔަހޫދީން ޤަތުލްޢާއްމު ހިންގަންފެށީ!

    8
    21
    • އަންބޮ

      ވާނުވާ

    • ކާކުތޯ

      2023 އޮކްޓޯބަރުގަ ކާކުތަ ހުރީ ވެރިކަމުގަ

      5
      1
  6. ހަންޑިކުޑަ

    ފާސް ކުރާނެ ކަމެއްނެތް! އެގޯތި ހަސަނު ބުނޭ ޔަހޫދީން އާއި ގުލޭނީ ޔަހޫދީންނޯ!

    9
    2
    • މިޔަނި

      ފާސްކޮއްގެން ފަލަސްތީނައް ވާނެފައިދާ އެއްނެތް ޔަގީނުން ވެސް

      1
      4
  7. ސުވާލުގެ ޖަވާބު

    އެއީ ކަލޭމެންގެ ހުރި މުނާފިޤުކަން ރައްޔިތުންނަށް ހާމަކުރުމަށެވެ.

    2
    2