ހައްޖުވެރިންތަކެއް ފުރުވަން މާލެއިން އެއާޕޯޓަށް ބަޔަކު ކުރި ދަތުރަކަށް ޓެކްސީ ޑްރައިވަރަކު މީހެއްގެ އަތުން 500 ރުފިޔާ ނަގައިފިއެވެ.

"ވަގުތަށް" މައުލޫމާތު ދެމުން އެ ހާދިސާ މެދުވެރިވި ފަރާތުން ބުނީ އަވަސް ރައިޑް މެދުވެރުކޮށް މާލެ އިން އެއާޕޯޓަށް ދިއުމަށް ކާރު ނެގީ މިއަދު ހެނދުނު 10:25 ގައި ކަމަށެވެ. ކާރުގައި ދަތުރުކުރަމުން ދިޔައީ އޭނާ އާއި ދައްތައަކާއި އެ ދައްތަގެ ދެ ކުދިން ކަމަށް ކިޔައިދިނެވެ. އެ މީހުން އަވަސް ރައިޑް މެދުވެރިކޮށް ނެގީ ވޭނެއް ކަމަށް ބުންޏެވެ.

"އަޅުގަނޑުމެން އެއްވެސް ފޮށްޓެއް ވެސް ނާރުވަން ވޭނަކަށް. ދައްތައެއް ހައްޖަށް ފުރާތީ ފުރުވަން ވެގެން ދިޔައީ އެއާޕޯޓަށް." އޭނާ ބުންޏެވެ.

އެއާޕޯޓަށް ވޭނުގައި ދިޔައިރުގައި ޓެކްސީ ކިއު ވަރަށް ދިގު ކަމަށާއި އެހެންކަމުން ކިޔުގައި މަޑުކޮށްގެން ވަރަށް ގިނައިރު އޮތް ކަމަށް އޭނާ ކިޔާދިނެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ ކަނޑައަޅާފައިވާ އަގުތަކަށް ބަލާއިރު ވޭނަކަށް ނަގަނީ 110 ރުފިޔާއެވެ. ނަމަވެސް އެއާޕޯޓް ކިއުގައި މަޑުކުރަން ޖެހުމުން އިތުރު ފީއެއްގެ ގޮތުގައި 390 ރުފިޔާ ނެގި ކަމަށް އޭނާ ކިޔައިދިނެވެ. އެހެންކަމުން ޖުމްލަ 500 ރުފިޔާ ކާރަށް ދައްކަން ޖެހުނު ކަމަށް އޭނާ ބުންޏެވެ.

"ދެން އަޅުގަނޑުމެން ވަރަށް ލަސްވެފައި ތިބީ ދައްތަ ފުރުވަން ދާން ވެގެން. އެހެންވެ އެއްވެސް އެއްޗެކޭ ނުބުނެ ފައިސާ ދައްކާފައި ދިޔައީ. އަސްލު މިއީ އެއްވެސް އިންސާފުވެރި ގޮތެއް ނޫން. ޓެކްސީ ޑްރައިވަރުން ހިތަށް އެރީމަ ހިތަށް އެރި ގޮތެއް މި ހަދަނީ." އޭނާ ބުންޏެވެ.

މި ދުވަސްކޮޅަކީ ރާއްޖެއިން ގިނަ ބަޔަކު ހައްޖަށް ދާ ދުވަސްކޮޅަކަށްވުމުން އެއާޕޯޓްގައި ވަރަށް ކިއު ދިގެވެ. އެހެންކަމުން ފުރާ ގަޑިއަކަށްވުރެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އެމްއޭސީއެލްއިން އިލްތިމާސްކޮށްފައިވެއެވެ.

ކާރު ޑްރައިވަރުން ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކަށްވުރެ ގިނައިން ދަތުރަށް ފައިސާ ނަގާ މައްސަލަ ވަރަށް ގިނައިން ފެންމަތިވެއެވެ. މި ފަހުން ޑްރައިވަރުންގެ މައްސަލަ ބޮޑުވެ މިނިސްޓްރީން ކާރު ދަތުރުތަކުގެ އަގުތައް އަލުން މުރާޖާކޮށް އިއުލާނުކޮށްފައިވެއެވެ. އަދި އަގުތަކާ ހިލާފަށް ދަތުރުކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ހަސަނު

    ކޮބާ ކާރުގެ މައުލޫމާތު މީހާގެ މައުލޫމާތު މިނިވަން ނޫސްވެރިކަން ކުރާއިރު ގިނަ ބައެއްގެ ބޮލުގަ ތިކަން އަޅުވައިގެން ނުވާނެ ތިކަމުގެ ހަގީގަތް އިގޭނީ ފުރިހަމަ މައުލޫމާތު ހިއްސާ ކުރީމަ

    21
    1
  2. ބެއްޔާ

    އެއާޕޯޓްގައި ކިޔޫ ކުޑަކުރެވޭނީ ފުރާމީހުން އެއްފަރާތަކުން އަދި އަންނަ މީހުން އެހެންފަރާތަކުން ދެދިމާއަކުން ވާގޮތަށް ބަދަލުކޮށްގެން.

    10
    1
  3. އުމަރުބެ

    ތިޔަކަހަލަ ޑްރައިަވރުން ކައިރިން ސަލާމަތްވެވޭނީ ދަތުރަށް އަރާއިރު ދަތުރުގެ އަގަށްވާ ފައިސާ އަތަށް ލައިގެން އެރުން.110 ރުފިޔާ ދޭން ޖެހޭ ދަތުރެއްނަމަ ފައިސާ މާރުކޮށްގެންވެސް 110 ރުފިޔާ ހިފައިގެން އަރަންވީ.500 ރުފިޔާ ދިނީމަ ޗޭންޖު ނެދޭނެތާ

    8
    3
  4. ޢަބްދުﷲ

    ތީގަ ފައިސާ ދިން މީހާވެސް ގަޅީ ހިސާބަށްވުރެ... މަ މަނަ ގައުބުރިއަކުން ޖަހާ ކާރުގެ ބިއްލޫރިގަނޑު ފަޅާލީމުސް، ބާކީ ލާރި ނުދިންނަމަ،

    8
    3
  5. އަވަސް

    ތިޔަ ނެގީ ޓެކުސީއެއްނޫން ޕުރައިވެޓް ވަގުވޭނެއް ޓެކުސީ ކާރެއްވެސް ނޫން އިގޭތޯ!! ތިއީޓެކުސީ ބުލޭމް ކުރަން ވަގުތު ނިއިުސް އިން ލިޔުނުނު ލިޔުމެއް ޓެކުސީގެ ގިންތިއަކަށް ނުފެތޭނެ ތެކުސީ ބޯޑު ދިއްލާފަ ނެތިއްޔާ

    5
    9
  6. އަވައްޓެރިއެއް

    މި ވަރު ރަނގަޅު

    3
    2
  7. ދީދީ

    މިހާރުވެސް ތިމައްސަލަ ހަމަޖެހިދާނެ ހުރިހައި އެންމެން އަންބާކިޔާފައި މާލެ ހުޅުލެ ފެރީ ބޭނުންކުރަންފަށާ. ކަނޑު މަޑު ނަލަ ދުވަސްތަކުގައި ކުރިއާއި ލައިގެން ދަތުރަށް ނިކުމެ ފެރީން ދިހަވަރަކަށް މިނެޓުން ހުޅުލެއަށް ފައިބާއިރު ޖީބަށްލުއިވެފައި ޓެކްސީ ކިޔޫގައި ނުޖެހި ކުރިޔަށް ދެވޭނެ.

    8
    3
    • ސީދީ

      އެބުނާހެން!

  8. މއ

    ކިތަންމެ ގިނަ ވަގުތެއް ވިޔަސް ހަމަ އެއަގުތައޮންނަނީ. ށަރުކާރުންވެސްއޮވޭ ގަޑިއަށްވެސް ލާރި ކަނޑައަޅާފަ. ހަމައެންމެތަންލޮޅެއްގައިހިފާދެމީމަ ނަމާދުކުރުންވެސް ހަރާމް ކަމެކޭ ކިޔައިގެން ހުރެވިދާނެ ނަމާދާގާތްނުވެ.

  9. ފަތޯ

    ތީގައި ހަމައެކަނި ޑުރައިވަރުގެ މަސަލެއްނޫ ބަލަ އެދުވަހު އެއާރޕޯޓްގައި ފުލުހުން ތިބޭނެ މަގުބަލަން ގައިމުވެސް މަގު ބާރުބޮޑުވީމަ ޑުރައިވަރަށް ފިލައިގެން ނުދެވޭނެ 500ރ ދީފައި މިބުނަނީ ނެގިއޭ ރުފިއާ އިތުރަށް ނެގިކަމަށްދެން ބުނެވޭނެ ހެއްކެއް ނުދެއްކޭނެ ގައިމުވެސް އެވަގުތު ފުލުހުން ކައިރީގައި ބުނިނަމަ އެޑުރައިވަރު ހޭއަރުވޭ ލެވުނީތާ އަދި އޭނ ދުއްވި ވެހިކަލާ އޭނަގެ ފުޓޯއެއް ލީނަމަ އެއްމެންނަށްވެސް އެގޭނެދޯ މިއީ ގިނައިން ރުފިޔާނަގާޑުރައިވަރެއްކަން

    2
    1
  10. Anonymous

    އަބަދުވެސް، އަގު ދީފަ ކާރަށް އެރުން ބުއްދިވެރީ. އަހަރެން ބުނަން އިތުރައް ދޭނެ ލާރިއެއް ނެތޭ.

    2
    1
  11. އަބޫ

    އަވަސް ރައިޑުން ނަގާ ޓެކްސީއެއް ނަމަ އުޅަނދުގެ ނަންބަރާއި ޑަރައިވަރުގެ ނަމާއި ނަންބަރުވެސް އެނގޭނެ. ތީ ޙަޤީޤަތެއް ނަމަ އެ ހުރިހާ މަޢުލޫމާތެއްވެސް ޢާއްމު ނުކުރަންޖެހޭ. އޭރަށް އެހެން ދަރައިވަރުންވެސް ސަމާލުވާނެ އެކަންކަމަށް.

  12. މޮޔަ

    ކޮބާ އެއްވެސް ޕުރޫފު އެއް ކާރު ނަންބަރު މީހާގެ ނަން ؟

  13. އޮބި

    ހަމަގަޅީދޯ މިވަރައް ހޭލުންތެރިކުރުވާއިރުވެސް ދެންކީކޭބުނާނީ -އޯކޭ ވަގުތު ތަކެއް ވެެެއްޖެއްޔާ ރަންގަޅު ޱުރައިވަރައްވެސް އިތުރު އެއްޗރެް ދިއްކޮއްލަން އޭނަވެސް އެކޮއް ދެނީ މަސައްކަތެއް ތިބޭފުޅުންނައް- ދެފަރާތައް ވެސް ހަމަ ހަމަ ވާންޖެހޭނެ .

  14. ވަގު ހަބަރު

    1.5 ގަޑިއިރު ވިޔަސް 110ރ ތޯއޭ ހަމަ އަރަނީ؟
    މަގު ބްލޮގް ކުރީ ބަސްތައް ވައްދަންވެގެން ފުލުހުން. ޒިންމާ ވާާންޖެހެނީ ޓެކްސީޑުރައިވަރް�