ރައްޔިތުންނަށް ހެވާއި ލާބަ ލިބޭ ގޮތަށް އިންޑިއާ އާއި ރާއްޖޭގެ ގުޅުމުގެ ތެރެއިން ކަންކަން ފަހިވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ޕީއެސްއެމްއަށް ދެއްވި އިންޓަވިއެއްގައެވެ. ރައީސް ވިދާޅުވީ އެ ދަތުރުފުޅަކީ ރާއްޖެއަށް ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށެވެ. އަދި ސަރަހައްދީ ގުޅުމަށް ވެސް ރަނގަޅު ދަތުރުފުޅެއް ކަމަށެވެ.

"ވަރަށް އުފާކުރަން މި ދައުވަތު ދެއްވި ކަމަށްޓަކައި. މި ދަތުރުގައި އާދެވި މިކަމުގައި ބައިވެރިވެ، ބޭއްވި ބައްދަލުވުންތަކަށް ވެސް ޝުކުރު އަދާކުރަން. ރާއްޖެއަށް އިރާދަކުރެއްވީ ރަނގަޅު ކަންތައްތައް ކުރިއަށް އޮތްތާއި ދެގައުމުގެ ގުޅުމުގެ ތެރެއިން ކުރިއަށްވުރެ ވެސް ރަނގަވެގެންދާނެ ކަމަށް ޔަގީންކުރަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އިރާދަކުރެއްވިޔާ ރާއްޖެއަށް އެންމެ ރަނގަޅު ގޮތް އަދި ރައްޔިތުންނަށް ހެވާއި ލާބަ ލިބޭ ގޮތަށް ދެ ގައުމުގެ ގުޅުމުގެ ތެރެއިން ކަންކަން ފަހިވެގެންދާނެ ކަމަށެވެ.

ރައީސް އިންޑިއާއަށް ވަޑައިގެންނެވީ އިންޑިއާގެ ބޮޑުވަޒީރާއި އިންޑިއާ ސަރުކާރުގެ ކައުންސިލް އޮފް މިނިސްޓާސް ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް އިންޑިއާގެ ބޮޑުވަޒީރު އެމަނިކުފާނަށް އެރުވި ދައުވަތަކަށެވެ.

ރައީސްގެ އެ ދަތުރުފުޅުގެ ތެރެއިން ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އިއްޒަތްތެރިންގެ ޝަރަފުގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ދެއްވި ރަސްމީ ޖާފަތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރައީސް ވަނީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއާ ބައްދަލުކުރައްވައި ދެގައުމުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ މަޝްވަރާތައް ކުރައްވާފައެވެ.

މީގެ އިތުރުން އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރު ވެސް ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޓޯޓޯމޯޓޯ

    ހާދަ ކައިރީގަ ދެ ކުދިން! ކޮބާ ކުރިން ކީ ޅެން ފަރިހި!

    13
    1
  2. ބަރުދާސްތު

    އިންޑިޔާ ސަރުކާރުން ކުރަނީ ޖެއްސުން އިންޑިޔާއަށް އައިސް އުޅޭއިރު އެގައުމުގެ ސިމެެއްވެސް ވެސް ނެގުން ދިވެހިންނަށް މަނާ..... މީ ކީ ހެވާ ލާބައެއް ނޫން.

    10
    2
    • ނަތަންޔާހޫ

      އެވެރިން ބުނަނީ ސިމެއް ނުލިބޭނެޔޯ އިންޑިއާ އައުޓު ނުގޮވަންޏާމު. ހުރިހާ ކުދިންވެސް ބާރަށް ގޮވާ އިންޑިއާ އައުޓު! އޭރުން ސިމް ލިބޭނީ!

      5
      1
  3. ހަސަނު

    އިންޑިއާ އައުޓް ޖެހި ޓީޝާޓް ލައިގެން ދިޔަނަމަ އަދި ތިޔައްވުރެވެސް ހެވާއި ލާބަ ދިވެހި ޤައުމަށާއި ރައްޔިތުންނަށް ލިބުނީސް. ދެން ލަލަލާާލާލާލަާ

    11
    5
  4. އަލިބެ.

    ތިޔަކަހަލަ ފޮނިކެނޑި ޗައިނާއަށް ގޮސްއައިސްވެސް.

    4
    1
  5. ހުސޭނުބެ

    ސިޔާސީ މަސައްކަތަކީ ހުތުރުކަން ބޮޑު ދަށުދަރަޖައިގެ މަސައްކަތެއް. އިންޑިޔާ ސިފައިން "ބޭލުން" އެއީ އޭގެ މިސާލެއް. ނަމަވެސް މިއީ ޑާޓީ ޕޮލިޓިކްސް ނުވެސް ފެތޭ އާދައިގެ ކަމެއް. ދެން އަސްލު ޑާޓީ ޕޮލިޓިކްސް އޮންނާނެ ގޮތް ވިސްނާލަބަލަ

    7
    1
  6. ހިކި ކިރު

    މޯދީ ބުނީ ނާށި ގަނޑު ހިފައިގެން ސަލާން ޖަހާވަރު ކޮއްލާނަމޯ!

    5
    1
  7. ދެންލަލަލާ

    އަމިއްލައަކައްނޫންދޯ ދިޔައީކީ ދަޢުވަތުދެއްވައިގެން ގެންދިޔައީ

    7
    3
  8. އަބްދޫ

    ރާއްޖެއަކީ ހުރިހާތަކެތި އިމްޕޯޓް ކުރާ ގައުމެއް. ރާއްޖެއަށް އިމްޕޯޓް ކުރާ ތަކެތީގެތެރޭން ބައެއް އިންޑިޔާ އިން ރާއްޖެއަށް އިމްޕޯޓް ކުރޭ އެއީ ބޭހާއި ކާބޯތަކެތީގެ ބާވަތްތއް ކުންފުނިތަކުގެ އުފެއްދުމާއި ފަގީރު ދަނޑުވެރިންގެ އުފއްްދުންވެސް. މިހުރިހާ ތަކެއްޗަށް ފައިސާދީފަ ރޢްޖެއަށް ގަނެގެން ގެނައުމަކީ އިންޑިޔާގެ ގިނަފަރާތްތަކަށް ވަރަށް ބޮޑު ނަފާ އޮތްކަމެއް.އހަރަކު އެތައމިލިއންޑޮލަރުގެ ނަފާ. ދެންއޮތީ ރާއްޖެއިން އިންޑިޔާއަށް ގޮސް ބޭސްފަރުވާކުރުމަށް ކުރާހަރަދު ބައެއްމީހުން ކުޑަވާ އިނގިލީގަ ރިއްސާލިޔަް އިންޑިޔާ އެއީ އިންޑިޔާގެ ހޮސްޕިޓަލްތަކާއި ކްލިނިކްތަކާއި ލެބޯޓްރީތަކަށާއި ޑޮކްޓަރުންނަށް ބޮޑެތި ނަފާ ހުރި ކަމެއް.އހަރަކު އެތައ މިލިއަން ޑޮލަރުގެ ނަފާ. ތިންވަނައީ އިންޑިޔާގަދިރިއުޅޭ ރާއްޖޭގެ15000 ރައޔިތުންގެ ހަރަދުތައް.ގެދޮރުގެ ކުލި ކާބޯތަކެތި ބޭސްފަރުވާ ދަތުރުފަތުރު ދިވެހިން ކުއަޔަށް ތިބޭގޭގަ ގެންގުޅޭ އިންޑިޔާގެ ރައޔިތުން މިހުރިފާފަރާތްތަކަށް އެތައމިލިއންޑޮލަރެއް ދިވެހިން އިންޑިޔާއަށް ގެންގޮސްހަރަދު އެބަކުރޭ.މިހުރިހާ ކަނަކަމުން އިންޑިޔާގެ ފަގީރުންނަށާއި ނެދުފަންތީގެ މީހުންނަށާއި ކުންފުނިތަކަށާއި މުއްސަނދިންނަށް ވެސް މަނފާކުރޭ. އިންޑިޔާއިން މިކަނަކަން ނުކުރިޔަސް ފައިސާ ހުރިނަމަ މި ހިދުމަތް ހޯދޭނެ އެކަމަށް ބޭނުންވާ ކިތަންމެގައުމެއް ދުނިޔޭގަ އެބައޮތް. އަދިކޮބާ އިންޑިޔާގެ ރައޔިތުންގެ 7000 މީހުން ރާއްޖޭގަ ވަޒީފާ އަދާކުރޭ އެމީހުން ރަށަށް ފޮނުވާ ފައިސާއިން އިންޑިޔާގެ ލައކައަކަށް ވުރެވެސް ގިނަމީހުން މަންފާތައް އެބަފުއްދާ. ވީމާ ވިސްނާލައވަ ބައލަވަ ރާއްޖެއާއި އިންޑިޔާގެ ގުޅުންރަނގަޅުވުމުން މަންފާ އޮތީ ރާއްޖެއަށްތަ ނުވަތަ އިންޑިޔާ އަށްތަ؟ރާއްޖެއިން ދައކާދިން އިންޑިޔާއިން ރާއްޖެއިންގަންނަ ތަކެތި ތުރުކީ އިން މިސުރުން ޗައިނާ އިން ލިބެން ހުރިކަން އަދި އިމްޕޯޓްވެސް ކުރި އެކަމުގަސަބަބުން އިންޑިޔާގެ ވިޔފާރިވެރިންގެ ފިއްތުންއިންޑިޔާ ސަރުކާރަށް ފޯރި.ވީމާ މިގައުމުންއެދުނުގޮތަށް ހުރިހާކަމެއްަގަ އިންޑިޔާ އިންދޫދީގެން ސުލްހަވެރިކަމާ އެކު ނިމިގެންއެދިޔައީ.މިހާރު އެވަނީ ރާއޖެއަށް އިންޑިޔާ އިން ކުރިންއެކްސްޕޯޓް ކުރާ މިންވަރަށް ވުރެ ގިނައިން އެކްސްޕޯޓް ކުރެވޭ ގޮތަށް ކޯޓާ ވެސް އިތުރުކޮށްދީފަ. އެއީ ރާއްޖެއިން އެދިގެނެއްވެސް ނޫން އެއީ އިންޑިޔާގެ ރައްޔިތުންނަށް ލިބޭ ނަފާ އިތުރުކުރުމަށް.ކޮށްދިންކަމެއް.އިނޑިޔާގެ ވިޔަފަރިވެރިންގެ ހިތް ސަރުކާރަށް ލެންބުމަށް ހިންގި ސިޔާސީ އޮޕަރޭސަނެ.އް.އޭގެ މަންފާ އިންޑިޔާ ސރުކާރުން ވަނީ ހޯދާފަ،ސިޔާސީ ކަންކަން ނިންމޭނީ އެކަންކުރަން ދަންނަ މިހުނަށް

    2
    1
  9. ވަގު

    ރަނގަޅު އިދިކޮޅޭމެން ޖޭ ވެގެން ފަސް އަހަރުވަންދެންތިބޭ

  10. މުނާފިގު

    މުނާފިގު ރަތް ލާހެހި ކާފަރުންގެ ވައްތަރު މި ހުންނަނީ ހޮޅިދަޑިމެންގެ