ކުރިއަށް އޮތް އަޟްހާ އީދުގެ ބަންދުގައި ޕާސްޕޯޓުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑިތައް މޯލްޑިވްސް އިމިގްރޭޝަން ސާވިސްއިން އާންމުކޮށްފިއެވެ.

އިމިގްރޭޝަނުން ވިދާޅުވީ ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ހިދުމަތް އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރުގެ ތެރޭގައި ލިބޭނެ ކަމަށެވެ.

އެ އޮފީހަށް ހާޒިރު ޕާސްޕޯޓަށް އެދި އޮންލައިންކޮށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 65 އަހަރުން މަތީގެ ފަރާތްތަކަށް އަދި އެމަޖެންސީ ހާލަތްތަކުގައި ކަމަށާއި އެ ހިދުމަތް ދޭނީ ހެނދުނު 9:00 އިން މެންދުރު 13:00 އަށް ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.

ޕާސްޕޯޓާއި ހަވާލުވުމަށް ނަންބަރު ދޫކުރަނީ ހެނދުނު 8:30 ހަވީރު 16:00 އަށް ކިއުވީ އެޕްލިކޭޝަން މެދުވެރިކޮށް ނުވަނަ އިމިގްރޭޝަނަށް ހާޒިރުވެ ނަންބަރު ނެގޭނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އިމިގްރޭޝަނުން ވިދާޅުވެފައިވަނީ މެންދުރު 12:00 އިން 12:45 އަށް ނަންބަރު ދޫކުރުން މެދުކެނޑޭނެ ކަމަށެވެ.

އަޟްހާ އީދާ ގުޅިގެން އެ ހަފްތާ އެއްކޮށް ބަންދު ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެހެންވެ، އަންނަ ހަފްތާގެ ހަތް ދުވަހުގެ އިތުރުން ހުކުރު ހޮނިހިރާއެކީ 9 ދުވަސް ބަންދުވާނެއެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި އީދު ބަންދަށް ފަހު، ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ 23 ޖޫން ވާ އާދިއްތަ ދުވަހުއެވެ.