މިފަހަރުގެ އަޟްހާ އީދު ގައުމީ ފެންވަރުގައި ފާހަގަ ކުރާ ތިން ރަށުގެ ތެރެއިން އެއް ރަށަކީ ގއ. ވިލިނގިއްޔެވެ. ވިލިނގިއްޔަކީ މިކަމަށް އެންމެ ވަރުގަދަ ޕްރޮޕޯސަލެއް ހުށަހެޅި އެއް ރަށެވެ. އަޟްހާ އީދަށް ތައްޔާރުވުމުގެ ގޮތުން އެ ރަށުގައި ވަނީ ތަފާތު ގިނަ ހަރަކާތްތަކެއް ރާވައިފައެވެ.

ވިލިނގިލި ކައުންސިލް މެމްބަރު އިބްރާހިމް ރަޝީދު "ވަގުތު" އަށް ވިދާޅުވީ މި ފަހަރުގެ އީދު ގައުމީ ފެންވަރުގައި ފާހަގަ ކުރަން ލިބުމަކީ އަތޮޅަށް ވެސް ލިބުނު ފަޚުރެއް ކަމަށާއި ފާއިތުވީ ދެ އަހަރު އެ ރަށުގައި އީދު ކުލަގަދަކޮށް ފާހަގަކޮށްފައިވާ ކަމަށެވެ. އަދި މިފަހަރު އެއަށްވުރެ ކުލަގަދަކޮށް، ތަފާތު ގިނަ ހަރަކާތްތަކާއެކީ އަޟުހާ އީދު ފާހަގަކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވިލިނގިއްޔަކީ 1443 އަދި 1444، މި ދެ އަހަރު ވެސް ވަރަށް ކުލަގަދަކޮށް އަޟުހާ އީދުގެ ހަރަކާތްތައް ކުރިޔަށް ގެންގޮސްފައިވާ ރަށެއް. މިފަހަރު ޕްރޮޕޯސަލް ކާމިޔާބުކުރުމުގައި ވެސް އެންމެ ބޮޑު ކަމަކަށް އަސްލުވީ ކުރީ އަހަރުތަކުގައި ވެސް މިގޮތަށް އަޟުހާ އީދުގެ ހަރަކާތްތައް ވިލިނގިލީ ކައުންސިލުން ކުރިޔަށް ގެންގޮސްފައި ވާތީ. މިފަހަރުވެސް އަޟުހާ އީދު ގައުމީ ފެންވަރުގައި ފާހަގަކުރާތީ އާދަޔާ ޚިލާފަށް ތަފާތު ގިނަ ކަންތައްތަކެއް ރާވާލެވިފައިވަނީ" ވިލިނގިލި ކައުންސިލަރު ވިދާޅުވިއެވެ.

އަޟުހާ އީދުގެ ހަރަކާތްތައް ފަށާނީ އަންނަ ހޮނިހިރުވާ ހައްޖު ދުވަހުއެވެ. އެ ދުވަހު ދައުލަތުގެ އިސްވެރިންނާއި ގިނަ މެހެމާނުން ޒިޔާރަތްކުރާނެ ކަމަށް ވިލިނގިލީ އޭނާ ވިދާޅުވިއެވެ. އަދި އީދުގެ ހަރަކާތްތައް ރަސްމީކޮށް ފެށުމުގެ ގޮތުން އެރޭ 20:30 ހާއިރު ވިލިނގިލީ ހިއްކިބިމު ސަރަހައްދުގައި އީދު މަޅި ރޯކުރުން ކުރިޔަށް ދާނެއެވެ. އެގޮތުން ޖުމްލަ 10 އީދުމަަޅި އެރޭ ރޯ ކުރަން ވަނީ ތައްޔާރުކޮށްފައެވެ. އެހެން ރަށްރަށުގައި އާންމުކޮށް ރޯ ކުރަނީ އެންމެ އީދުމަޅިއެކެވެ. އީދު މަޅީގެ ހަރަކާތާއެކީގައި ވިލިނގިލީ "ބައިރޮހާ" ބޮޑުބެރު ގުރޫޕުގެ ހާއްސަ ހުށަހެޅުމަކާއި މާލީގެ ހަރަކާތެއް ފެނިގެންދާނެއެވެ.

"މިއީ އާދަޔާ ޚިލާފު ބިޔަ ބޮޑު ހަރަކާތަކަށް ވެގެންދާނެ، ސަބަބަކަށްވަނީ އެހެން އަހަރުތަކާ ޚިލާފަށް މިފަހަރު އެންމެ މަޅިއެއް ނޫން މި ރޯކުރަނީ. މިފަހަރު ތަފާތުކޮށްލުމުގެ ގޮތުން 10 މަޅި ރޯކުރާ ގޮތަށް މިވަނީ ހަމަޖެހިފައި. އެއީ ގާތްގަނޑަކަށް 105 ފޫޓުގެ އެއް މަޅިއާ 25 އާއި 30 އާ ދޭތެރޭގެ 9 މަޅި. މިއީ މިހާތަނަށް ރާއްޖޭގައި ބޭއްވޭނެ އެންމެ ބިޔަ ބޮޑު ހަރަކާތަށް ވެގެންދާނެ." އިބްރާހިމް ވިދާޅުވިއެވެ.

ބޮޑު އީދު ފާހަގަކުރުމަށް އީދު މަޅި ޖަހަން ތައްޔާރީތައްވަނީ - ފޮޓޯ: ވިލިނގިލިީ ކައުންސިލް

ހަމައެއާއެކީ އެރޭ އީދު ކުޅިވަރުތައް ރަސްމީކޮށް ފެށިކަން ހާމަކުރުމަށް ހަވާ އަރުވަން ވެސް ނިންމާފައިވާ ކަމަށް އަތޮޅު ކައުންސިލުން ފާހަގަ ކުރެއެވެ.

އަޟުހާ އީދު ދުވަސް

ހެނދުނު

  • ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން އޮންނާނެ (ގއ.ވިލިނގިލީ ރަސްމީ ފުޓްބޯޅަ ދަނޑުގައި).
  • ވިލިނގިލީ ޑަބްލިޔުޑީސީ އާއި ކައުންސިލާއި ގުޅިގެން ބާއްވާ އީދު ސައި.
  • އުޟުހިއްޔާ ކަތިލުން ( ވިލިނގިލީ ކަސްޓަމްސްގެ އިމާރާތާއި ދިމާލުން ބަނދަރުމައްޗަށްވާ ގޮތަށް އޮންނަ ހުސްބިމުގައި).
  • މެންދުރު 1 ޖަހާއިރު އީދު ތަށިބަރު ހަވާލުކުރުން (ވިލިނގިލީ ވަޅަގަނޑާ ބީޗުން).

ހަވީރު

  • އީދު ޕެރޭޑެއް އޮންނާނެ، (ބޮޑެތި މަގުތަކުގައި).
  • ބޮޑުމަސް ބޭނުން.
  • ދަފި ނެގުން

ރޭގަނޑު

  • މިޔުޒިކް ޝޯ (ބަނދަރުމަތީ މައިޒާނުގައި)

އީދު ނަމާދަށްފަހު އީދު ސައި ކުރިޔަށްދާއިރު ވިލިނގިލީގެ ރައްޔިތުން ތިބީ ފަލަސްތީނާއެކުގައިކަން ހާމަކުރުމަށްޓަކައި ފަލަސްތީނަށް އެހީވުމަށް ހާއްސަ ފަންޑު ރައިޒިން އިވެންޓެއް ބޭއްވޭނެއެވެ. އެ ސަރަހައްދުގައި އެކަމަށް ހާއްސަ ފަންޑު ފޮއްޓެއްވެސް ބެހެއްޓިފައި ހުންނާނެއެވެ. އަދި ހާއްސަ ހަރަކާތެއްގެ ގޮތުގައި އުޟުހިއްޔާ ކަތިލުން ސަޤާފީ ގޮތަކަށް ކުރިޔަށް ގެންދާއިރު، ދީނީ ގޮތުން މިކަން ކުރާ ގޮތް ގއ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނާއި އިޤްރާ ޕްރީސްކޫލުގެ ދަރިވަރުންނަށް މައުލޫމާތު ދެވޭނެއެވެ.

އީދު ތަށި ބަރިއަކީ ވިލިނގިލީގެ ހަތަރު އަވަށުގެ ރައްޔިތުން ގުޅިގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހަރަކާތެކެވެ. އީދު ދުވަހު މެންދުރު އެ އަވަށު ގޭގޭގައި ކައްކާ ކާއެއްޗެހި ބޮޑު ޖާފަތެއް ކަހަަލަ ތަށިބަރި ހަދައިގެން އަނެއް އަވަށުގެ ރައްޔިތުންނަށާއި އީދަށް އެރަށަށް ވަޑައިގަތް އިއްޒަތްތެރިންނާއި މެހެމާނުންނަށްވެސް މި ތަށިބަރި އެރުވޭނެއެވެ.

އީދު ޕެރޭޑް ކުރިޔަށްދާއިރު ރަށުގެ ހަތަރު ސަހަރައްދަކަށް މަޑުކުރުމަށްފަހު ޒުވާނުންނާއި އެކި އުމުރުފުރައިގެ މީހުންގެ ތަފާތު ހަރަކާތްތައް ފެނިގެންދާނެއެވެ. މި ޕެރޭޑް ނިންމާލާނީ އީދުގެ ކުޅިވަރުތައް ކުރިޔަށް ގެންދަން ނިންމާފައިވާ މައިދާނަށެވެ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕީޓީއޭގެ ހާއްސާ ހަރަކާތެއް އެ މައިދާނުން ފެނިގެންދާނެއެވެ. އެ ހަރަކާތަށްފަހު ބޮޑުމަސް ބޭނުން ކުރިޔަށްދާއިރު، މި ހަރަކާތަކީ ވިލިނގިލީ އެސްޓީއޯގެ ފަރާތުން ހުށަހަޅާ ހަރަކާތެކެވެ.

ބޮޑު އީދު ފާހަގަކުރުމަށް ތައްޔާރީތައްވަނީ - ފޮޓޯ: ވިލިނގިލިީ ކައުންސިލް

އެރޭ ބާއްވާ މިޔުޒިކް ޝޯގައި މަޝްހޫރު ފަންނާނުން ބައިވެރިވާނެއެވެ. އެގޮތުން މޯލްޑިވިއަން އައިޑަލްއިން މަޝްހޫރުވި ލަވަކިޔުންތެރިޔާ ޝަމްވީލު މުހައްމަދު (ބަރޯ) ބައިވެރިވާނެއެވެ. އަދި ވިލިނގިލީ ބައިރޮހާ ބޮޑުބެރު ގުރޫޕާއި ވިލިނގިލީގެ ހަތަރު އަވަށުގެ ކަނބަލުންގެ ވަރަށް ހާއްސަ ހަރަކާތްތަކެއްވެސް ފެނިގެންދާނެއެވެ.

ވަޅުއީދު ދުވަހުގެ ހެނދުނާއި ހަވީރު ވިލިނގިލީގެ ހަތަރ އަވަށުގެ ރައްޔިތުންގެ ހާއްސަ ކުޅިވަރު ހަރަކާތްތައް ފެނިގެންދާއިރު، އެ ކުޅިވަރުތަކަކީ ޒަމާންވީ ސަޤާފީ ކުޅިވަރުތަކެކެވެ. މުބާރާތެއް ގޮތަށް މި ހަރަކާތް ކުރިއަށް ގެންދާ އިރު، އަވަށްތަކަށް ފައިސާގެ އިނާމުވެސް ދެވޭނެއެވެ. އަދި އެރޭވެސް މިޔުޒިކް ޝޯއެއް އޮންނާނެއެވެ.

އީދުގެ ތިން ވަނަ ދުވަހުގެ އީދު ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ އާއިލީ ހަވީރު ޖެންޑާ ވިލިނގިލި އޮފީހުގެ އެހީތެރިކަމާއެކުގައި ހުރިހާ އިދާރާތަކެއް ގުޅިގެން ކުޑަކުދިންގެ ހަވީރެއް ބާއްވަން ކައުންސިލުން ވަނީ ނިންމައިފައެވެ. އަދި އެރޭ "ރައްޔިތުންގެ މާކޭމު"ގެ ނަމުގައި ވަރަށް ހާއްސަ ޑިނާ ނައިޓެއް އޮންނާނެއެވެ. މިއީ ވިލިނގިއްޔަށް އަންނަ މެހެމާނުންނާއި ހުރިހާ އިއްޒަތްތެރިންގެ ޝަރަފުގައި ބާއްވާ ޑިނާ ނައިޓެކެވެ.

ޑިނާ ނައިޓުގެ ތެރެއިން އީދުގެ ހަރަކާތްތައް ކުރިޔަށް ގެންދިޔުމުގައި ހަރަކާތްތެރިވި ފަރާތްތަކާއި އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކުގެ އަގު ވަަޒަން ކުރާނެއެވެ.

ބޮޑު އީދު ފާހަގަކުރުމަށް ތައްޔާރީތައްވަނީ - ފޮޓޯ: ވިލިނގިލިީ ކައުންސިލް

ހަމައެއާއެކު ވިލިނގިލި ކައުންސިލުން ވަނީ މިފަދަ ކުލަގަދަކޮށް އީދު ފާހަގަ ކުރުމުގައި ހަރަކާތްތެރިވަމުންދާ އެރަށުގެ މުވައްސަސާތަކާއި އެހީތެރިކަން ފޯރުކޮށްދިން އެންމެހާ ފަރާތްތަކަށް ވަރަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ. އެގޮތުން ރަށް ސާފު ކުރުމާއި، މެހްމާނުންނަށް މަރުހަބާ ދެއްވުމަށް ތައްޔާރާ ގިޑިގެ ތައްޔާރު ކުރުމާއި، ރަށް ދިއްލުމާއި، ޒީނަތްތެރި ކުރުމާއި، އީދު މަޅި ތައްޔާރު ކުރުމާއި، ވަޑައިގަންނަވާ މެހުމާނުންނަށް އެކޮމޮޑޭޝަން ހަމަޖައްސާ ދިނުމުގައި ވިލިނގިލި ވޮލެންޓިއާސް އެސޯސިއޭޝަންގެ ހުރިހާ މެންބަރުންނާއި، އެމްޓީސީސީ ވިލިނގިލި ސައިޓް، އާރްޑީސީ ވިލިނގިލި ސައިޓް، ވިލިގިނގިލީ މުވައްސަސާާތަކުގައި މަސައްކަތް ކުރާ ޒުވާނުންނާއި، އަތޮޅު ކައުންސިލް ފާހަގަކުރެވެއެވެ.

މެހުމާނުންނަށް މަރުހަބާ ދަންނަވާ މަރިޔާދުގެ ތައްޔާރު ކުރުމާއި، ވަކިން ހާއްސަކޮށް މުޅި އީދަށް ތައްޔާރުވުމާއި އެކިއެކި ގޮތްގޮތުން ކޫއްޑޫގެ އިސްވެރިންނާއި މުވައްޒަފުންުގެ އާދަޔާ ހިލާފު އެހީތެރިކަމާއި އެއްބާރުލުމެއް ލިބިގެންދާކަން ކައުންސިލުން ފާހަގަކުރިއެވެ.

އަދި އީދުގެ ތައްޔާރީތަކުގައި، ހަތަރު އަވަށުގެ ހުރިހާ ޒުވާނުންނާއި، ވަކިން ހާއްސަކޮށް ވިލިނގިލި ކައުންސިލްގެ އިދާރީ ހުރިހާ މުވައްޒަފުން ރެއާއި ދުވާލު އެއްވެސް ވަރުބަލިކަމެއް ނެތި ކުރާ ބުރަ މަސައްކަތަށް ކައުންސިލް ރައީސް ވިޝާލް މުހައްމަދު ވަނީ ޝޫކުރު ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ނަތަންޔާހޫ

    ކޮބާހޭ ކޮބާހޭ ކޮބާހޭ މި ޤައުމުގައި ތިބޭ ސޭޙުންނޭ ކިޔާބަޔަކު! މިއޮތްގެން ދެ ޖިންސުން މަސްހުނި ވެގެން ނާޗަރަންގީ ކުލެން ރެޑީ ވަނީއެވެ. މި ދީނުގައި އޯކޭ ވީތޯއޭ! ވަކި ބަޔަކު ވެރިކަމަށް އައީމަތޯއޭ ދީން މުޙިންމު ވަނީ! މިހާރަކު ދީނެއް ، މަޒުޙަބެއް ، މިއްލަތެއް މުޙިންމެއް ނޫން ދޮތަ!

    1
    3
    • ރރދފ

      ކަލޭމެންގެ ވަހުޝީކަން މާ ބޮޑީ. ކޮން ދެޖިންސޭ ކިޔާކަށްތަ؟ މިއުޅެނީކީ ދެބައިމީހުން އޮޅުލާކަށް ބައްދާކަށް ނޫން. ކަލޭ ފިހާރައަށް ދާއިރު ދެޖިންސުގެ މީހުންވެސް ތިބޭނީ މަސްހުނިވެގެން. މަގުމަތީގައިވެސް. ތިހާ އަންހެނުންދެކެ ރުޅިއަންނަންޏާ ކަލޭ ފަޅުރަށަކަށް ބަދަލުވޭ. މި ރާއްޖޭގައި ތިކަހަލަ ހަރުކަށި ދީނީ ފިކުރަކަށް ޖާގައެއް ނެތް. މި ކޮމެންޓު ވަގުތު ކުދިން ޖަހާލަދޭތި. އެހެންނޫނީ މިކަހަލަ ހަރުކަށި ފިކުރުގެ މީހުންނަށް ރައްދު ނުދެވެންޏާމުން މިކަހަލަ ފިކުރުތަކަށް އެ ދެވެނީ ނުސީދާކޮށް ހިތްވަރު.

  2. ޢެޑްމުންޑޯ

    ތިބުނީ ތެދެއް ، ކުރީ ދެއަހަރުވެސް ކުލަގަދަކޮށް އީދު ފާހަގަކުރި ، ކުލަ ގަދަވަރަކި އަންހެނުން އޮރިޔާމުން ތިބެ ނަށާ ވައްތަރު ޖެއްސި މިއުޒިކް ޝޯ އެއްވެސް ފެނިގެންދިޔަ

  3. ހއޖ

    މިހަާރު ހުރިހާ ކަމެއް ހަލާލު ވީ.ވަކިސަރުކާރެއް އައިމަ މިމީހުން ހޭ އަރާނީ.ބޯހަލާކު.

  4. ތަކުރު

    ތި ކަމުގައި ޝޭހުންނަށް ކުރެވޭނެ ކަމެއް ނެތް. ޝޭހުންނަށް ކުރެވޭނެ ކަމަކީ އެކަންކަން އޮންނަ ގޮތް އޮޅުން ފިލުވާދެވޭނީ! ޝުކުރިއްޔާ!

  5. އަހްމަދު

    ޢީދޭ ކިޔައިގެން މޮޔަވަނީ! ސާޤާފަތޭ ކިޔައިގެން މީހުން މޮޔަ ހައްދަނީ!!!

  6. ހުސެއިން ޝާމް

    ވިލިގިއްޔަށް ރައީސް މައުމޫނަށް ދައުވަތު ދީގެން .ގެންދިޔުމަކީ ވަރަށް ރަގަޅު ކަމެއް.އެއީ އެމަނިކުފާނުންގެ މަންމާފުޅުގެ އުފަން ރަސް ކަމަށްވާތީއެވެ.އަދި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤަްޔޫމަށްވެސް އަދި ރާއްޖޭގެ ރައީސްކަން ކުރެއްވި ހުރިހާބޭފުޅުން އެއްތަނަކުން ފެނުމަކީ ރައްޔިތުން ވަރަށް އުފާވާނެ ކަމަކަށް ވާތީ އެކަން ރައީސުލް ޖުމުހޫރިއްޔާ ކުރަން މަސައްކަތް ކުރައްވާނެ ކަމަށް އުއްމީދު ކުރަނީ .ހަސަދަވެރިވެގެން މޫނު އަނެއް އަތަށް އެބުރީމަ ފައިދާ ވާނީ މުނާފިޤުންނަށް އެކަނި އެވެ.އެންމެ ޤިން މުނާފިޤުން ތިބީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގައާއި،ހެލްތް މިނިސްތްރީގަ އާއި ،ސިވިލް ސަރވިސް ކޮމިޝަނުގައެވެ.އެންމެ ބޮޑު ސުޕަރ މުނާފިޤުން އުޅޭނީ ސިވިލް ސަރވިސްގަ ލީގަލްގަ ސާބިތު ހިފޭނެ ޑޮކިއުމެންޓް އެބަހުރި.މަޢުލޫމާތު އެބަހުރި.ނިކަން މީޑިޔާއަށް އަރާ އަޅުގަނޑު ހަދަނީ ކަޑައެޅިގެން ދޮގޭ ކެރޭނަމަ.ރައްޔިތުންގެ ތެރޭގައި ފަޝީޙަތްވުން ނޫން އެހެން ކަމެއް ނުވާނެ.އަޅުގަނޑުގެ ރިކޯޑު ފައިލާމެދު އަޅުގަނޑު ފަޚުރުވެރިވަން.އެއީ ކޯޓުން ސިވިލް ސަރވިސް ކޮމިޝަނަށް ކުރި އަމުރު ދެއްކެން އޮންނާތީއެވެ.އެންމެފަހުގެ ބަސް އިއްވާފަ އެއޮތީ ކޯޓުން އާދަމް ޝަރީފް އޭގެ ފަހުން ކޮމެޓީ ހަދައިގެން މައްސަލަ ބަލަން ޖެހުނީ އަޅުގަނޑުގެ ޝަކުވާ ކުރާލެއް ގިނަކަމުން އެމަނިކުފާނު ބޮލަށް ތުރާވެގެން .އެޑަމް އަސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.ސާބަހޭ އާދަމް ޝަރީފް އުމަރު