ޗައިނީސް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސް (ސީޕީޕީސީސީ) ގެ ވައިސް ޗެއާމަން، ހިޒް އެކްސެލެންސީ މިސްޓަރ ބަޓީރ ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

ސީޕީޕީސީސީއަކީ ޗައިނާގައި އޮންނަ ޕޮލިޓިކަލް އެޑްވައިޒަރީ ބޯޑެކެވެ. އެ ބޯޑުގެ ޒިންމާއަކީ އިޖުތިމާއީ އަދި ސިޔާސީ މައްސަލަތަކާ ގުޅޭ ޕްރޮޕޯސަލްތައް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި ލަފާ ދިނުމެވެ.

ވައިސް ޗެއާމަން ރާއްޖެ ވަޑައިގެންފައިވަނީ މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށެވެ. ވައިސް ޗެއާމަން ރާއްޖެ ވަޑައިގަތުމުން އޭނާ އަށް މަރުހަބާ ދެންނެވީ މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމެވެ.

އޭނާގެ މި ދަތުރުފުޅުގައި މާދަމާ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލު ކުރައްވާނެއެވެ. އަދި މަޖިލީހުގެ ރައީސް އަބްދުﷲ އަބްދުއްރަހީމް އާއި ނައިބު ރައީސް އަހުމަދު ނާޒިމްއާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ސަރުކާރުގެ އިސްވެރިންނާ ވައިސް ޗެއާމަން ބައްދަލު ކުރައްވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަތަންޔާހޫ

    ކޮބާހޭ މަޖުލިހުގެ ރަޢީސް! މިހެން ވެގެންނޭ ކަންކަމަށް ނާޤާބިލު މީހުން ނުހޮވަންވީ މަޖުލިހަށް! ބޭރުގެ އިއްޒަތް ތެރި މެޙުމާނަކާއި ބައްދަލު ކުރުމުގެ ޤާބިލު ކަމެއް މަޖުލިހުގެ ރަޢީސްގެ ކިނބައެއްގައި ނެތް ކަމަށް މިކަމުން ދޭހަވަނީ! ވާނީވެސް އެހެންތާ! ބޭރުގެ ބަހަކުން ދެ ލަފްޒެއް ވެސް ބުނެލަން ނޭގޭނެ ކަމަށް މި ރަށުތެރޭގައި ކިޔާ އަޑު އަހަނމު! ވ ވެދުން.

  2. ހުސެއިން ޝާމް

    އޯގާތެރި ހިތްތިރި ބައެއް. ކިބުރު ވެރިކަމުގެ ޒައްރެއްގެ މިންވަރުވެސް ނެތް.ނިކަމެތި ޤައުމުތައް މއްސަދި ކުރުމަށް މަސައްކަތް ކުރާ އަދި އަވަށްޓެރި ޤއުމުތަކާ އެކުވެރިކަން ބާއްވާ ވަރަށް ހަރުދަނާ ސިޔާސަތެއް ގެންގުޅއްވާ ބައެއް.އިންޑިޔާ އާއި ޗައިނާ އަކީ ހަމަ ވަރަށް އެކުވެރި ދރަޙުމަތްތެރިން.އެކަން އަޅުގަނޑުމެންނަށް ޗައިނާ ޢަމަލުން އެބަދައްކާ.މުނާފިޤުންނަށް ރާކަނިމަސް ކެވިފަ ތިތިބީ.