ޖަޕާނުން ރާއްޖޭގެ 30 ރަށަކަށް ކުނި މެނޭޖް ކުރަން ބޭނުންވާ ވެހިކަލް ހަދިޔާކޮށްފިއެވެ.

ޖަޕާނުން ހަދިޔާ ކުރި ވެހިކަލްތައް ރަށް ރަށުގެ ކައުންސިލްތަކާ ހަވާލުކޮށްފައިވަނީ އެކަމަށްޓަކައި ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން، (ވެމްކޯ) އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

އެ ވެހިކަލްތައް ރަސްމީގޮތުން ކައުންސިލްތަކާ ހަވާލުކޮށްދެއްވީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވަޒީރު ތޯރިގް އިބްރާހިމެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ތޯރިގް ވިދާޅުވީ، މިމަސައްކަތްތައް ކުރެވިގެން މިދަނީ އަތޮޅުތެރޭގެ ރަށްރަށާއި ރިސޯޓުތަކަކީ ރައްކާތެރި ގޮތުގައި ކުނި ނައްތާލެވޭ ސާފު ތަނަކަށް ހެދުމަށް ކަމަށާއި، މި މަސައްކަތަށް ބޭނުންވާ އެކި ވަޞީލަތްތައް ރަށްރަށަށް ފޯރުކޮށްދިނުމާއި ކުނި މެނޭޖުކުރުމުގެ މަސައްކަތަށް މީހުން ތަމްރީން ކުރެވޭނެކަމަށެވެ.

އަދި ކުނި މެނޭޖްކުރުމަށް ރަށްރަށަށް މި ވެހިކަލްތައް ފޯރުކޮށްދިނުމާއެކު ކުނި މެނޭޖްކުރުމަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

" މަގޭ ސާފުރާއްޖެ" ދަށުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުރިއަށް ގެންދަން ނިންމާފައިވަނީ، ކޮންމެ ރަށަކަށް ވެސް ކުނި މެނޭޖުކުރެވޭނެ ވަސީލަތްތައް ފަހިކޮށްދިނުމަށް ކަމަށް ދާދި ފަހުން ތިމާވެއްޓާބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖުހާ

    ޖަޕާނުވަރެއްނެތް.. މަ ތާއީދުކުރަން ޖަޕާނައް މިރާއްޖެ އެކީ ވަކިމުއްދަތަކަށް ކުއްޔައްދޭންވެސް. މިތާމިތިބަ ސިޔާސީވެރިންނަށްވުރެ ދިވެހި އާންމު ރައްޔިތުމީހާއަށް ހެޔޮވާނެ ރަނގަޅުވާނެ ޔަގީނުންވެސް.

  2. ހުސެއިން ޝާމް

    ރައްޖެއަށް އަބަދުވެސް ކަންތައް ކޮށްދޭ ބައެއް. މާތްﷲ ޖަޕާނު މީހުންނަކި ހެޔޮބަސް އަހާ ހެޔޮބަސް ޤަބޫލު ކުރާބައެއް ކަމުގައި ލައްވާށިއެވެ.އީދު މުބާރިކު