ޓެލެގްރާމް ގްރޫޕެއްގައި ހަށިވިއްކުމާއި ޑްރަގް ވިޔަފާރި ކުރި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާކޮށްފިއެވެ.

މި މައްސަލައިގައި ދައުވާ ކުރީ ދަފްތަރު ނަންބަރު ރސ 12966، އިބްރާހީމް ރަޝީދާއި ތ. ވޭމަންޑޫ، ރެދިންގެ، ނިޝާނީ އަލީ އާއި ގދ. ރަތަފަންދޫ، ވެލީގެ، އައިސަރު ނަސީމްގެ މައްޗަށެވެ. މިދިޔަ މާޗް މަހުގެ ހަ ވަނަ ދުވަހު ހައްޔަރު ކުރި މި މީހުންގެ ތެރޭގައި ދެމަފިރިން ވެސް ހިމެނެއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ވިދާޅުވީ "ޖަޒީރާ އެޑްމިން" ގެ ނަމުގައި ބޭނުންކުރަމުންގެންދާ ފަރާތުން "ޖަޒީރާ" އާއި "ޖަޒީރާ ގަރލްސް" އަދި "ޖަޒީރާ އެސްކޯޓްސް ގެލެރީ" ނަމުގައި ތަފާތު ޗެނަލްތައް އުފައްދައި، މަސްތުވާތަކެތި އިސްތިހާރުކޮށް، މަސްތުވާތަކެތީގެ އެކިބާވަތްތައް ވިޔަފާރިގެ އުސޫލުން ވިއްކުމާއި، ހަށިވިއްކުމަށް ހިތްވަރުދޭގޮތަށް އިސްތިހާރުކޮށްފައިވާ ކަމަށެވެ.

އަދި މިފަދަ ކުށްތަކަށް މީހުން އަރައިގަތުމަށް މަގުފަހިކޮށް، އަދި ރާއްޖޭގައި އާއްމުކޮށް ވިއްކުން މަނާ ބޭހައި އަދި އޮރިޔާން މަންޒަރު އެކުލެވޭ ފޮޓޯ އާއި ވީޑިއޯ ޕޯސްޓްކޮށްފައިވާ ކަމަށް ޕީޖީން ވިދާޅުވިއެވެ.

މި މީހުންގެ ތެރެއިން އިބްރާހީމް ރަޝީދުގެ މައްޗަށް ދައުވާ ކުރީ ހަޑި ހުތުރު އެއްޗެއް ރައްދު ކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ އާއި ރާއްޖޭގައި މީހަކު ލައްވާ ހަށިވިއްކުމުގައި އެހީތެރިވުމުގެ ދައުވާ އާއި އެހެން މީހަކު ހަށި ވިއްކައިގެން ލިބޭ އާމްދަނީކަން އެނގި ހުރެ އެ އާމްދަނީ ބޭނުން ކުރުމުގެ ދައުވާއެވެ.

ނިޝާނީ އާއި އައިސަރުގެ މައްޗަށް ދައުވާ ކުރީ ހަޑިހުތުރު އެއްޗެއް ރައްދުކުރުމާއި މަނީ ލޯންޑްރިން އާއި މަސްތުވާތަކެތި ބޭނުންކުރުމަށް ނުވަތަ ޓްރެފިކްކުރުމަށް ހިތްވަރުދޭ އެއްވެސް އެއްޗެއް ލިޔުން ނުވަތަ ކުރެހުން ނުވަތަ ފާޅުކުރުން ނުވަތަ ހާމަކުރުން ނުވަތަ ޝާއިއުކުރުން ނުވަތަ އާންމުންނަށް ދެއްކުމަށްޓަކައި ނެރުމާއި އެހެން މީހަކު ހަށިވިއްކައިގެން ލިބޭ އާމްދަނީކަން އެނގިހުރެ، އެ އާމްދަނީގެ ބޭނުން ކުރުމެވެ.

މި ދައުވާތަކާ ގުޅިގެން މި ތިން މީހުން ކުށްކޮށްގެން ހޯދާފައިވާ 9.5 މިލިއަނެއްހާ ރުފިޔާ ނަގައިދިނުމަށް އެދިފައިވާނެ ކަމަށް ޕީޖީން ވިދާޅުވިއެވެ. މަނީލޯންޑަރިންގެ ދައުވާ މި ތިން މީހުންގެ މައްޗަށް ކޮށްފައިވަނީ، މި ފައިސާ އެކި އަދަދުތަކުން އެކި އެކައުންޓުތަކުން ދައުރުކޮށް ލޯންޑާކޮށްފައިވާތީ ކަމަށް ޕީޖީން ވިދާޅުވިއެވެ.

ހަޑި ހުތުރު އެއްޗެއް ރައްދުކުރުމުގެ ކުށުގެ ދަޢުވާ ކޮށްފައިވާނީ ހަށިވިއްކުމަށްޓަކައި ގެންގުޅޭ މީހުންކަމަށް ބެލެވޭ މީހުންގެ ފޮޓޯ ފޮނުވައި، ހަށިވިއްކުމާއި ގުޅުންހުރި މެސެޖްތައް ކޮށް، އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ފޮނުވައި، ހަޑިހުތުރު އެއްޗެއްކަން އެނގިހުރެ، މިތަކެތި ފޮނުވައި ރައްދުކޮށްފައިވާތީ ކަމަށް ޕީޖީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސެއިން ޝާމް

    އީދު މުބާރިކު ދިވެހި ފލހުންނަށް .ތިބޭފުޅުން ތިކުރާ މަސައްކަތުގެ އަގު ވަޒަން ކުރާނެ ނުކުރާނަމަ މީޑިޔާ އޮފިޝަލް މެދުވެރިކޮށް ރައްޔިތުންނަށް ނުވެގެން ނުވަތަ ދަތިވެގެން އުޅޭ ކަންތައް ކިޔައި ދޭންވާނެ.އެކަމަކު ދައުލަތުގެ ސިއްރު ހިފަހައްޓަން ޖެހޭނެ.އެކަމަކީ އަޅުގަނޑުމެން ދައުލަތުގެ މުވައްޒަފުންނާ މަތި ކުރެވިފައިވާ ކަމެއް.މުނާފިޤުން ޖެހޭނީ ރާކަނިމަސް ކާން ހައްޖު ދުވަހު ތިބޭނެ ރޯދައަށް ހުދުހެދުމުގަ އޭގެ އަނެއދުވަހު ރާކަނި މަސް ކާން ދިނީމަ ނިމުނީ.ދިވެހި ފުލުހުންގެ މުސާރަ އެބޭފުޅުންނާ ވާހަކަ ދައްކައިގެން އެބޭފުޅުންނަށް ދަތި ނުވާ ގޮތަށް އެކަންތައް ހަމަ ޖައްސައި ދިނުމަކީ ފުލުހުންގެ މިނިސްޓަރ އާއި ފިނޭންސް މިނިސްޓަރގެ ޒިންމާއެކެވެ.އަވަހަށް ބުނޭ ފައިސާއެއް ނެތޭ .ލޯނު ދައްކަން ވީމަ ފައިސާ ހުރޭ. ފުލުހުންނަށް މުސާރަ ދޭންވީމަ ފައިސާ އެއް ނެތް.އެކުދިން ރޭގަނޑު ޙޭލާ ތިބެގެން ނަފުސާނީ ބަލިކުދިންނާ،ޑްރަގުބޯ ކުދިންނާ ، ފާހިޝްކަންތައް ހިންގާ މީހުން ފަޑިޔާރުގެ އަށް ހާޒިރު ކުރަނީ ނުނިދާ ތިބެ .އަޅުގަނޑަށްވާނަމަ ކޮންމެ ފުލުހަކަށް ފެހި ބިއްލޫރި ޖަހާފަ ދިވެހި ދިދ ޖަހާފަ ކާރެއް ދޭނަން.އަޅުގަނޑު މިދައްކާ ވާހަކައިގެ ހިތިވާނެ ފުލުހުން ފަރުވާ ކުޑަކޮށްފިއަޔާ. ދައުލަތުން ވިސްނަންޖެހޭ ފުލުހުންގެޓެކްނޮލޮޖީ އަޕްގްރޭޑް ކުރަން ހަމައެޢާކު މިހުރިހާކަމެއް އެބަކޯސްދޭން ޖެހޭފަޑިޔާރުންނަށްވެސް.މިކަމުގެ ހުރިހާފައިދާއެއް ވާނީ ދައުލަތަށާއި ރައްޔިތުންނަށް.