ހުޅުމާލެއިން މަސްވެރިންނަށް ވިއްކާ ޑީސެލްގެ އަގު ޝެޑުތަކުން ވިއްކާ އަގަށް ހެޔޮކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން "އެކްސް"ގައި ކުރި ޕޯސްޓެއްގައެވެ.

އެގޮތުން އެ ވުޒާރާއިން ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން، މެނިފެސްޓޯގައިވާ ވައުދު ފުއްދުމަށްޓަކައި ހުޅުމާލޭން މަސްވެރިންނަށް ވިއްކާ ޑީސެލްގެ އަގު ޝެޑުތަކުން ވިއްކާ އަދަށް ހެޔޮކޮށްފައިވާ ކަމަށެވެ.

ތެލުގެ އަގަށް ބަދަލު އައިސްފައިވާ ކަމަށް އެ ވުޒާރާއިން ހާމަކުރި ނަމަވެސް އެކަމުގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މަސްވެރިންނަށް ވިއްކާ ޑީސެލްގެ އަގަށް ބަދަލު ގެނެސްފައިވާއިރު، މިހާރުވެސް މިފްކޯގެ މަސް ކާރުޚާނާތައް ހުންނަ ރަށްރަށުން މަސްވެރިންނަށް ޑީސެލް ފޯރުކޮށްދެމުން ދަނީ ޚާއްސަ އަގެއްގައެވެ. އަދި މީގެ ދެ ހަފްތާ ކުރިން ވެސް އެސްޓީއޯއިން ވެސް ވަނީ ތެލުގެ އަގު ހެޔޮކޮށްފައެވެ.

އެގޮތުން ޑީސަލް ލީޓަރަކުން 70 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 35 ލާރި ވަނީ ކުޑަކޮށްފައެވެ. މި ބަދަލާއިއެކީ ޕެޓްރޯލް ލީޓަރެއް 12.98 ރުފިޔާއަށް އަދި ޑީސަލް ލީޓަރެއް 13.92 ރުފިޔާއަށް ލިބޭނެއެވެ.

އެ ވުޒާރާއިން މިކަން އިއުލާނު ކުރުމާއި އެކީ، ލޭނު އަޅަން ސަރުކާރުން ހުއްދަ ދޭން ނިންމާފައިވާތީ އެކަމާ ދެކޮޅަށް ކުރިއަށް ގެންދިޔަ އިހުތިޖާޖު ވެސް ބޮޑު ކަންނެލި މަސްވެރިން ވަނީ ނިންމާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ދުންމާރި

    ތީ ވަޢުދު ފުއްދަން ކުރިކަމެއްނޫން މަސްވެރިން ފަހާ ދުވަން ފެށީމާ ކުރިކަމެއް އަދިވެސް ކަންކަން އޮޅުވާލަން ނޫޅެބަލަ ވަޢުދު ފުއްދަން އިޙްލާޞް ތެރިކަމާއެކު ކަމެއްކުރަންޏާ ބަޔަކު ފަހައިގަންނާންދެން ނުތިބޭނެ ކުރަންބުނިކަމެއް ކޮށްނިންމާނެ ވަގުތުން މި ކޮމެންޓު އާންމުކުރާނެހެން ހީނުވޭ ސަރުކާރަށް ފާޑުކިޔަންޠަ ވަގުތު ބިރުގަންނާނެ

    2
    6
    • މަންނު

      ވަގުތު ނޫހުން ޕޮސެޓިވް އަދި ނެގެޓިވް ކޮމެންޓްވެސް ޖަހާ. އޮޅުވާލަން ނޫޅޭ.

  2. ދޮނާ

    އެކަމަކު މަހުގެ އަގު ދަށްކޮށެއް ނުވިއްކާނެތާ؟ އެމިހަކު ބޭނުންކަމެއް ސަރުކާރުލައްވާ ކުރުވަނީ

  3. މަސްވެރިންގެ ޖޫނިއަން

    މިޔަރުގެ ނޮހޮރޮއްޕާންވެސް ވަކިކުޑަޔެއްނޫން އެން ހިފަން ފައިބަން ބިރުގަންނަ ހިސާބަށް ހިނގައްޖެ މަސްބާނަ ހުއްޓާ ބުޅީގަ އިންނަމަހުގެ ބޯ އެކަނި ލިބެނީ މިޔަރު މަސްވެރިކަން މިހަރުޖެހޭނީ ވަކި ކޮޅެއްގަ ޖައްސަން

  4. މަތަރަސް

    ބަލަ އެއްވެސް ރައީސަކު ރައްޔަތުންގެއަޑުނާހާ މިރައީސް ރެޔާދުވާލު ރައްޔަތުންކުރާކަންތައްބަލާތިތަ ތެލުންވިއަސް އަދި މުޒާހިރާކުރިމީހުންގެއަޑުވެސްއިވުނުތަ ކުރީގެ ރައީސުންނާ މިރައީސްތަފާތެކީ މީ ހިންނަވަރު އިބޫ ރައިސް އެދިޔައީގައުމު ދޮވެލާފައި ބިންތަކާ ފަޅުތަކާ ހަޒާނާޔާ ރައްތަކާ ގައުމު ބަގުރޫޓްކޮއްފައިދިމާމަވެސް އަޅެ ކޮބައިހޭ ތިޔަބުނާ މިނިވަން މުއައަސިސާގެވެރިން ބަލަ ރައިސްސަކައްއަނަ މީހާބޭނުންގޮތަކައް ހަދަންއޮނަގައުމެންނޫންމީ މިކަމުގަ އިސްކޮއްއުޅުވި ވެރިންހައްޔަރުކުރޭ މިކަންނުކޮއްފިޔާ ރައްޔަތުނަންކުރާބޮޑުހިޔާނާތެއް ލޮބުވެތިރައީސްމުއިއްޒު ރައްޔަތުންގެއާދޭސް؟؟؟؟

  5. ހިކި ކިރު

    ބަލަ މަސްވެރިން އިނބަމެން ތިހެން ދައްކާ ދަލައެއްގައި ނުޖެހޭނެ! އެވެރިން ތިބީ އިނބަމެނަށް ދޫކޮއްގެނެއް ނޫން. ދޭހާ އަށްވެއްގަ ވެހޭހާ ވާރެއެއްގައި އަނބި ދަރިން ދުކޮއްފައިި ކަނޑު މައްޗަށް އަރައިގެން ބާނާ މަސް ކޮލަށް އިނބަމެން ދެނީ ދޯކާ! ޑޮލަރ މިދެނީ މިދެނީ ފައިސާ މިދެނީ މިދެނީ ކިޔަކިޔަ އެވެރިން ވާ ވައްދައިގެން ގެންގުލުނި ޒަމާން މާޒީވެ ހިނގައްޖެ ވަޒީރޫ!

  6. މަންނު

    އިއްޔެ މުޒާހަރާކުރި މަސްވެރިން ދިވެހި ސަފައިންނާ ދޭތެރޭ ވަރަށް ގޯސް ކޮށް ކަންތައްކުރީ. އެ ފިނޑި އަމަލު ހިންގި މަސްވެރިންނަށް ހަރުކަށި ފިޔަވަޅު އަޅަން ގޮވާލަން. ދިވެހި ސިފައިންނަށް އަދި ފުލުހުންނަށް އިހްތިރާމް ކުރަން ޖެހޭ. މާލެ އެއް ރާއްޖެ ތެރެއެއް މިކަމުގަ ބަލާނެކަމެއް ނެތް.