މާލެ އިން ގެއްލިގެން ހޯދަމުން އަންނަނިކޮށް ފެނުނު ވެހިކަލްތައް ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ ފަރާތުގެ ނަންމަތީ 100 ވެހިކަލް ރަޖިސްޓްރީކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ސުޕްރިޑެންޓް އޮފް ޕޮލިސް، އަހުމަަދު ދާއޫދު ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އޮތް ދައުލަތުގެ ވޭނެއް ވަގަށް ނަގާފައިވާ މައްސަލައިގެ ތަހުގީގު ކުރިއިރު، އެ ވޭން މީގެކުރިން އަލިފާނުގެ ހާދިސާއެއް ހިނގި ގެއެއް ކަމަށްވާ ހ. ހީރާނުގެ ގްރައުންޑް ފްލޯގައި ހުރި ގަރާޖެއްގެ ތެރެއަށް ވޭން ވެއްދި މަންޒަރު ފެނިފައިވާ ކަމަށެވެ.

ތަހުގީގު ތެރެއިން ގަރާޖަށް ގޮސް، ގަރާޖު ކުއްޔަށް ނަގައިގެން އުޅޭ ފަރާތް އެތަނަށް ހާޒިރު ކުރެވި، އޭނާގެ ހާޒިރުގައި ގަރާޖު ބަލައި ފާސްކުރިިއިރު ގަރާޖު ތެރެއިން ވޭނު ފެނިފައިވާ ކަމަށް ދާއޫދު ވިދާޅުވިއެވެ.

މިހާދިސާގެ އިތުރުން މީގެ މަހެއްހާ ދުވަސް ކުރިން ހުޅުމާލެ އިން ގެއްލިފައިވާ އިމިގްރޭޝަންގެ ހަތަރު ފުރޮޅުލީ އުޅަނދު ވެސް އެ ގަރާޖު ތެރެއިން ފެނިފައިވާ ކަމަށް ދާއޫދު ވަނީ ވިދާޅުވެފައެވެ.

ދާއޫދު ވިދާޅުވީ، އެކަމާއި ގުޅިގެން ބެލިބެލުމުން ވެހިކަލްގެ އަސްލު އޮޅުވާލަން އިންޖީނު ނަންބަރާއި ޗެސިސް ނަންބަރު ކަހާލާފަ، މާލޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަކަން އެނގިފައިވާ ކަމަށެވެ.

މިމައްސަލައިގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ކ. މާލޭ، މ. މޮޑަން ކޮމެންޓް، އަހުމަދު ނިޒާމް (43އ)ގެ އިތުރުން އެމްއޭސީއެލްގެ ސްޓާފެއް ކަމަށްވާ މ. ސީނިއަސުރުމާގެ، މުހައްމަދު ހައިޝަމް (42އ) އެވެ.

މިއީ ބޮޑު މައްސަލައެއް ކަމުން އިތުރަށް ތަހުގީގުކޮށް، އެބޭފުޅުންގެ ނަންމަތީގައި ހުރި ވެހިކަލްތަކުގެ އަދަދުތައް ފުލުހުން ބަލާފައިވާ ކަމަށް ދާއޫދު ވިދާޅުވިއެވެ. އެގޮތަށް ބެލިބެލުމުން ގަރާޖު ހިންގާ ފަރާތުގެ ނަންމަތީގައި 100 ވެހިކަލް އޭގެ ތެރޭގައި ހަތަރު ފުރޮޅުލީ 86 ވެހިކަލެއް ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ދާއޫދު ވިދާޅުވިއެވެ.

"86 ވެހިކަލް ބަހާލާފައި މިވަނީ އަހުމަދު ނިޒާމްގެ އަނބިމީހާ ނަމުގައި 42 ވެހިކަލެއް. ބާކީ ހުރި ވެހިކަލް އަހުމަދު ނިޒާމުގެ ނަމުގައި" ދާއޫދު ވިދާޅުވިއެވެ.

ދާއޫދު ވިދާޅުވީ، 86 ވެހިކަލް ރަޖިސްޓްރީ ކުރާއިރު 86 ގަރާޖު ސިޓީ މާލޭގައި އޮންނަން ޖެހޭނެ ކަމަށެވެ. ނަމަވެސް ކުރީގެ ޓްރާންސްޕޯޓް މިނިސްޓްރީ އަދި މިހާރު މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާ މެދުވެރިކޮށް ބެލި ބެލުމުން 2023 ގެ ކުރިން 2025، 2026 އަދި 2027 ވަނަ އަހަރުތަކަށް ވެސް ވެހިކަލްތައް ރަޖިސްޓްރީކޮށްދީފައިވާކަން އެނގިގެން ގޮސްފައިވާ ކަމަށް ދާއޫދު ވިދާޅުވިއެވެ.

ދާއޫދު ވިދާޅުވީ، މިމައްސަލައިގައި ހިމެނޭ ނިޒާމުގެ މައްސަލަ ތަހުގީގު ނިންމައި، ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް މައްސަލައިގެ ފުޅާމިނުން މިނިސްޓްރީއެއް މިކަމުގައި ހިމެނޭތީ އަދިވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް ދާއޫދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ޝްރޭ

    އަސްތަޤްފިރުﷲ

    13
    1
  2. ޅިޔަނުބެ

    ބޮޑުވގ

    15
    0
    • ކާފަ

      ޓްރާންސްޕޯޓުން ތިކަމުގެ އަޑީގައި ހުރީ އަލީ ސޯލިހާއި އޭނަ ކޮއްކޮ އަހުސަނު ނާޒިމް

      12
      • ފާޠިމަތު

        މާލޭ ސިޓީކައުންސިލްގެ ތިޔަ މަސައްކަތްކުރާ ބައެއްގެ އަތެއްވެސްވާނެ.

  3. މަޑުއްވަރި އައްޔަބޭ

    ކޮންމެ ކަމަކުން މި އޮންނަނީ ވައްކަން ކުރުން ، ރަގަޅަށް ހިފަހައްޓާފަ އަތް ބުރި ކޮށްލަބަލަ އޭރުން މައްސަލަ އޮންނާނީ ނިމިފައި .... ކޮންމެސް ވަރަކަށް މަދުވާނެ

    36
    0
  4. ހަސަނުގެ ދަރި ލަތީފް

    ޜަޖިސްޓަރީ ކޮށްދިން ބަޔަކަށްވެސް ހަމަ ސާބަސް އެހާ ގިނަ އުޅަނޑު ރަޖިސްޓަރީ
    ކޮށް ދިން އިރުވެސް އާދަޔާ ޚިލާފް ކަމެކޭ ހިތަށް ނޭރިކަން

    32
    • ޓްރާންސްޕޯޓު

      ޓްރާންސްޕޯޓުގަ ރަގިސްޓާ ކޮއްދެނީ ބައިއަޅައިގެން. ދެންކޯޗެއްތަ ބަލާނީ ކާކު

      18
      • ސާޖިދާ

        މި މިނިސްޓްރީތެރޭން ހުރިހާ ވައްކަމެއް ކުރީ އަލީ ސޯލިހު ސޮއި ކޮށްގެން

        13
    • ފާޠިމަތު

      ޓްރާންސްޕޯޓް މިނިސްޓްރީގެ ބަޔަކާ އަދި މާލޭ ސިޓީ ކައުންސިލްގެ ބަޔަކު ގުޅިގެން ހިންގާފައޮތް ބޮޑު ޖަރީމާއެއް

  5. ޝެއިޚް އަޖުމަލް.

    ފުލުހުންނަށް މަގުމަތި ބެލެހެއްޓުމުގައި ސިފައިންވެސް ބައިވެރި ކުރަންވީ.

    16
  6. މަންނު

    ތަހުގީގު ކިތަންމެވަރަކަށް ކުރިޔަސް، ހައްގު އަދަބު ނުދެވެންޔާ ހަމަ ބޭކާރު ކަމަކަށް ވާނީ.

    24
  7. އަލީީ

    ސާބަހޭ ސާބަހޭ ޓްރާންސްޕޯރޓް މިނިސްޓްރީއަށް ސާބަހޭ. އަހަރެމެންގެ ފަހަރޭމީމީމީމީ......!!! މިގައުމުގައި ކުޑަކޮށް ވައްކަމެއް ކުރާމީހާއަށް ހައްޤު އަދަބު ލިބޭނެ. ބޮޑު ވައްކަމެއް ކުރާމީހާއަށް އެއޮތީ ދުނިޔެ ލިބިފަ. މި ވައްކަން އިތުރަށް ބަލާނެކަމެއްނެތް. ދުވަސްކޮޅެއްވާއިރަށް މުޅި ނިޒާމު މިކަން ހަނދާންނެތޭނެ. ނޫނީ ރައީސުލް ޖުމްހޫރިއްޔާ މާފްދޭނެ. ހާސްވާނެކަމެއްނެތް. ކަލޭމެންނަށް ހަމަ ސެލިއުޓް ހައްޤު.
    މާދަން ރައީސުލް ޖުމުްހޫރިއްޔާ އަންގަފާނެ ތިމައްސަލަ މިވަގުތަށް މަޑުޖައްސާލަން. ނޫނޫ ކޯޓް ތެރެއިން ތިޔަކަން ދަމަދަމާބާއްވާ... ސާބަހޭ ސާބަހޭ ޓްރާންސްޕޯރޓް މިނިސްޓްރީއަށް ސާބަހޭ. އަހަރެމެންގެ ފަހަރޭމީމީމީމީ......!!!

  8. ނަޒީރު

    ވެހިކަލްތައް ވަގައްގެންގޮސް އަސްއޮޅުވާލާ މާލެއައް ނިސްބަތްވާ ދެމީހެއްގެ ވާހަކަ.... އެދެ ބޭފުޅުންގެނަމުގަ 90ވަރަކައް ވެހިކަލް ރަޖިސްޓްރީ ކޮއްފަވާކަމައް ސުވާލަކީ މިމީހުނައް ބޭފުޅުންނޭ ކިޔާފަލިޔަނީ މަލޭމީހުން ވީމަތޯ ކީކޭބުނާނީ

    22
  9. ޟެން

    ރަޖިސްޓްރީ ކުރެވުނީ ކޮށްދިނީމައި ، މިކަމުގައި ޓްރާންސްޕޯރޓް ހިންގަންތިބި މީހުންނާއި މުއްޒަފުންނާ ވެސް ސުވާލުކޮށް އެމީހުންގް ބޭންކް އެކައުންޓްތައް ވެސް ބަލަން ޖެހެ. މިގައުމުން ވައްކަމާއި ކޮރަޕްޟަން ހުއްޓުވާނެ ބަޔަކު ނެތީތަ؟

    11
    1
  10. ސަރުދާރު

    ސުވާލަކީ، ސަރުކާރުގެ ތެރެއިން ނޫން ގޮތަށް ތިޔަކަން ވެދާނެތޯ؟ ކޮންމެ 5 އަހަރަކުން 1 ފަހަރު ރައްޔިތުން ނުކުމެ ސަރުކާރު ބަދަލުކުރަނީ އިދާރާ ތަކުގައި ތިބޭ މިކަހަލަ ކޮރަޕްޓް މީހުންވެސް ބަދަލުވާނެ ކަމުގެ އުއްމީދުގައި! ނަމަވެސް ސިވިލް ސާރވިސްގެ ތެރެއިން އައިސްތިބޭ މިކަހަލަ މީހުން ހަމަ ތިބެނީ ޖަރީމާ ހިންގަން!

    13
  11. ސޯޓުބެ

    މިޒާތުގެ ކަންކަން ކުރާއިރު ދައުލަތު ކޮންމެވެސް މުވައްޒަފެއްގެ އަތެއް އޮންނާނެ! އިދާރާ ތަކުގައި އުޅޭ ބައެއް މުވައްޒަފުންނަށް ވެސް އެނގިފައި އޮވެދަނެ! އެކަމަކު އެފަދަ ޖަރީމާތައް ހިންގާކަން އެނގޭ ހިސާބުން މުވައްޒަފަކު ރިޕޯޓް ކުރިޔަސް ވެރިމީހާ އަޅާނުލާ، ރިޕޯޓް ކުރިމީހާ ހަލާކު ވަންޏާ ކިހެނެއް ރިޕޯޓްކުރާނީ؟

  12. ކަދުރޭ

    މަތިން ތިރިއައް ބައި އެޅޭ ގޮތައް ކުރާ ވައްކަން.

  13. ޙެހެހ

    ކޮބާ ރަޖިސްޓްރީ ހަދާދިން ޓްރާންސްޕޯޓްމީހުން ، އެންމެ 2 މީހުންނެއްނޫން ތިބޭނީ ، އަދި ތިމީހުންގެ ފޮޓޯވެސް އާއްމުނުވާންވީ ކީއްވެ ، ހަމައެކަނި އެމް.އެންޕީއާރުސީ ފައިސާއެއް ނޫނެއްނު ގަދަކޮށް ބަލަންވީ !!

    11
    1
  14. ކަހުރަބު

    ބޭފުޅުން ، ކަނބަލުން !

  15. އެސޮރު

    ސާބަހޭ، ތިޔަކަންވެސް ތިޔަ ބަސްޓުވީ އޮޅުމަކުން ނޭނގި ނަމަވެސް ކުންފުންޏެއްގެ އެމްޑީއެއްގެ އެއްޗެއް ވަގަށް ނެގި ހިސާބުން. އެވެރިންނަށްވާ އިންސާފު ހޯދާދޭނެތާ ތަނެއް ފަޅާފަވެސް، މިޔޮތް ހުރިހާ ދުވަހު އެހެން އެއްވެސް މީހެއްގެ ވެހިކަލެއް ނުހޯދައިދެވުނެންނު!
    މަ ނަމަ ޕްރެސްއަށް އަރާ ތިހެން ބުނަންވެސް ނުކެރޭނެ ލަދުންވެސް

  16. މއކ

    ތިބަޔަކު ސަލާމަތް ވާނެ. ތިމައްސަލަ ހަމަ ހިދިގެން ދާނެ. ޓްރާންސްޕޯޓް މިނިސްޓްރީއަށް އޭސީސީ އަދި ޕޮލިހުންނައް ކެރޭނެތަ ވަދެގަންނަން.

  17. މާނު

    ޢެވެސް އައްޑޫ ނޫނީ ހުވަދޫ ބައެއްނަމަ މިހާރު ފޮޓޯއޮންނާނެ މުޅި ސޯސަލްމީޑިއާގަ ބަލަގަ ވައްކަމޭކުރީ ވައްކަންކުރާމީހުން އެނގެން ޖެހޭނެ އެއްމެނައް ފޮޓޯއާއްމު ކުރޭ ކުރޭ

    8
    1