ބޮޑު ކަންނެލީ މަސްވެރިންގެ ޔޫނިއަންގެ ފަރާތުން ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން ސިފައިންގެ ލޯންޗެއްގައި ޖެއްސި މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ.

ބޮޑު ކަންނެލީ މަސްވެރިންގެ ޔޫނިއަންގެ ފަރާތުން އިހުތިޖާޖު ކޮށްފައިވަނީ މިފްކޯއިން ބޮޑުކަންނެލި ގަތުމަށާއި ލޭނު އަޅައިގެން މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމުގެ ވިސްނުން ސަރުކާރުން ދޫކޮށްލުމަށް ގޮވާލައެވެ. މިމަހުގެ 12 ވަނަ ދުވަހު މަސްވެރިން އެންމެ ފުރަތަމަ އިހުތިޖާޖު ކޮށްފައިވަނީ ހުޅުމާލޭ ފަޅު ތެރޭގައެވެ. އޭގެ ފަހުން މަސްވެރިން ވަނީ މާލޭގެ އެއް ނަންބަރު ފާލަމަށް ވަދެފައެވެ.

މަސްވެރިންގެ މާލޭގެ އެއް ނަންބަރު ފާލަމަށް ވަންނަން މަސައްކަތް ކުރަމުން ދިޔަ ވަގުތު ކޯސްޓް ގާޑުން ދިޔައީ މަސްވެރިން ހުއްޓުވުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ކޯސްޓް ގާޑުގެ ލޯންޗުގައި އެއް ނަންބަރު ފާލަމަށް ވަންނަ ނެރު ކައިރީ ފުލުހުން ބަންދު ކުރިއެވެ. ނަމަވެސް ބައެއް ދޯނިތަކުން ވަނީ ކޯސްޓް ގާޑުގެ ލޯންޗުގައި ޖައްސައި އެއް ނަންބަރު ފާލަމަށް ވަދެފައެވެ.

މިމައްސަލަ ތަހުގީގު ކުރަމުން އަންނަތޯ "ވަގުތު" އިން ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެއީ ކަނޑުމަތީ ހާދިސާއެއް ކަމުން މެރިން ޕޮލިހުން މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެނިގެން ދަނީ މަސްވެރިންގެ ދޯންޏަކުން ކޯސްޓް ގާޑުގެ ލޯންޗެއްގައި ޖައްސައި ކުރިއަށް ގެންދާ މަންޒަރެވެ. އަދި އެވަގުތު ފުލުހުން އެ ދޯނި މަޑުކުރަން އެންގުމުން ވެސް ފަޅު ތެރެއަށް ވަދެގެން އައި މަންޒަރު ފެނިގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

51 ކޮމެންޓް

  1. ލާމު

    ފިޔަވަޅު ނާޅައި ދޫކޮށްލެވިގެން ނުވާނެ މިކަހަކަންކަމުގައި.

    102
    18
    • ނަތަންޔާހޫ

      ފިޔަވަލު އަލާފަ ބަހައްޓާ! 2028 ގެ ރިޔާސީ އިންތިޙާބުގެ މަތިން ހަދާން ނައްތާލާ! ހުރިހާ މަސްވެރިން ބުނަނީ 2028 ނޯ!

      • ޙަސަނު

        މަސްވެރިން އެކަނިތަ ވޯޓްލަނީ

  2. ސަމުސާ

    ޖަލުގަ ބަހައްޓާލާ ކަައްޕި އޭރައް ހުންނާނީ މުޒާހަރާ ކުރެވިފަ މަސްވެރިންނާ ޓެކްސީ ޑްރައިވަރުން ނޫނީ ނެތް ބައެއް ލޮލް

    85
    20
  3. ލާލު މަންނަ

    ދެވެން އޮތް އެންމެ ހަރުކަށި އަދަބެއް ދޯނި ދުއްވަން ހުރި ފަރާތަށާއި އޮޑިވެރިޔާއަށް ދިނުމަށް ގޮވާލަން.. ހަޔާތް ކެނޑިގެން ސަލާމަތީ ބާރުތަކަށް އަނިޔާ ދިނުމަކީ ބަލައިގަނެވޭނެ ކަމެއްނޫން..

    96
    19
    • ސަގަރު

      1 ނަންބަރު ފާލަމައް ނުވަދެވޭނެ ދިވެއްސެއް ހުރެގެން ނުވާނެ. ފުރަތަމަ ކަމަކައް ހުރަސް އެޅީ ކޮން ހަސީއްޔަތަކުން ތޯ ބަލާ. ވާނުވާ ނޭގިގެން ނޫޅޭ.

      1
      2
  4. ޒާ

    ހަރުކަށި ފިޔަވަޅެއް އަޅަން ޖެހޭނެ

    88
    16
    • ާކަޔާ

      ހަރުކަށި ނުވެ މައިތިރިކުރަން ސަރުކާރުން އުޅޭތީ މަސްވެރިން އެވައްތަރަކަށް އެ އުޅެނީ. ބޮޑުކަންނެލި ޔޫނިއަންގެ ޖަމްޢިއްޔާ ބޮޑު ޢަދަދަކުން ޖޫރިމަނާކުރޭ.

      1
      1
  5. ކަޅު ހުއްތު

    ބައެއްގެ އެއްޗެއްގަ ގަސްތުގަޖައްސައިފިއްޔާ އެކަމެއް ބަލަންޖެހޭނެ، އެމީހުން އެދުވަހު ޕޮލިސް ދެލޯންޗްގަ ، ޖެއްސި، އެކަންބަލާ އެމީހުނައް ފިޔަވަޅު އަޅަންޖެހޭނެ

    88
    13
    • ޑަބިޔާ

      ވަރައް ސާފުކޮއް ފެނޭ ވީޑިޔޯއިން ދޯނި ނެރައް ވަންނަނަ ދާއިރައް ދޯނި ކުރިމައްޗައް ލޯންޗް ބަހައްޓާތަން. ބޮޑެތި ދޯނި ފަހަރު ބޭނުން ގޮތަކަށް މަޑެއް ނުވެ ކުރެވޭނެ ލޯންޗް މަޑުކުރާކަށް . ނެރު ބަންދު ކުރާނަމަ ނެރު މަތިން ބަންދުކުރާނީ ނެރުގެ ބޭޜުން ކަނޑުން ނޫން ދިމާކުރާނީ ސިފައިން ،

      1
      2
  6. ގަނަޕަތިބައްޕާ

    ސުލްހަވެރި ގޮތުގައި މުޒާހަރާ ކުރެވެން ޖެހޭނެ. މުޒާހަރާ އަށް ހުރަސް އެޅި ލޯންޗްގެ މައްސަލަ ބެލުން ކިހިނެއްތޯ؟

    22
    60
    • މަކުނު

      ސުލްހާގައި މުޒާހަރާކުރަންމުން ޖެހުނުމީހަކު މަރަމުން ދުވަންވީންނު

    • ޢަލީ

      ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ސިފައިންނާ ޕޮލިހުން އަޅާނެ. މަގު ބަންދުނކުރީމަ އެތާހުންނަ ޕޮލިސްމީހަ ވައްޓާލާފަ އެއްވެސް ފަރާތަކަށް ދެވިގެން ނުވާނެ.

    • ސަލާހުއްދީން

      ކަލޭ އަށް މަރުގެ ހުކުމް އިއްވުން ރަނގަޚު

    • ޢަބްދުﷲ

      ވަކި ސަރަހައްދުތަކެއްގަ މުޒާހަރާ ކުރުން މަނާކޮށްފަ އޮތްކަން އެނގޭތަ؟ ރެޑް ޒޯން ދަންނަމުތަ؟

    • ޝިޔާމް

      ދޯނޮ ތެރެއަށް ކަރުނަގޭސް އަޅާލި ނަމަ ފަޅުތެރެއަށް ވަދެވޭ ކަމެއް ނުވަދެވޭ ކަމެއް އެނގޭނީ، ނޫނީ ފަޅުތެރެއަށް ވައްދާފަ އެހިސާބަށް ކަރުނަގޭސް ޖަހާ ތަން ހުސްކޮށްފަ ދޯނި ތައް ގެންގޮސް ފަޅުރަށަކަށް އެހެލާފަ ބަހެއްޓިނަމަ ގަދަކަން ދެއްކިފަ ހުންނާނީ

  7. ޢަލީ

    މިހާރު ހައްގު އޮންނަބަޔަކީ ޓެކްސީ ޑްރަިވަރުންނާ މަސްވެރިން އަހަރެމެން ދަތުރުކުރަނީ ލާރިދީގެން މަސްކަނީވެސް ލާރިދީފަގަނެގެން.

    44
    4
  8. Anonymous

    މިވެސް ޓެކްސީ ޑްރަވަރުންހެން ސައިޖް ކެނޑިގެން އުލޭ ބައެއް މިބައިގަނޑު ފޮނުވާލާ އިންޑިއާއަށް މަސްވެރިކަން ކުރަން

    36
    10
  9. މަންނު

    މިކަން ތަކުރާރު ކޮށް ނުވުމަށް ހަރުކަށި ފިޔަވަޅު އަޅަންޖެހޭ. އެހެން ގައުމެއްގައި މިގޮތަށް ހަދައިފިއްޔާ ބަޑިޖަހާނެ. ރާއްޖޭގަވެސް ޖެހޭ ވަރުގަދަ އަދަބެއް ދޭން. މަސްވެރިއެއް ، ދަނޑުވެރިޔެއް ، ރިސޯޓް އޯނަރެއް ގެ މޫނަށް ކަނދުރާއަކަށް ބަލާނެ ކަމެއް ނެތް.

    37
    2
  10. ޢަޒްރާ

    މިޢަމަލު ކުއްވެރި ކުރަން މައްސަލަ ބަލަންޖެހޭނެ ދޫދީގެން ނުވާނެ އިޙްސާން

    37
    4
  11. ކަނޑުމަތީ މީހާ

    ތި ބުނާ މަސްބެރިންނަށް ދުވަހަކުވެސް ރަނގަޅު ވެރިޔަކު ނުފެނުން އެމީހުން ބޭނުން ވާ ކަމެތް ނުވީމަ ބޮޑާ ހާކާލަންވީ މީ ދެން މިހާރު ކުޅޭ ކުޅިވަރަކަށްވެއްޖެ

    35
    1
  12. Anonymous

    ކޮބާ ޖެއްސި ކަމުގެ ދަލީލަކީ. މަވެސް މީ ކަންނެލި މަސްވެރިއެއް. ބުއްދި ސަލާމަތުން ހުރި އެއްވެސް ކެޔޮޅަކު އެ އޮޑިއެއް އެހެން އެއްޗެއްގައެއް ނުޖައްސާނެ.
    ޖެއްސި ކަމަށް ބުނާ އޮޑިފަހަރާއި ޖެއްސި ކަމުގެ ދަލީލު ނުފެންނަހައު ހިނދަކު ތުހުމަތެއް ކޮށްލިޔަސް އަހަރުމެންނަކަށް ޤަބޫލެެއް ނުކުރެވޭނެ.

    6
    47
    • ޔަހޫޔާ

      ހެއްކަކީ ފެނުނު މީހުނާ ވީޑިޔޯތައް

    • ާކަޔާ

      ހަރުކަށި ނުވެ މައިތިރިކުރަން ސަރުކާރުން އުޅޭތީ މަސްވެރިން އެވައްތަރަކަށް އެ އުޅެނީ. ބޮޑުކަންނެލި ޔޫނިއަންގެ ޖަމްޢިއްޔާ ބޮޑު ޢަދަދަކުން ޖޫރިމަނާކުރޭ.

    • ފުޓޭޖް

      ވީޑިޔޯ ތަކުން ފެންނަން އެހެރީ ނޫންތޯ

    • ފުޓޭޖް

      ވީޑިޔޯ ތަކުން ފެންނަން އެހެރީ ނޫން

    • އަހުމަދު ޖާސިދު

      ތިބުނާ އެއްޗެއް ދެއްކިޔަސް ނުފެންނާނެ ހަމަ ހެއަކުނޫނޭ ތިތިބެނީ. ކަލެއަށް އެކަނި ނުފެނުގެން ތިއުޅެނީ.

    • އެދުރު

      ކަލޯ ދެލޯ ހުޅުވާލައިގެން އެ އޮޑިތަކުން ކޮއްފަ ހުރި ވީޑިޔޯތައް ބަލާލަ.. ތިޔަ ކަހަލަ ކަނު މީހުން އޮޑި ދުއްވަންޏާ ހާލަތު ވިސްނާލަ..

    • ގަމާރު

      މިހިރަ ގަމާރާ ދަންދޮރުއިގިގެން ވާހަކަދައްކަބަލަ

    • އޮޑި ވެރިޔާ

      ވީޑިއޯތަކުން ރީއްޗައްފެންނަން އެހެރީ ބުރާންތި ވެފަތިބިބަޔަކަށް ފެނުނަސް ބުނާނީ ތިހެން...
      ސިފައިންނާއި ފުލުހުން ބާރުގެ ބޭނުން ކުރާދުވަހަކުން ކަލޭމެން މަސްވެރިކަމެއްނޫން ކުރާނީ ކަލޭމެން ބާނައިގެން ގޮސް ޖަލު ގޮޅިއަށް ކިރާލާނެ މިދުވަސްވެސް އޮތީ ކާރީގަކަން ވެސް ހަނދާންކޮއްގެން ތިޔަ ކުރާމުޒާހިރާ އެއްކުރުން ބުއްދިވެރި..

    • އަދު

      ވީޑިއޯ އެބަހުރި. ކަރުނަގޭސް ޖަހާ ދޯނި ހުސްކޮށްފައި ފަޅުރަށަކަށް ދޯނި އެހެނުލިކަން ނަސީބު

  13. ތަރަބެ

    ފުލުހުންނާއި ސިފައިންގެ އަމުރަށް ނުކިޔަމަންތެރިވެ ފަޅުތެރެއަށް ވަތް މައްސަލަވެސް ބަލާ ފިޔަވަޅު އަޅަންޖެހޭ.

  14. ސަރަފަކައްދަ

    މެރިން ޕޮޅިހުންނާއި މަސް ވެރިންނާއި ދެމެދު ހަނގުރާމައެއް ކުރަން އުލޭހެން ހާދަ ހީވޭ! ނަން ވާނީ އިޒްރޭލާ ފަލަސްތީނު! ވަކި ތަފާތެއް ނެތް. ތަފާތަކީ އަދި މަސްވެރިން ޝަހީދު ކުރަން ނުފަށާކަން!

  15. ހަންޑިކުޑަ

    އަދިވެސް ވޯޓު ދޭތި!

  16. ނަތަންޔާހޫ

    2028 އަށް މުޢީޒަށާއި ، އަދުރޭ ޓާޓާ!

  17. ާޕއލސ
  18. ކޮއްކޮ

    މުޒާހަރާގައި ބައިވެރިވި ދޯނިފަހަރުގެ މަސް މިފްކޯއަށް ނުގަންނަގޮތަށް ހަމަޖައްސަން ސަރުކާރަށް ގޮވާލަން.

  19. ދިވެހި ދަރި

    ދައުލަތުގެ މުދަލައް ގަސްތުގަ ގެއްލުން ދިނުމުގެ ދައުވާ އާއި ސަލާމަތީ ބާރު ތަކުގެ ބާރު ކަނޑުވާލަން މަސައްކަތް ކުރުނ ހިމެނެ.

  20. އަލިފުތާ

    މިކަން ކުރި ބަޔަކަށް ހަރުކަށި އަދަބުދީ ދިގު މުއްދަތަކަށް ޖަލަށް ލާން ފެނޭ. ފިޔަވަޅު ނާޅައިފިނަމަ މާދަން ފެންނާނީ މުޒާހަރާކުރި މަސްވެރިން ރައީސް އޮފީސްތެރެއަށް ވަދެގަންނަ ތަން

  21. އަޅި އަލި

    މަސްވެރިންނަށް ލާރި ނުދޭ މައްސަލަވެސް ބަލަންވާނެ!

  22. ރޯނުއެދުރު

    ވަކި އަގެއްގައި މަސް ގަންނަން އަދި މަސްގަންނަން ސަރުކާރައް މަޖުބޫރު ނުކުރެވޭނެ . ޢެހެންވާނަމަ ލޯނުނަގައި ގެން ހަދާ ރިސޯޓް އަދި ގެސްޓް ހައުސް ވެސް ސަރުކާރުން ކުއްޔައް ހިފަންޖެހޭނެ.

  23. ރޯނުއެދުރު ބެ

    ވަކި އަގެއްގައި މަސް ގަންނަން އަދި މަސްގަންނަން ސަރުކާރައް މަޖުބޫރު ނުކުރެވޭނެ . ޢެހެންވާނަމަ ލޯނުނަގައި ގެން ހަދާ ރިސޯޓް އަދި ގެސްޓް ހައުސް ވެސް ސަރުކާރުން ކުއްޔައް ހިފަންޖެހޭނެ.

  24. ޢަދުއްރާ

    ސަރުކާރުން މަސްވެރިކަން ދޫކޮއްލަންވީ ވަގުންގެ ޖީބްބޮޑުކުރަން މިފްކޯ ދަރަނީގައި ހިންގުން ހުއްޓާލަންވެއްޖެ . ތިޔަ މަސްވެރިކަމުން ސަރުކާރަށް ވަނީ ގެއްލުން.

  25. ާވަތުބަތާނަ

    އެމްޑީޕީ ނޫން ބަޔަކު މިޤައުމުގަ ވެރިކަން ކުރަންޏާ މިފަދަކަންކަން ގިނަވާނެ،

  26. Anonymous

    ބަލަގަ ޖެއްސި ކަމުގެ ދަލީލަކީ ކޮބާހޭ

  27. ނިޒާރުބެެ

    ހައްޤު ހޯދާށޭކިޔާފަ ފުޅައްމަތިން ފުންމާލައިގެން ގޭގެއަށް ވަންނަހެން ހުރިހާކަމެއްވެސް ކުރަންމިއުޅެނީ، އެކަމު ބުނާނެ މިޒަމާނަކީ އަޑުގަދަމީހާ ރުއްގިނަވާ ޒަމާނެއް ނޫނޭ، ބޭނުންހާގޮތަކަށް އުޅެވިގެންނުވާނެ، ހައްޤު އަދަބުދީ، ނޫނީ މާދަމާ ކޮންމެސް އެހެންބަޔަކު ވަންނާނީ

  28. ރުއްގަނޑު

    ސިފައިން ނެރުބެއްދީ ނެރުގެ ބޭރުން ކަނޑުމަތިން އެއީ ތަމްރީނު ހަދާގެންތިބި ބަޔަކު ކުރާނެ ކަމެއްނޫން އަދި ވީޑިޔޯއިން ފެންނަނީ ލޯންޗް ގޮސް ދޯނީގެ ކުރިމައްޗައް އަރާތަން. ސިފައިނަނައް އިގެންވާނެ ބޮޑޮތިދޯނި ފަހަރު ދުއްވާފަ ދާއިރު ބޭނުން ގޮތަކަށް މަނޑުކުރުން އެއީވާނެ ކަމެއްނޫންކަން. ކުޑަކުދިން ބަތްކަށްކާ ކުޅޭގޮތައް ނެރުބެއްދީ.

  29. ފެންމީރު

    ވީޑިޔޯއިން ފެންނަގޮތުން އެއްނެރުގައި އޮތީ އެމްއެންޑިއެފް ބޮޑު ލޯންޗެއް ، އެންނަންބަރު ނެރުގައި އުޅުނީ ބައްކަށްކާ ކުޅެން. ނެރުގެ މާބޭރުން ސިފައިން އުޅުނީ ޖެއްސުން ކުރާ އުސޫލުން ޖެއްސުން ކުރަން، ނެރު ބެއްދޭނީ ނެރުގެ ދެފައިކަށި މެދައް ވާގޮތައް ބެއްދީމަ. ދޯނިފަހަރު ނެރައް ވަންނަން އައީމަ އޭގެ ކުރިމައްޗައް އަރާނީ ސިފައިންވިޔަސް ހަމަ ބަޔަކަށް ގެއްލުން ދިނުމުގެ ނިޔަތުގަ.

  30. ނިޒާރުބެެ

    މިތާ ކޮމެންޓް ލިޔާ ބައެއް ދިވެހިންނަށް ވާނުވާ ނޭންގޭކަން ފާހަގަކުރަން، މަނާ ސަރަހައްދަކަކަށް ވަންނަންޏާ ހުރަސް އަޅާނެ، ހުރަސް އެޅިމަ ނުވަންނަންވީ، ބޮޑެތި ކަންނެލި ދޯންޏާށް ހުރަސް އަޅަންޖެހޭނީ އެއަށްވުރެ ބޮޑެތި ކަންނެލި ދޯންޏަކުން ނޫން، ނެރު ބައްދާކަށްވެސް ނުޖެހޭ، ފުލުހުންނާ ސިފައިން ހުރަސް އެޅީ ކުޑަކުޑަ ލޯންޗަކުންނޭ ކިޔާފަ ވަދެގަންނާކަށް ވެސް ނުޖެހޭ...

  31. ދިވެހިން

    ތިކަން ރަގަޅައްބަލައި ދޯނި ދުއްވަން ހުރި ދިވެހިކެޔޮޅެއްވިޔަސް ބަންގާޅީކެޔޮޅެއްވިޔަސް އަދަބުލިބެންޖެހޭނެ؟ މޫނަކައް ކަންދުރާއަކައް ނުބަލައި ޣާނޫނު މިގައުމުގައި ތަންފީޒްވާން އެބަޖެހޭ ހުރިހާކަމެއް ބޮއްސުންލާން ދޫކޮއްލައިގެން ތިބެވޭކައްނެތް

  32. މާދިން

    އިހުތިޖާޖު ކުރިއަސް ކުރަންވާނީ ރާއްޖޭގެ ޤާނޫނާއި ޤަވާޢިދުގެ ތެރޭގައި. ދައުލަތުގެ މުދަލަށާއި ތަކެއްޗަށް ގެއްލުން ދީގެންނޫން. ވީމާ؛ ކޮންމެފަދަ މީހަކު އަދި ބަޔަކު ޤަވާޢިދާއި ޤާނޫނާއި ޚިލާފު ވިއަސް އެކަމެއް ބަލާ ތަފާތު ކުރުމެއްނެތި އިންޞާފު ޤާއިމް ކުރުމަށް އެދެން.