ކުރިއަށް އޮތް ތިން އަހަރަށް ވެހިކަލްތަކެއް ރަޖިސްޓްރީކޮށްދީ، ކުރީގެ ޓްރާންސްޕޯޓް މިނިސްޓްރީން ހިންގާފައިވާ ބޮޑު ސްކޭމެއްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ކުރީގެ ޓްރާންސްޕޯޓް މިނިސްޓްރީން މިފަދަ ސްކޭމެއް ކޮށްފައިވާކަން ފުލުހުން ހާމަކޮށްފައިވަނީ އިއްޔެ ބޭއްވި ނޫސްވެރިންގެ ކޮންފްރެންސްގައި އެމްއޭސީއެލްއިން ވަގަށް ނަގާފައިވާ ވެހިކަލް ހޯދުމަށް ހިންގި ތަހުގީގާއި ބެހޭ ގޮތުން މައުލޫމާތު ހިއްސާ ކުރަމުންނެވެ.

އެގޮތުން ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު ވިދާޅުވީ، އެމްއޭސީއެލްގެ ވެހިކަލް ހޯދުމަށް ހިންގި ތަހުގީގު ތެރެއިން މާލޭގެ ގެއެއްގެ ގަރާޖު ބެލުމުން އެ ވެހިކަލް ފެނިފައިވާ ކަމަށާއި އެ ވެހިކަލްގެ އިތުރުން އިމިގްރޭޝަނުން ގެއްލިގެން ރިޕޯޓް ކުރި ވެހިކަލް ވެސް އެ ގަރާޖު ތެރެއިން ފެނިފައިވާ ކަމަށެވެ.

ގެއްލިފައިވާ ދެ ވެހިކަލް އެ ގަރާޖު ތެރެއިން ފެނުމުން ގަރާޖުގެ ވެރިފަރާތް އެތަނަށް ހާޒިރުކޮށް، އިތުރަށް ބެލިބެލުމުން ގިނަ ކަންތައްތަކެއް ތަހުގީގަށް ފާހަގަވެފައިވާކަން ދާއޫދު ވަނީ ވިދާޅުވެފައެވެ.

އެގޮތުން މައްސަލައިގައި ހިމެނޭ މ. މޮޑެންޕޮއިންޓް، އަހުމަދު ނިޒާމް (43އ) ގެ ނަންމަތީ 100 ވެހިކަލް ރަޖިސްޓްރީ ކޮށްފައިވާއިރު، އޭގެ ތެރޭގައި ހަތަރު ފުރޮޅުލީ 86 ވެހިކަލް ހިމެނޭ ކަމަށް ދާއޫދު ވިދާޅުވިއެވެ. މި 86 ވެހިކަލުގެ ތެރެއިން ނިޒާމުގެ އަންހެނުންގެ ނަމުގައި 42 ވެހިކަލް ހިމެނޭ ކަމަށް ވެސް ދާއޫދު ވިދާޅުވިއެވެ.

ވެހިކަލް ވަގަށް ނެގި ކަމަށް ބުނާ މީހާގެ ނަން މަތީގައި 100 ވެހިކަލް!

ދާއޫދު ވިދާޅުވީ، 86 ވެހިކަލް ރަޖިސްޓްރީ ކުރާއިރު، މާލޭގައި 86 ގަރާޖު ސިޓީ އޮންނަން ޖެހޭކަން ގަބޫލު ކުރައްވާ ކަމަށާއި އެހާ ގިނަ އަދަދެއްގެ ވެހިކަލް ރަޖިސްޓްރީ ކޮށްފައިވުމުން އެކަން އިތުރަށް ބެލި ކަމަށެވެ. އެގޮތަށް ބެލި ބެލުމުން ކުރިއަށް އޮތް އަހަރުތަކަށް ވެސް ވެހިކަލް ރަޖިސްޓްރީކޮށްދީފައިވާކަން އެނގުނު ކަމަށް ދާއޫދު ވިދާޅުވިއެވެ.

"86 ވެހިކަލް ރަޖިސްޓްރީ ކުރާއިރު 86 ގަރާޖު ސިޓީ މާލޭގައި އޮންނަން ޖެހޭނެ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ ނަމަވެސް ކުރީގެ ޓްރާންސްޕޯޓް މިނިސްޓްރީ އަދި މިހާރު މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާ މެދުވެރިކޮށް ބެލި ބެލުމުން 2023 ގެ ކުރިން 2025، 2026 އަދި 2027 ވަނަ އަހަރުތަކަށް ވެސް ވެހިކަލްތައް ރަޖިސްޓްރީކޮށްދީފައިވާކަން އެނގިގެން ގޮސްފައިވޭ،" ދާއޫދު ވިދާޅުވިއެވެ.

ދާއޫދު ވިދާޅުވީ، ޓްރާންސްޕޯޓް ތެރެއިން މި ކުށް ނުވަތަ މި ޖަރީމާ ހިންގުމުގައި ތިބި ބަޔަކު ހޯދާ ފިޔަވަޅު އެޅުމުގެ ތަހުގީގު ފުލުހުން ކުރަމުން އަންނަ ކަމަށެވެ.

އެމްއޭސީއެލްގެ ވެހިކަލެއް ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނު ގަރާޖު ތެރެއިން ވަނީ ގެއްލިގެން ހޯދަމުން ދިޔަ އިމިގްރޭޝަންގެ ވެހިކަލެއް ވެސް ފެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. އިސްޢާފް ސަލީމް

    2018 ނޮވެމްބަރ 17 ގައި އުފެދުނު ވެރިކަމުން ވައްކަން ނޫންކަމެއް ކޮށްފައެއްނެތް! ފައިސާ 4 ފަހަރު ޗާޕުކުރި ! ބެއިތިލްމާލަކަށް ނުވަދޭ! އެތަކެއް ތަނެއް މޮގޭޖްކުރި! ބެއިތިލްމާލަކަށް ނުވަދޭ! މިހެން ކިޔަނޭކަމެއްނެތް! މި މައްސަލަތައް މިހާރުގެ ސަރުކާރުން ބަލަންޖެހޭ

    70
    4
    • މުޙައްމަދު ދީދީ

      ވަރަށް ތާއީދު. މައްސަލަ ބަލަންޖެހޭނެ. ދައުލަތުގެ މުދަލާއި ފައިސާ

    • ސާޖިދާ

      އެއްގަމު ރަޖިސްޓަރީ އާއި އެކި ހިދުމަތްތަކުގައި ވަގު ކޮރަޕްޝަން ހަދައިދިނީ އަލީ ސޯލިހާއި އޭނަގެ ކޮއްކޮ އަހުސަނު ނާޒިމް. މި ދެމީހުން އަޑީގަ ތިބެގެން ހުރިހާ ކަމެއްގެ ތެރެއަށް ކޮރަޕްޝަނާ ފަސާދަ ވެއްދީ

    • މލވ

      މިޙަރުވެސް ވުޒާރާތަކުގަ ތިބި ވަގުން ހަމަ ވައްކަން ކުރަމުން ދަނީ. މީ ވަކި ވެރިކަމެއް އޮވެގެން ހިނގާކަމެއްނޫން. ގައުމުގެ ގިނަ ރައްޔިތުންގެ ކަށީގަހިފާފާވާ ކަމެއް.

  2. މޮހޮނި

    އެކްސްޕީރިއްންސް ނެތްމީހަކު މިނިސްޓަރަކަށް ލީމަ ދަށުގަ ތިބި ވަގުން ތަސްކަން ކޮއްލާފަ.މިއޮތީ

  3. އަހްމަދު

    ތިޔަމިނިސްޓްރީތެރެއިން އެއިރު އެސާފުކުރި ހަޑިމުޑުދާރުކަމަކީ ތިޔައީދޯ

  4. ހަސަނު

    ޓްރާންސްޕޯޓު ތެރެއިން އަޑުތައް އިވެނީ އަހުސަނު ކިޔާ ސޮރެކޭ މިކަންކަމުގެ އަޑީގަ ހުރީ.. ނޭގެ ތެދެއް ދޮގެއް، އެކަމަކު އަހަރުމެން ރައްޔިތުމީހާގެ ހައްގުވީމަ އެވާހަކަ ދެއްކެނީ

  5. ދީދީ

    މިއީ ކިހިނެތްވެފައި އޮތް ގައުމެއްތަ؟ ވެރިކަމުގެ ތެރޭގައި ތިބޭމީހުން ބަލަނީ ދައުރު ހަމަވުމުގެ ކުރިން ވައްކަންކޮށްގެން ޖީބުފުރާލަން. އެވެރިންނާއި ބައިވެރިވާ އެވެރިންގެ އަނބިން ފިރިން މައިންބަފައިން ގާތިމާގެ މީހުން އެކުވެރިން ރައްޔިތުމީހާވެސް އެހުންނަނީ މަދުފައިސާކޮޅަކަށް އެވައްކަމުގައި ބައިވެރިވެ އެކަން ފޮރުވައިގެން.
    މިގައުމުގެ ނަން ބަދަލުކޮށްލަންވީ "ވަގުންގެ ރާއްޖެއަށް"

  6. ފާޒް

    ތިއީ މިނިސްޓުރީ އޮފް ޓުރާންސްޕޯޓު އެންޑު ސުކޭމް.

  7. އަލިފުތާ

    ތިޔައީ، ރާއްޖެއަށް ޑްރަގް ޓްރެފިކް ކުރުމާ އެއްފަދަ ނުބައި ޖަރީމާއެއް!

  8. Anonymous

    ބަނޑިޔާ ޖަހާ ޒުހުދާގެ މައްސަލައެއް އޮވެދާނެބާ؟

  9. ރަބީދު

    މިވަރު މިނިސްޓަރެއް ނެތެންނު. މިހިރީ ހިންގާލާފައި ހުރިވަރު. ކުރިއަށް ހުރި އަހަރުތަކަށްވެސް މިހިރީ ހިންގާލަދީފަ. މިހާރު ހުރި މިނިސްޓަރު ކުރާނެ ކަމެއް ދެން ބާކީ ނުވެސް ނެތީއޭ!

  10. ޙުސޭނު

    ތިވަރުގެ ބޮޑު ސުކޭމެއް ހިނގާދިޔައިރު ފުލުހުންގެ އިންޓެލިޖެންސް އޮތި ކޯމާއެއްގަބާ؟؟ ދެން މިހާރު މިކިޔަނި ތަހުގީގައް ވ ގިނަ ކަންކަން ފީހަވެޔޯ..

  11. ވަލީ އާދަނުު

    މިޤަވްމުގައި ސަޅިކަމަކީ، ކާބަޔަކު ކައިފަ ދާންވީ، ކުރެވޭކަމެއް ނޯވޭ، ހުރިހާ ގެއްލުމެއް ރައްޔިތުންނަށް

  12. ކޮއްކޮ

    މިހާރުގެ ސަރުކާރުން ތިޔަ ކަންތައްތައް ބަލާކަށް ނޫޅޭ. އެ މީހުންވެސް އުޅެނީ ޕާޓީ ހުރިހާ ކުދިންނަށާއި ގާތްތިމާގެ މީހުންނަށް ބޮޑެތި ވަޒީފާތައް ދީގެން ދައުލަތުގެ ޚަޒާނާ ދަވާލެވޭތޯ. ތަނެއްދޮރެއް ނުދަންނަ، އެއްވެސް ތަޖުރިބާއެއް ނެތް މީހުންނަށްވެސް ސިޔާސީ ބޮޑެތި މަގާމުތައް ދެމުން ގެންދަނީ. މިހާރު އިބޫ ސަރުކާރަށްވުރެ ސިޔާސީ މަގާމުތައް މާގިނަވެއްޖެ.

  13. ނަރުމީން

    ދައުލަތުގެ މުވައްސަސާތަކުގެ ޒިންމާދާރު މީހުން ކޮށްފައި ހުންނަ މިބާވަތުގެ ނާޖާއިޒު ކަންކަމުގެ ޖަރީމާތަށް ބަލައި އެފަރާތްތަކަށް ޙައްޤު އަދަބު ދެވިގެންނޫނީ މިފަދަ ޖަރީމާތައް ހިންގުން ނުހުއްޓުވޭނެ. ފެނިގެން މިދަނީ އަންނަ ކޮންމެ ވެރިކަމަކުން އެވެރިކަމުގެ އަޢުވާނުން ޙަލާލެއް ޙަރާމެއް ބެލުމެއްނެތި ހިތަށްއެރި ގޮތަކަށް ކަންކަން ކޮށްފަ ޤައުމު ލޫޓުވާލާފައި ގޮސްފައިވާ ތަން. މިފަދަ ބޮޑު ޖަރީމާތައް ހިންގާފަ ދާ މީހުންނަށް ވާކަމެއް ނެތް.
    ކޮރޮޕްޝަނަށް ޒީރޯ ޓޮލަރަންސް ކިޔައިގެން ނިމިދިޔަ އެމް.ޑީ.ޕީ ވެރިކަން ކުރިމީހާގެ ވެރިކަން އެހެން ހުރިހާ ވެރިކަމަށްވުރެ ނުބައެވެ. ހީވެފައި އޮންނަނީ ރައްޔިތުންގެ ވެރިކަމެއް ކުރަން ލިބުމަކީ ހުރިހާ ރައްޔިތުންގެ ފައިސާ އާއި މުދާ ކައި ހުސްކޮލުމަށް ލިބޭ ލައިސަންސެއްހެން.
    މިސަޤާފަތް މިރާއްޖެއިން ނައްތާލަން ހަރުދަނާ ފިޔަވަޅުތަކެއް މިސަރުކާރުން އަޅައި ދިނުމަކީ ވަރަށްބޮޑަށް އެދޭ ކަމެއް.

  14. 9876

    ކޮރަޕްޝަނުން ފުރިފަ އޮތީ ވުޒާރާތައް. ލާރިއާގެން ބޫތު ގަނެފަ ތިބެނީ މާލޭގަ ފައިޖެހުމާ އެކު