ހައްޖަށްދިޔަ މޭލޭޝިޔާގެ 56 މީހެއްގެ ހާލު ދެރަވެގެން ފަރުވާދޭން ފަށައިފިއެވެ.

މެލޭޝިޔާގެ އިސްލާމިކް މިނިސްޓްރީއާ ހަވާލާދީ ބޭރުގެ ނޫހެއްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ގައުމުން ހައްޖުގެ އަޅުކަން ކުރުމަށް މައްކާއަށް ދިޔަ މީހުންގެ ތެރެއިން އެކަކު މިދިޔަ ހޯމަ ދުވަހު ނިޔާވެފައިވާ ކަމަށެވެ. އެއާއިއެކު މެލެޝިޔާއިން ހައްޖަށް ދިޔަ މީހުންގެ ތެރެއިން ނިޔާވި މީހުން އަދަދު ވަނީ ފަހަކަށް އިތުރުވެފައެވެ.

އެންމެ ފަހުން ނިޔާވެފައިވަނީ 37 އަހަރުގެ އަންހެކެވެ. އޭނާ ނިޔާވީ ސިކުނޑިއަށް ލިބުނު ގެއްލުމެއްގެ ސަބަބުން ކަމަށް އެ މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

އޭގެ އިތުރުން 56 މީހެއްގެ ހާލު ދެރަވެގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ވެސް އެ މިނިސްޓްރީއިން ބުނެފައިވެއެވެ. 13 މީހަކަށް ސައުދީ އަރަބިއަން ހޮސްޕިޓަލްގައި ފަރުވާ ދެމުންދާއިރު 43 މީހަކަށް ޓީއެޗް މެޑިކަލްގައި ފަރުވާދެމުންދާ ކަމަށް ވެސް ރިޕޯޓްކޮށްފައިވެއެވެ.

އެ މީހުންނަށް ފަރުވާ ދެމުންދަނީ ނޭވާލުމަށް އުނދަގޫވާތީ އާއި ހިތުގެ މައްސަލަތަކާއި ހުޅުހުޅުގައި ރިއްސާތީ ކަމަށް ވެސް މެލޭޝިޔާގެ މިނިސްޓްރީއިން ބުނެފައިވާ ކަމަށެވެ.

މެލޭޝިޔާގެ އިސްލާމިކް މިނިސްޓްރީއިން ވަނީ މި ދުވަސްވަރަކީ ހޫނު ދުވަސްރަކަށްވުމުން އެކަމަށް ހުރިހާ ހައްޖާޖީއިން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އަދި ސައުދީއިން ދޭ އިރުޝާދަށް އަމަލު ކުރުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.