ރާއްޖޭގައި އުޅެމުން އަންނަ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއް ކުރުމަށް ފެށި އޮޕަރޭޝަން "ކުރަނގި"ގެ ދަށުން ކ. މާފުށިން މިހާތަނަށް 805 ބިދޭސީންގެ މައުލޫމާތު ނަގާފައިވާ ކަމަށް ދާހިލީ ސަލާމަތާއި ހިދުމަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފުލުންނާއި އިމިގްރޭޝަނާއި ގުޅިގެން އެ ވުޒާރާއިން "އޮޕަރޭޝަން ކުރަނގި" ފެށީ މެއި ދޭއްގައެވެ. ފުރަތަމަ މި މަސައްކަތް ފެށީ ކ. ހިންމަފުށީގައެވެ. އެރަށުގައި މެއި 19އާ ހަމައަށް 705 ބިދޭސީންގެ މައުލޫމާތު ނަގާފައި ވެއެވެ.

ޖޫން 13 ވަނަ ދުވަހު އެ މަސައްކަތް މާފުށީގައި ފެށިއިރުއެ ވުޒާރާގެ އޮފިޝަލަކު ވިދާޅުވީ މާފުށީގައި ކުރިއަށްގެންދާ ކުރަނގި އޮޕަރޭޝަންގައި މިހާތަނަށް 805 ބިދޭސީއެއްގެ މައުލޫމާތު ނަގާފައިވާ ކަމަަށެވެ.

އޮފިޝަލް ވިދާޅުވިގޮތުގައި މި އޮޕަރޭޝަން ދެން ކުރިއަށްގެންދާނީ އީދު ބަންދަށް ފަހުއެވެ.

ރާއްޖޭގެ އާބާދީ ބޮޑު 5 ސަރަހައްދެއްގައި މި އޮޕަރޭޝަން ކުރިއަށް ގެންދިޔުމަށް އެ ވުޒާރާއިން ނިންމާފައިވެއެވެ.

ރާއްޖޭގައި ބޮޑު މައްސަލައެއްގެ ގޮތުގައި އޮތް ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރީގެ ސަރުކާރުތަކުން މަސައްކަތްތަކެއް ކުރި ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބުރުގާ

    ނަން ނޯޓުކޮއްލީމަ ހުރިހާކަމެއް ނިމުނީ. ހަމަ ރަސްމާލެއައް ހެދިގޮތައް...

  2. ޙެހެހ

    ކޮބާތޯ ތިކަމުގެ ބޭނުމެއް ! ތިވަރުން ތިކަންވާނެބާ ! ޢަދި 1 ރަށުން 3 މަސް ތިވީ !

  3. Anonymous

    ރަަށު އާބާދީއަަށްވުރެ ބިދޭސީން ގިނަ. ތިކަން ޙައްލުކުރެވޭނީ ގަަޓުހުރެގެން

  4. ބަބޫ

    ނުގަވާއިދުން އުޅޭމީހުން ފެނުނީމަ ކީއްތަ ކުރަނީ؟ މައުލޫމާތު ނަގާފަ ދޫކޮށްޕަން ޖެހެނީ. ނުގަވާއިދުން އުޅޭމީހުންނަކީ މިގައުމުގެ ގާނޫނުގެ މަތިން ތިބިބައެއް. މިސާލަކަށް މަގުމަތިން އެކްސިޑެންޓެއް ވިޔަސް ކުރެވޭނެ ޖޫރިމަނާއެއް ނޯންނާނެ. ވަގު ވިޔަފާރިކޮށްގެން އެޅޭނެ ފިޔަވަޅެއް ނެތް. ގަވާއިދާ ހިލާފަށް އުޅެގެން ކުރެވޭނެ ކަމެއްނެތް. ދިވެއްސަކު ނުބައި ގޮތަކަށް ވައެއް ބޭތުކޮށްލިޔަސް ގާނޫނުގަ ސަރީޚަކޮށް އެކަމަށް އެޅޭނެ ފިޔަވަޅު އޮވޭ. މިހާރު މިގައުމަށް މުހިންމީ މި ބޭރުމީހުންގެ މައްސަލަ ހައްލު ކުރުން. ބޭރަށްދާ ޑޮލަރުވެސް އޭރުން ކޮންޓްރޯލް ކުރެވުނީ. މިހާރު 200000 އަށްވުރެ ގިނަ ބޭރުމީހުން ކޮށްމެ މަހަކު މަރުވެގެން 200 ޑޮލަރު ގައުމަށް ފޮނުވާނެ. އެއީ ރާއްޖެ އެތެރެވާ ޑޮލަރު. އަދި ނުގަވާއިދުން އުޅޭމީހުންގެ އަދަދުވެސް ނޭގެ

  5. ޓީޕޮްޓް

    ބޭކާރު ނަމެއް ގަ ހިންގާ ކަމެއް! ވިސާ ނެތި އނަްނަ އެތައް ބިދޭސިންނަށް ހިތަވަރު ދީފަ ވަޒީފާ ތައް ދެނީ! ޑީޕޯޓެއް ނުކުރޭ! ތީ އޮޕަރޭޝަން ކުރަފި