އަޟްހާ އީދާއި ގުޅިގެން 4 ދުވަހަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ސްޕެޝެލިސްޓް އޯޕީޑީ ބަންދު ވާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އެ ހޮސްޕިޓަލުން ބުނީ އީދާއި ގުޅިގެން އައިޖީއެމްއެޗްގެ ސްޕެޝެލިސްޓް އޯޕީޑީ އަދި އެހެނިހެން ކްލިނިކަލް ހިދުމަތްތައް ބަންދުވާނެ ކަަމަށެވެ. އެހެން ނަމަވެސް އައިޕީޑީ އައި އިމާޖެންސީ ހިދުމަތްތައް ދެމުންގެންދާނެ ކަަމަށްވެސް އެ ހޮސްޕިޓަލުން ބުނެފައި ވެއެވެ.

މިގޮތުން އެ ހޮސްޕިޓަލުގެ ސްޕެޝެލިސްޓް އޯޕީޑީ ހިދުމަތާއި އެހެނިހެން ކްލިނިކަލް ހިދުމަތްތައް މިއަދާއި މާދަމާ އަދި 19،20ގައި ބަންދު ވާނެ ކަމަށް ބުނެފައި ވެއެވެ.

އެ ހޮސްޕިޓަލުން ބުނީ މި މަހުގެ 17،18، އަދި 22 ދުވަހު އެހެން ދުވަސްތަކޭވެސް އެއްގޮތަށް ސްޕެޝެލިސްޓް އޯޕީޑީ އާއި އެހެނިހެން ކްލިނިކަލް ހިދުމަތްތައް ދެމުންގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މަންނު

    އައިޖީއެމްއެޗް އެއްކޮށް ބަނދު ކުރަން ފެނޭ

  2. ސިއްހީ ހިދުމަތުގެ ފެންވަރު ދިރާސާ

    މި ނޫނިއްޔާ ނޯންނާނެ ޑޮކްޓަރުން އަރާމުގައި އުޅޭ ގައުމެއް .. ސަރުކާރު ބަންދު ދުވަސް ޙުރިހާ ސްޕެޝަލިސްޓު ޑޮކްޓަރުންނަށް ބަންދު ..ބަލިމީހުންގެ ކިޔު ކިތަންމެ ދިގު ވިޔަސް ބަންދު ދުވަސްތަކުގައި ސްޕެޝަލިސްޓުން ބަލިމީހުން ބެލުމަކީ ބޮޑު ފާފައަކަށް ވުރެ ބޮޑު ކަމެއް މިގައުމުގައި.. ހޮސްޕިޓަލްތަކުގެ މެނޭޖްމަންޓުތައް ތިބެނީ ޑޮކްޓަރުންގެ ދަށުގައި.. ޑޮކްޓަރަކު ބަލިމީހުން ނުބެލޭނޭ ބުނެފިއްޔާ މެނޭޖްމަންޓަށް އެޑޮކްޓަރަކާއި މެދު ފިޔަވަޅު އަޅަން ޖެހިލުންވޭ.. ބަލިމީހުންގެ ކިޔު 1000 މަތީގައި އުޅޭ ސްޕެޝަލިސްޓު ޑޮކްޓަރުން އެބައުޅޭ.. ޙަމަ ޔަގީނުންވެސް ހެނދުން 9 ން 5 އަށް ބްރޭކު ނަގަމުން ބަލިމީހަކަށް 5 މިނެޓުގެ ރޭޓުން ބަލިމީހުން ބަލިޔަސް ދުވާލަކު 90 ބަލިމީހުން ބެލޭނެ.. ދިވެހި ރާއްޖޭގައި މަސައްކަތް ކުރާ ޑޮކްޓަރުންނަކީ ދެތިން ލެވެލް މަތީގައި އުޅޭ ޑޮކްޓަރުން..

  3. Anonymous

    އައިޖީ އެމް އެޗްގެ ސްޕެޝަލިސްޓުން ހެނދުނު ރަސްމީގަޑި ނިމުނީމަ ނުތިބޭ ވެއިޓިން ލިސްޓްގަ 2000 އަސް ވުރެ ގިނަ. ވަރަށް ދެރަކޮށް ނިކަމެތިންނަށް

  4. ނާހީ

    އައިޖީ އެމް އެޗްގެ ސްޕެޝަލިސްޓުން ހެނދުނު ރަސްމީގަޑި ނިމުނީމަ ނުތިބޭ ވެއިޓިން ލިސްޓްގަ 2000 އަސް ވުރެ ގިނަ. ވަރަށް ދެރަކޮށް ނިކަމެތިންނަށް

  5. ދެރަވަރު

    ބަލި ހާލަތަކީ ބަންދުދުވަސްތަކުގައި ބޮޑުނުވާ ގޮތަށް އޮންނަ ކަމެއްނޫން. ބަންދުދުވަހެކޭ ކިޔާފައި ސްޕެޝަލިސްޓުން ޚިދުމަތްނުދޭނަމަ ތިޔައީ ވަރަށްދެރަކަމެއް.

    2
    0