ޓިޝޫ ކަމަށް ބުނެ ރާއްޖެއަށް އެތެރެކުރަން އުޅުނު ތިން މިލިއަނަށްވުރެ ގިނަ ރުފިޔާގެ ސިނގިރޭޓް އަތުލައިގެންފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކަސްޓަމްސް އިން ބަލައި ފާސްކުރި ޝިޕްމެންޓަކާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކައާ ގުޅޭގޮތުން ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައި ވަނީ ރާއްޖެއަށް އެތެރެކުރާ މުދަލުގެ ލިޔެކިއުން ނިންމުމާއި ބަލައިފާސްކުރުމުގެ ކަންކަން ކަސްޓަމްސްއިން ކުރަނީ ރިސްކްމެނޭޖްމެންޓް ނުވަތަ ކަސްޓަމްސް ހިރާސް ނިޒާމްގެ ތެރެއިން ކަނޑައެޅޭ ގޮތެއްގެމަތީން ކަމަށެވެ.

ކަސްޓަމްސް އަށް ލިބޭ އިންޓެލިޖެންސް މަޢުލޫމާތާއި ޝިޕްމެންޓްގައި ހިމެނޭ މުދަލުގެ ހިރާސް އެކުލެވޭ މިންވަރަށް ރިޢާޔަތްކޮށް ބަލައިފާސްކުރުމުގެ ކަންކަން ކުރިއަށް ގެންދެވޭ ކަމަށާއި އެ ޝިޕްމެންޓަކީ އޭގައި ޝައްކުއުފެދޭ ކަންތައްތަކެއް ހުރިކަމަށް ކަސްޓަމްސް އަށް ދުރާލާ ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ބަލައިފާސްކުރެވުނު ޝިޕްމެންޓެއް ކަމަށް އެ ބަޔާނުގައިވެއެވެ.

އެ މުދާ މިދިޔަ މެއި 19 ދުވަހު ރާއްޖެ އައިއިރު، މިމުދާ ކަސްޓަމްސްއަށް ޑިކްލެއާކޮށްފައިވަނީ ޝިޕްމެންޓްގައި 343 ކާޓަން ޕޭޕަރ ޓިޝޫ ހިމެނޭ ކަމަށް ބުނެއެވެ. އަދި ޝިޕްމެންޓްގައި ހިމެނޭ މުދަލާ ގުޅޭގޮތުން ކަސްޓަމްސްއަށް ލިބުނު އިންޓެލިޖެންސް މަޢުލޫމާތުތަކަށް ރިޢާޔަތްކޮށް ކަސްޓަމްސްގެ ކަމާގުޅޭ ސެކްޝަންތައް ގުޅިގެން ހިންގުނު ޖޮއިންޓް އޮޕަރޭޝަނެއްގައި, 2024 ޖޫން 13 ވަނަ ދުވަހު އެ މުދާ ބަލާ ފާސްކުރެވުނު ކަމަށް ކަސްޓަމްސްގެ ބަޔާނުގައިވެއެވެ.

ބަލައިފާސްކުރުމުގެ ތެރޭގައި ކޮންޓެއިނާގެ ތެރެއިން 143 ކާޓަންގެ ޕޭޕަރ ޓިޝޫ އާއި 200 މާސްޓަރ ކާޓަންގެ ސިނގިރޭޓް ފެނިފައިވާ ކަމަށާއި މި 200 މާސްޓަރ ކާޓަންގައި 3,199,200 (ތިން މިލިއަން އެއްލައްކަ ނުވަދިހަ ނުވަހާސް ދުއިސައްތަ) ސިނގިރޭޓް ފެނިފައިވާއިރު, މި ޝިޕްމެންޓްގައި ހިމެނޭ މުދާ މިހާރު ކަސްޓަމްސް އިން ހިފަހައްޓާފައިވާ ކަމަށް ބަޔާނުގައިވެއެވެ.

މިއީ ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައަކަށްވާތީ، މި މައްސަލައިގެ ތަހުގީގު ކަސްޓަމުން ވަނީ ފަށައިފައެވެ.

ރާއްޖެއަށް އެތެރެކުރެވޭ މުދަލުގެ ލިޔެކިއުން ނިންމުމާއި މުދާ ބަލައިފާސްކުރުމުގެ މަރުޙަލާތަކުގައި ކަސްޓަމްސްއަށް ލިބޭ އިންޓެލިޖެންސް މަޢުލޫމާތާއި ކަސްޓަމްސްގެ ހިރާސް ނިޒާމުގެ ތެރެއިން ކަނޑައެޅޭ ގޮތެއްގެމަތީން އަމަލުކުރާނެ ކަމަށާއި ރާއްޖެއަށް އެތެރެކުރެވޭ މުދަލާގުޅޭގޮތުން ކަސްޓަމްސްގެ ޤާނޫނު ތަންފީޒްކުރުމުގައި ކަސްޓަމްސްއިން ފަސްނުޖެހޭނެ ކަމަށް ކަސްޓަމްސްގެ ބަޔާނުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މަންނު

    ސިނގިރޭޓް އެތެރެ ކުރުން އެއްކޮއް ހުއްޓާލީމާ ރަނގަޅު ވާނީ. ވަގައް އެތެރެ ކޮއްގެން ބަސްޓް ވެެއްޖެއްޔާ ޖަލައްލީމާ ތިކަން ހައްލުވީ،. އަދަބު ދޭން ނުކެރޭ ފިނޑި ވެރިން މީގެ ކުރިން ރައީސް ކަން ކުރީމަ މައްސަލަ އަކީ. ތިމަންނަ ގަޓު ރައީސް އޭ ކިޔާފަ ވެސް އެއްވެސް ގަޓު ކަމެއް ނުފެނޭ ކަމަކާ ޖެހުނީމާ.

  2. ދިރާސާ..

    ރާއްޖޭގައި ހުކުމް ކުރާ މީހުން ހުކުމް ނުނިމެނީސް ތިބެނީ މުޖުތަމައު ތެރޭ ކުށް ތަކުރާރު ކުރޭ.. ޢައިރު ހާޒިރުގައި ހުކުމްކޮށް ޖުޑިޝަރީން ޒިންމާއިން ރެކޭ.. އަސްލު މައްސަލަ ހައްލުވާތަނެއް ނުފެނޭ.. ދައުލަތުގެ އެއްވެސް އިދާރާއެއްގައި އިޙްލާސްތެރި ކަމެއް ނެތް. ހަމަ ވަޒީފާއަށް ނުކުމެފައި މުސާރަ ގެއަށް ގެންދަން ހުރިހާ މުއައްޒަފުންގެ މައިގަނޑު ވިސްނުމަކީ.. އެއްވެސް އިޙްލާސްތެރި ކަމެއް ގައުމުގެ އެއްވެސް މީހެއްގެ ކިބަޔަކުން ނުފެނޭ..

  3. ޜައްޔިތުމީހާ

    މިއޮއްޒަމާނުގަ ޗެކްކުރުމައްބޭނުންކުރާ މެސިނަރީޒް ނުހޯދަނީ ކޮންސަބަބަކާހެދިތޯ

  4. އަހްމަދު

    ބައްލަވާ ތިޔަފަދަ ހިޔާނާތެއް އޮޅުވާލުމެއްހިންގީ ކޮންފަރާތަކުން ކަންސިއްރުކޮަށްގެން އުޅުއްވަނީކީއްވެތޯ

  5. ތިލަދުންމަތި

    ބަލަ ނާގާބިލުވެރިން ތިބީމާ ކިތެމެކަމެންހިގާނެ މިހާރުގެވެރިންގެ ފަސްބައިބަލާލީމާ ވަރައްސާފުވާނެ ރައީސް މިކަމަންވިސްނާވަޑާގަންނަވާނެކަންޔަގީން!

  6. ކިޔު

    އެފަދަ ބޮޑު ކުށެއް ކުރަން މަކަރާ ހީލަތް ހެދި ކުންފުނި ނުވަތަ މީހާގެ ނަންވެސް އެއޮތީ ވިޔަފާރި ނުފޫޒުވީމަ ސިއްރުކޮށްފަތޯ؟!

  7. ކުރިޓިކު

    ތިޔައީ، ގުލިގެންކުރާ ކަންކަން. ކަސްޓަމްސް މީހުނާ ފުލުހުންގެ ގިނަމީހުން ދިރިއުޅޭ ފެންވަރު ބަލާލާ! ގަޓުހުރި ކޮންވެރިއެއް އައީ؟ މިއީ ވަކިކާކު، ހަނޑަސްބުރި ކޮނެބަލަ ފިސާރި ސާމާނު ފެންނާނެ.

  8. އަލިބެ

    ހުރިހާ ސަރުކާރެއްގަވެސް އެންމެ ކޮރަޕްޝަން ބޮޑުތަން ތީ