އަވަސް ނަސްރަކުން ފަލަސްތީނަށް ނަސްރު ލިބޭ ތަން ފެނިގެންދާޏެ ކަމަށް ކަމަށް މި އަހަރު ދިވެހި ހައްޖާޖީންނާ ހަވާލުވެ ހުންނެވި އަމީރުލް ހައްޖު އަދި ތައުލީމާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.

އަރަފާތު ބިމުގައި ހުންނަވާ ދެއްވި ބަސްތީގަތުމެއްގައި ވަޒީރު ވިދާޅުވީ އަރާފަތު ދުވަހު އަޅުގަނޑުމެންގެ އަޚުންކަމުގައިވާ ފަލަސްތީނުގެ އަނިޔާ ލިބެމުންދާ ފަލަސްތީނުގެ ރައްޔިތުންގެ މަތިން ހަނދާން ކުރަންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ދުއާގައި ފަލަސްތީނުގައި އަނިޔާ ލިބެމުންދާ ހުރިހާ ލޮބުވެތި ރައްޔިތުން ޝާމިލު ކުރަންޖެހޭ" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ނަސްރު ލިބުމަށް ދިވެހިން ދުއާ ކުރަންޖެހޭކަން ފާހަގަކުރައްވާ މާތްﷲ ގެ އިރާދަފުޅާ މިންވަރުފުޅުން އަވަސް ނަސްރަކުން ފަލަސްތީނަށް ނަސްރު ލިބިގެންދާތަން ފެންނާނެ ކަމަށް ވިދާޅުވެފައެވެ.

ވަޒީރު ވިދާޅުވީ ހައްޖާޖީންގެ އިންތިޒާމު ރޭވިފައިވާ ގޮތަށް ހުރިހާ ހައްޖާޖީން ވެސް ތިބީ އަރަފާތުގެ މާތް ބިމުގައި ކަމަށެވެ.

"އަޅުގަނޑުމެން އެންމެންގެ ދުއާއަކީ ދިވެހި ހައްޖާޖީންނަށް މަބްރޫރް ހައްޖެއް މާތްﷲ މިންވަރުކޮށްދެއްވުން" ވަޒީރު ވިދާޅުވިއެވެ.

އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދާ އަނިޔާވެރި ހަމަލާތަކުން ސަލާމަތްކުރުމަށް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ދުއާކުރުމަށް ހައްޖު ހުތުބާގައި މިއަދު ވަނީ ގޮވާލާފައެވެ.

ހައްޖު ހުތުބާގައި މިއަދު ވިދާޅުވީ، އެއްބަޔަކު އަނެއްބަޔަކަށް އަނިޔާ ނުކުރުމަށާއި އެއް ބަޔަކު އަނެއް ބަޔަކަށް ގެއްލުން ނުދިނުމަށް ގޮވާލައިފައެވެ. އަދި މިވަގުތު ފަލަސްތީނުގެ މުސްލިމް އަޚުންގެ ހައްގުގައި ދުއާކުރުން އެންމެ މުނާސަބު ބަޔަކީ ހައްޖުވެރިންކަން ފާހަގަކޮށް ހުތުބާގައި ބުނީ، ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަނިޔާތަކުން އެމީހުން ސަލާމަތްކޮށްދެއްވުމަށް އެދި ހައްޖު ދުވަހު ދުއާ ކުރަންޖެހޭ ކަމަށެވެ

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މޮޔަނިމޮސް

    އެންމެން މަރުވީމަ ބާ ލިބެނީނނަސްރު

    2
    1
    • ވިސް

      الله ސުބްހާނަހޫ ވަތައާލާ އިރާދަކުރައްވާ އިރަކު ދެއްވާ އެއްޗެއްއެއީ، އަހަރެމެންނަށް އެކަމުގެ ހިކުމަތެއް އެނގިގެންނުވޭ،

    • ކަލޯ

      މޮޔަނިމޮސް.....މާތްﷲގެ މަގުގަ ޖިހާދުކުރަނިކޮށް ޝަހީދު ވީމަ އެ ލިބުނީ އެންމެ ބޮޑު ނަސްރު އިނގޭތޯ..އޭރުން ދާއިމީ ހަޔާތުގަ އެމީހަކީ ކާމިޔާބު ލިބިގެންވާ މީހެއް..މިދުނިޔޭގެ ހަޔާތަކީ ވަގުތީ އެއްޗެއް..

  2. އަހަންމަދު

    ހާދަ މޮޅު މީހެކޭމީ ދޯ؟

  3. ހުސްބަސްތީ

    ކަލޭ ނުބުނިކަމަށްވިޔަސް އެންގޭ ތިކަން މީގެ 14 ސަތެކަ އަހަރުމުރިން ރަސޫލާ ހަދީސް ކުރެއްވި ނަސްރު ލިބޭނެކަމަށް! ކަލޭކަހަލަ މުނާފިގަކު ނުބުންޏަސް އެންގޭނެ ދޯ؟

  4. އަހުމަދު

    އާނ ، އެންމެން މަރުވެ ހުސްވީމަ.

  5. ކަލޯ

    މޮޔަނިމޮސް.....މާތްﷲގެ މަގުގަ ޖިހާދުކުރަނިކޮށް ޝަހީދު ވީމަ އެ ލިބުނީ އެންމެ ބޮޑު ނަސްރު އިނގޭތޯ..އޭރުން ދާއިމީ ހަޔާތުގަ އެމީހަކީ ކާމިޔާބު ލިބިގެންވާ މީހެއް..މިދުނިޔޭގެ ހަޔާތަކީ ވަގުތީ އެއްޗެއް..