ބަރަކާތްތެރި އަޟްހާ އީދުގައި ދިވެހިންގެ އެކުވެރިކަމުގެ ސަފުތައް ވަރުގަދަކުރުމަށް އަޒުމް ކަނޑައަޅަން ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އެދިވަޑައިގެންފިއެވެ.

ނައިބު ރައީސް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަޟްހާ އީދުގެ ހެޔޮ އެދުމާއި ތަހުނިޔާ މުސްލިމް އެންމެހާ އަހުންނާއި އުހްތުންނަށް އަރިސްކުރައްވާ ކަމަށެވެ. މި އީދުގައި ދިވެހިންގެ އެކުވެރިކަމުގެ ސަފުތައް ވަރުގަދަ ކުރަން ނައިބު ރައީސް ވަނީ އެދިވަޑައިގެންފައެވެ.

މި އަހަރުގެ އަޟްހާ އީދު ދުވަހަކީ މާދަމާއެވެ.

މިއަހަރުގެ އަޟްހާ އީދު ރާއްޖޭގެ އެކި ރަށްރަށުގައި ކުލަގަދަކޮށް ފާހަގަކުރުމަށް ވަނީ ތައްޔާރުވެފައެވެ.

އަޟްހާ އީދުގައި އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފަހައްޓައި އިސްލާމީ އަހުލާގާއި ދިވެހީންގެ ރީތި އާދަކާދަތަކާ ބީރައްޓެހި، ފުރެއްދެ ސަގާފަތްތައް އީދުގެ އުފާފަގަތިކަމުގެ ތެރެއަށް މަސްހުނި ނުކުރުމަށް ރައީސް ޑރ. މުއިއްޒު ވެސް ވަނީ އެދިވަޑައިގެންފައެވެ.

ރައީސް ވިދާޅުވީ ބޮޑު އީދުގެ ބަރަކާތްތެރި މުނާސަބާގައި ދިވެހި ހުރިހާ ރައްޔިތުންނަށް އެމަނިކުފާނުގެ އިލްތިމާސްއަކީ ﷲ ދެއްވި ގިނަ ގުނަ ނިއުމަތްތަކުގެ މަތިން އަބަދުމެ، ހަނދާން އާ ކުރެއްވުން ކަމަށެވެ. އީދުގެ އުފާ ފާޅު ކުރެއްވުމުގައި އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފެހެއްޓެވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު