އުޅަނދެއްގައި ގިނަ ބަޔަކު އުފުލިި މައްސަލައެއްގެ ދެ ޑްރައިވަރެއްގެ ލައިސަންސް ހިފަހައްޓައިފިއެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން މިރޭ "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގިނަ އަދަދެއްގެ ބަޔަކާ އެކުގައި ސިނަމާލެ ބްރިޖުން ދަތުރު ކުރި ދެ އުޅަނދު ފުލުހުން ހުއްޓުވާފައިވާ ކަމަށެވެ. އަދި އެއް އުޅަނދަކާ މެދުގައި ފިޔަވަޅު އެޅި ކަމަށް އޭނާ ވިދާޅުވިއެވެ.

މި ދެ އުޅަނދުން ދަތުރު ކުރި ޑްރައިވަރުންގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގިނަ އަދަދެެއްގެ ބަޔަކު އުފުލު އުޅަނދު ފޮޓޯ: ފުލުހުން

އުޅަނދެއްގައި ގިނަ އަދަދެެއްގެ ބަޔަކު ގެންދިޔަ އިތުރު މައްސަލައެއް ވެސް ފުލުހުން ވަނީ ބަލަން ފަށައިފައެވެ.

މީސް މީޑިއާގައި ދައުރުވަމުންދިޔަ ވީޑިއޯއަކުން ފެންނަނީ ލޮރީއެއްގައި ގިނަ އަދަދެއްގެ ބިދޭސީންތަކެއް އުފުލާތަނެވެ.

މިކަމާ ގުޅިގެން ގިނަ ބަޔަކު ބުނަމުންދިޔައީ މިއީ ރަހުމްކުޑަ އަމަލެއް ކަމަށެވެ.

އެކްސްގައި މީހަކު ކުރި ޕޯސްޓެއްގައި އެގޮތަށް މީހުން ބަންދުކޮށްގެން އުފުލުމަކީ ހުއްދަކަމެއްްތޯ ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ޓެގްކޮށް މީހަކު ވަނީ ސުވާލުކޮށްފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ޝިފާން ވިދާޅުވީ އެއީ ހުއްދަ ކަމެއް ނޫން ކަމަށާއި، ގާނޫނާއި ހިލާފަށް ކުރާ މިފަދަ ކަންކަން ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ.

އަދި އެ މައްސަލަ ވެސް ބަލަމުންދާނެ ކަމަށްވެސް ޝިފާން ވަނީ ވިދާޅުވެފައެވެ.

އެނގިފައިވާ ގޮތުގައި މި އުޅަނދުގައި އެއްފަހަރާ 30 އަށް ވުރެ ގިނަ މީހުން ވަނީ އުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ގުދުގުދާބެއްޔާ

    ހެހެހެ! ޑްރައިވަރުން ކުށްވެރިވީ! ވެހިކަލްގެ ވެރިފަރާތުގެ ކޮންޕެނީ އަށް އެޅިފިޔަވަޅެއްނެތް! މިއީ މިގައުމުގެ އިންސާފުގެ ހާލަތު ހަމަ ސަދޫމާ އެއްގޮތް!

  2. ޙެހެހ

    ލައިސަންސް ބާތިލް ކުރަންޖެހޭނީ ، ބިދޭސީއެއްވިއްޔާ ޑީޕޯޓް ، މިހާ ހަރުކަށިނުވެ ނެތްކަންކަން އިސްލާހްވާކަށް

  3. އަހަންމަދު

    ތިކަން ފުލުހުންގެ ކުރިމަތީ ހިގާތާ އެތައްދުވަހެއް ވެއްޖެ. ނުފެންނަކަމަށް ހަދައިގެންތިއްބާ ވީޑިއޯތައް ދައްކަންފެށީމަ ދެން ފިޔަވަޅެއް އަޅާފަ އެވާހަކަ ނޫހުގަ ލިޔުއްވީމަ ތިބޭލުނީ ސޯޓު. ފެއިލްވެފަ ތިބިބައެއް ފުލުހުންނަކީ! ޕީސީ އިސްތިއުފާ!

  4. އައިމަން

    ބިދޭސީ ޑްރައިވަރުން އެބަޖެހޭ ދިވެރާއްޖޭގެ ގާނޫނަށް ފައްތަން. މިއީ ވަރަށް ލަސްވެ ހައްދުންނެއްޓިފައިވާ ކަމެއް. ހައިވޭގައި ނުގަވާޢިދުން އޯވަޓޭކް ކުރަނީވެސް ގިނައިން ބިދޭސިން. އެމަންޒަރު ފެންނަ ދިވެހިންވެސް އެގޮތަށް އަމަލުކުރޭ

  5. the Maldivians

    ތީކީ އާ ކަމެއް ވެސް ނޫން. އާއްމު ކަމެއް. ތިކަހަލަ ދޯހަޅި ފިޔަވަޅު އަޅާތީ ތިކަން ނުހުއްޓުވެނީ ވެސް. ޑްރައިވަރ ލައިސަންސް ހިފެހެއްޓީމަ ނިމުނީ ދޯ ހުރިހާ ކަމައް. ކުންފުނި އޮރިޔާން ވާ ވަރުގެ އުގޫބާތެއް ދޭން ޖެހޭ...

  6. ކޮމެންޓޭ

    ދެން ތީގެ ކޮންމެ ލޭބަރަކު ޓެކްސީ އަށް ލާފަ ފޮނުވާ މަސައްކަތަށް. ދެން މަސައްކަތުގެ އަގު ބޮޑުވީމަ ފާޑުކިޔާ. މީއަދި ތަރައްގީ ވަމުން އަންނަ ގައުމެއް ތަރައްގީވެފަ ހުރި ގައުމުތައްވެސް ތަރައްގީ ވަމުން އައިއިރު ތިހުރިހާ ކަމެއްވެސް ކުރި. އަހަރުމެންގެ ފުދުން ތެރިކަން އެހިސާބަށް ދިއައީމަ ތިކަންކަމާ އުޅެބަލަ