ރަޖިސްޓްރީ ނުކުރާ އުޅަނދެއްގައި ވަގު ބޯޑު އަޅުވައިގެން ދުއްވި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ މިއަދު އިރުއޮއްސި 6:30 ހާއިރު އެ އުޅަނދު ދުއްވާފައި ދިޔައީ ހައިވޭގައި ދެކުނުން އުތުރަށް ކަމަށެވެ. އުޅަނދުގެ ލައިސަންސް ނެތް އިރު، ރަޖިސްޓްރީ ވެސް ނުކުރާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެ މައްސަލަ ރިޕޯޓު ކުރުމާ ގުޅިގެން އެކަން ބަލަމުން އަންނަ ކަމުގައި ފުލުހުން ވިދާޅުވިއެވެ.

ރަޖިސްޓްރީ ނުކުރާ އުޅަނދެއްގައި ވަގު ބޯޑު އަޅުވައިގެން ދުއްވި މައްސަލައެއް ފެންމަތިވި އިރު، ގިނަ އަދަދެއްގެ ބިދޭސީންތަކެއް ފަހަތަށް އަރުވައިގެން ދުއްވި ދެ ޕިކަޕު ފުލުހުން ވަނީ ހިފަހައްޓައިފައެވެ. އޭގެ ތެރެއިން އެއް އުޅަނދެއް އިމްޕައުންޑް ކޮށްފައިވާ އިރު ދެ ޑްރައިވަރުންގެ ލައިސެންސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.