ދަރުބާރުގެ ކައިރީގައި މިރޭ މާރާމާރީއެއް ހިންގައިފިއެވެ.

ފުލުހުން ވިދާޅުވީ ދަރުބާރުގެ ކައިރީގައި މާރާމާރީއެއް ހިންގައިގެން އުޅޭ ކަމަށް މިރޭ 10:30 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މާރާމާރީގައި އަނިޔާވި މީހާއަށް ސެނެހިޔާ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށާއި އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ދެމީހަކު ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.