މި އަހަރުގެ އަޟްހާ އީދާ ދިމާކޮށް ޖުމްހޫރީ މައިދާނުގައި ދިއްލާފައި ހުރި ބައެއް އީދު ލައިޓުތަކުގެ ކޭބަލްތައް ވަގަށް ގެންގޮސްފިއެވެ.

މާލެ ސިޓީ ކައުންސިލުން "އެކްސް" ގައި ރޭ ކުރި ޕޯސްޓެއްގައި ވަނީ ޖުމްހޫރީ މައިދާނުގައި ހުރި ބައެއް އީދު ލައިޓުތަކުގެ ކޭބަލްތައް ވަގަށް ގެންދިޔަ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ސިޓީ ކައުންސިލުން އިތުރު ވާހަކައެއް ނުދައްކައެވެ.

މާލޭގެ މޭޔަރު އާޒިމް، ޖުމްހޫރީ މައިދާނުގައި. --- ފޮޓޯ: މާލެ ސިޓީ ކައުންސިލް

އެކަން ހިނގާފައި ވަނިކޮށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވަނީ ޖުމްހޫރީ މައިދާނަށް ވަޑައިގެން އެ ސަރަހައްދުގެ ހާލަތު ބައްލަވައިފައެވެ.

ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދަކީ މާލޭގެ އެންމެ ކާރޫބާރު ބޮޑު އަދި ސަލާމަތީ ގޮތުން ވެސް އެންމެ ވަރުގަދަ އެއް ދިމާލެވެ. ގްރީން ޒޯންގެ ގޮތުގައި ކަނޑައަޅާފައިވާ އެ ސަރަހައްދަކީ ފުލުހުންނާއި ސިފައިންގެ މަރުކަޒު ވެސް ހުންނަ ސަރަހައްދެވެ.

އީދަށް އެންމެ ބޮޑަށް ޒީނަތްކޮށް ދިއްލާ އެއް ސަރަހައްދަކީ ޖުމްހޫރީ މައިދާން ސަރަހައްދެވެ. އެ މައިދާނުގައި ހަރުކޮށްފައި ހުރި ބައެއް ލައިޓްތަކުގެ ކޭބަލްތައް ގެންދިއުމުގެ ސަބަބުން އެ ލައިޓްތައް މިހާރު ނުދިއްލެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަހުމަދު

    އަތް ކަނޑައިގެން މިކަން ދެން މައިތިރި ވާނީ

    10
    • އަހަންމަދު

      ތިކަންވެސް ކުރެވިގެންތާ؟ ކުރާނީ ކާކު؟

  2. Anonymous

    ތިކަންތައްތަށް ކުރާ ޕާޓޭން ހޯދޭނެ ގާބިލްމުކަންވެސް މިސަރުކާރުގަ ނެތީތޯ

    • އަހަންމަދު

      ކަށަވަރު!

  3. ައަންހެންމަންޖެ

    ބުނަންހުރި ވާހަކަ ގިނަކަމުން ހުއްޓާލީ

  4. ކޭބަލް

    ކޭބަލް ވަގަށް ނެގުން ހުއްޓުވޭނީ ލޯ ވިއްކާ މީހުން ވިއްކާ ލޮއި ހޯދިގޮތުގެ މަޢުލޫމާތު ދޭންޖެހޭގޮތްހަދާ ލޮއި ބޭރުކުރާ މީހުން ރަޖިސްޓްރީކޮށް ވަކި ހަމައަކުން އެ މަސައްކަތް ކުރުމުގެ ހުއްދަ ދީގެން. ލޮއި ޑީލްގަ އުޅޭ ބިދޭސީންވެސް ވަކި މަދެއް ނޫން.

    12
    1
    • އަހަންމަދު

      ހައްތާވެސް ބޮޑުންގެ އައުވާނުން! ހެދޭނެއެއްވެސް ގޮތެއް ނޯންނާނެ!

  5. އަހަންމަދު

    ސަލާމަތީ ގޮތުން ވަރުގަދަވާނީ ހަމަ ތިޔަވަރަށް. ލަދުންގޮސް ހޮޑުލެވޭވަރުވޭ!