މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ސްޕޯޓްސް އެވޯޑްސް 2024 އަންނަ ޖުލައި މަހަށް ފަސްކޮށްފިއެވެ.

މި އެވޯޑު ކުުރިން ބާއްވަން ހަމަޖެހުނީ މިމަހު 27 ގައެވެ. ނަމަވެސް އަޟްހާ އީދާއި ދިމާކޮށް މި ހަފްލާ އެހާ ފުރިހަމަކޮށް ނުބޭއްވިދާނެތީ މި އެވޯޑު މިވަނީ އަންނަ ޖުލައި 4 އަށް ފަސްކޮށްފައެވެ.

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ވިދާޅުވި ގޮތުގައި އެވޯޑު ހަފްލާ ލަސްކުރަން ނިންމި މައިގަނޑު ސަބަބަކީ ބޮޑު އީދާ ދިމާކޮށް ސަރުކާރު ބަންދުވުމާއިއެކު ހަފްލާ އެންމެ ފުރިހަމައަށް ބާއްވަން ބޭނުންވާތީއެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑަކީ ރާއްޖޭގެ ގައުމީ ފަންތީގެ ހުރިހާ ކުޅިވަރެއް ހިމެނޭހެން ދެވޭ ހަމައެކަނި އެވޯޑެވެ. މިއަހަރުވެސް 18 ކުޅިވަރު އެސޯސިއޭޝަނެއްގެ މޮޅު ކުޅުންތެރިން ހޮވައި އަހަރުގެ އެންމެ މޮޅު އެތުލީޓުވެސް ހޮވާނެ އެވެ. މީގެ އިތުރުން ކުޅިވަރާ ގުޅުންހުރި ދާއިރާތަކުގެ ފަރާތްތަކަށް އެވޯޑު ދިނުމުގެ އިތުރުން، ކުޅިވަރަށް ކޮށްދީފައިވާ ޚިދުމަތްތައް ފާހަގަކޮށް، ހިތްވަރުދިނުމުގެ ގޮތުން އެޕްރިސިއޭޝަން އެވޯޑުތަކެއްވެސް ދިނުމަށްވަނީ ހަމަޖެހިފައެވެ.

މި ފަހަރުގެ އެވޯޑަށް ނަން ހުށައެޅޭނީ:

  • ސްޕޯޓްސް މަން / ސްޕޯޓްސް ވުމަން އޮފް ދަ އިޔާ އެވޯޑު
  • ޕެރާ ސްޕޯޓްސްމަން / ޕެރާ ސްޕޯޓްސްވުމަން އޮފް ދަ އިޔަރ އެވޯޑް
  • ސްޕޯޓްސް ޖާރނަލިސްޓް އޮފް ދަ އިޔަރ އެވޯޑް
  • މީޑިއާ އޮފް ދަ އިޔަރ އެވޯޑް (އޮންލައިން / ބްރޯޑްކާސްޓިންގ)
  • ސްޕޯޓްސް މެޑިކް އޮފް ދަ އިޔަރ އެވޯޑް
  • ޓެކްނިކަލް އޮފިޝަލް އޮފް ދަ އިޔަރ އެވޯޑް (އަންހެން / ފިރިހެން)
  • ކޯޗް އޮފް ދަ އިޔަރ އެވޯޑް ( އަންހެން / ފިރިހެން)
  • ޔަންގް ސްޕޯޓްސްމަން / ޔަންގް ސްޕޯޓްސްވުމަން އޮފް ދަ އިޔަރ އެވޯޑް (އަންހެން / ފިރިހެން)
  • ސްޕޯޓްސް ވިޒުއަލް އާޓިސްޓް އޮފް ދަ އިޔަރ އެވެ.

މި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު މީގެ ދެ މަސް ކުރިން ވަނީ ހުޅުވާލެވިފައެވެ.

އިތުރު މައުލޫމާތު ހޯދުމަށް ބޭނުންވާނަމަ އެސޯސިއޭޝަނުގެ ފޯނު ނަމްބަރ 3314057 އަށް ގުޅައިގެން އިތުރު މައުލޫމާތު ސާފުކުރެވޭނެ ކަމަށް އެ އެސޯސިއޭޝަނުން ވިދާޅުވިއެވެ.