މާލޭގައި ރޭ ހިންގި މާރާމާރީ އާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.

ދަރުބާރުގެ ކައިރީގައި ރޭ 10:30 ހާއިރު ހިންގި މި މާރާމާރީގައި އެކަކަށް ވަނީ އަނިޔާ ލިބިފައެވެ. އޭނާ އަށް ސެނަހިޔާ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.

މާރާމާރީ އާ ގުޅިގެން ރޭގެ ވަގުތެއްގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން "ވަގުތު" އަށް މިއަދު ވިދާޅުވީ މި މާރާމާރީ އާ ގުޅިގެން ހަތަރު މީހަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.