ދިހަ ވަރަކަށް އަހަރަށްފަހު ރާއްޖޭގެ ވަލިއްޔުލް-އަމްރު ނުވަތަ ރައީސުލްޖުމްހޫރިއްޔާ، ހުސް މައިދާނެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރައްވައިފިއެވެ.

މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ބޮޑު ޖަމާއަތުގައި ކުރި އަޟުހާ އީދު ނަމާދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަތުން ވެގެން ދިޔައީ ދިވެހީންނަށް ފެނިގެން ދިޔަ ތަފާތު އަދި އެހާމެ ހިތްހަމަޖެހޭ މަންޒަރަކަށެވެ.

އެ މަންޒަރު ފެނިގެން މިދިޔައީ ގިނަ އަހަރުތަކެއް ފަހުންނެވެ. އެންމެ ފަހުން ބޮޑު ޖަމާއަތުގައި ރާއްޖޭގެ ރައީސަކު ބައިވެރިވެވަޑައިގެން އީދު ނަމާދު ކުރެއްވީ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައެވެ. އޭރުވެސް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރަކަށް ހުންނެވީ، މިހާރު ވެސް އެ މަޤާމުގައި ހުންނެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

މާލޭގައި ބޮޑު ޖަމާއަތުގައި ކުރި އީދު ނަމާދު--ވަގުތު އިމޭޖަސް: އަހުމަދު މަމްދޫހް

އޭގެ ފަހުން ކޮންމެ އީދަކަށް ވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ހުސް މައިދާނެއް ތައްޔާރުކުރެއެވެ. އެހެންނަމަވެސް އޭގެ ފަހުން ވަޑައިގެންނެވި އެއްވެސް ރައީސަކު ހުސް މައިދާނުގައި އީދު ނަމާދު ނުކުރައްވައެވެ. ހުރިހާ ރައީސުން ވެސް އީދު ނަމާދަށް ވަޑައިގަންނަވަނީ އިސްލާމީ މަރުކަޒަށެވެ.

ފަހުން އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ގޮތުން އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި ވެސް އޮންނަނީ އީދުގެ ބޮޑު ޖަމާއަތެކެވެ.

މާލޭގައި ބޮޑު ޖަމާއަތުގައި ކުރި އީދު ނަމާދު--ވަގުތު އިމޭޖަސް: އަހުމަދު މަމްދޫހް

މި ސަރުކާރުގައި އައި ފުރަތަމަ އީދު، ފިތުރު އީދުގައި ރައިސް މުއިއްޒު އީދު ނަމާދުކުރެއްވީ އިސްލާމީ މަރުކަޒުގައެވެ. އެހެންނަމަވެސް އަޟުހާ އީދު ނަމާދަށް މިއަދު އެމަނިކުފާނު ވަނީ ދެ ދަރިކަލުންނާއެކީ މާފައްނު ފުޓުބޯޅަ ދަނޑުގައި އޮތް ބޮޑު ޖަމާއަތުގައި ބައިވެރިވެވަޑައިގެންފައެވެ.

އީދު ނަމާދު ކުރުން އެންމެ މޮޅުއިތުރުވެގެންވަނީ ހުސް މައިދާންތަކުގައި ބޮޑު ޖަމާއަތުގައި ކަމަށް ކީރިތި ރަސޫލާ (ﷺ) ގެ ސުންނަތުން ވަނީ ސާބިތުވެފައެވެ.

މާލޭގައި ބޮޑު ޖަމާއަތުގައި ކުރި އީދު ނަމާދު--ވަގުތު އިމޭޖަސް: އަހުމަދު މަމްދޫހް

ދީނީ ކަންތައްތަކަށް ހާއްސަ އިސްކަމެއް ދީގެން ސުންނަތާއި ދީނީ ކަންތައްތަކަށް ދިވެހީން ޝައުގުވެރިކޮށް އިސްލާމްދީނުގެ ރިވެތީ އާދަތައް ދެމެހެއްޓުމަށްޓަކައި މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ފެށުނީއްސުރެ ކުރައްވަމުންނެވެ.

އެގޮތުން އީދު ފާހަގަކުރުމުގައި ވެސް ދީނީ މިންގަނޑުތަކާއި ޚިލާފުނުވާ ގޮތަށް އަދި ގައުމުގެ ސަޤާފަތު އާލާކުރެވޭ ގޮތަށް ކުޅިވަރުތަކާއި ހަރަކާތްތައް ރޭވުމަށް ސަރުކާރުންް ވަނީ އިލްތިމާސްކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސޭކު

    އާ ކުރީގެ އެއްވެސް ރައީސްއެއް ނަމާދު ނުކުރާޙެންހީވަނީ ބުނަން ﷲ ދެނެވޮޑީގެންވަނީ ހިތްތައް ކަލޭމެނެއް ނޫން ގިޔާމަތް ދުވަހު ހިސާބުބައްލަވަނީކީއެއް!!!!

  2. ހިކި ކިރު

    އަފިރިން މިހިރަ މިހިރަ ކަންކަމަށް ކިޔާ އުލެނީ ދެއްކުން ތެރިކަން!

  3. ފަރީޝާ

    ތިގޮތަށް ނަޝީދުވެސް ރައީސްކަމުގަ ހުރިއިރު ވަޅުގެ ދާނިން ވުލޫކޮށްގެން ނަމާދަށް އަރާ ބޮލުގަ ރުމާ އައްސައިގެން ނަމާދުކުރަން ހުރި ފޮޓޯތައް އަދިވެސް އިންޓަރނެޓްގަ އެބަހުރި ތީ ސަޕްރައިޒްއެއް ނޫން ދެއްތޯ

  4. ފދސަ

    މީގެ 10 އަހަރު ކުރިން ރައީސަކު ނުކުރާ ކަމެއްވެސް ޑޮކްޓަރު މުއިއްޒުވަނީ ކުރައްވާފައެވެ، ކޭމްޕޭންތެރޭގައި ދަމުނަމާދު ކުރެއްވުމަށްޓަކައި ދަންވަރު މިސްކިތައް ވަޑައިގަންނަވާ ގޮތައް މިސްކިތުގައި ކިނިކަންޏާ ފަތިހަށް އިމާމުމީހާ ބަންގިގޮވަންދެން ހުންނަވައެވެ. އަދި މިމަންޒަރު ގެއިން ފެށިގެން ގޮސް ފަތިސްނަމާދު ނިމެންދެން ޓީވީއިން ލައިވްކުރަމުންވެސް ގޮސްފައިވެއެވެ. މިއީވެސް ރައީސް މުއިއްޒުގެ ރެކޯޑެވެ، ވޯޓްދިނުމުގައި މިމަންޒަރުވީ މުއިއްޒަށް ލިބުނު ވަރަށް ބޮޑު އެހީއަކަށެވެ. ރައްޔިތުންނަށް ގަބޫލުކުރެވުނީ މުއިއްޒަކީ ވަރަށް ދީންވެރި އަޅުވެރި ސޯލިހު ބޭކަލެއްގެ ގޮތުގައެވެ.

  5. ޫަުއުނބު

    ދެއްކުންތެރިކަންވެސް ހައްދުފަހަނަ އަޅާފަ، އެންމެ ކުރީ ސަފުގަ ފޮޓޯ ނަގަން ގޮސް އިނީ
    އެހެން ނޫން ނަމަ އިނީހީ ތަންކޮޅެހް ފަހަތުގަ ލަހުން ދިޔައީމަ ޖަމާއަތުން ތަން ލިބޭ ހިސާބުގަ
    އަޅުކަމުންވެސް ވައްކަން

  6. އަލިފު.

    އެތެރޭގެ ހިންގުން ރަގަނޅުކޮށްލަން ފެނޭ. ޚާއްސަކޮށް ރާއްޖެތެރޭގެ