އީދު ފާހަގަ ކުރަން ހުޅުމާލޭގައި މިރޭ ހަވާ އަރުވަން ނިންމައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އަޟްހާ އީދު ދުވަހުގެ މުނާސަބަތުގައި ހުޅުމާލޭ، ސެންޓްރަލް ޕާކުގައި މިރޭ ހަވާ އަރުވާނެ ކަމަށެވެ.

ހަވާ އަރުވާނީ މިރޭ 21:00 ހާއިރު ކަމަށާއި މި ހަރާކާތް ކުރިއަށްދާނީ 5 މިނެޓަށް ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މިއަދު ފާހަގަ ކުރަމުންދާ އަޟްހާ އީދު ރާއްޖޭގެ ގިނަ ރަށްތަކުގައި ކުލަ ގަދަކޮށް ފާހަގަ ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ރޭ ގިނަ ރަށްތަކުގައި އީދު މަޅި ނުވަތަ އީދު ބަޑި ޖަހާފައިވާއިރު، މިއަދު އީދު ސަޔާއި އެކީ ގިނަ ހަރަކާތްތަކެއް ރަށްތަކުގައި ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ސަގާފީ ހަރާކާތްތަކާއި އީދު ޝޯ ފަދަ ފޯރިގަދަ ކުޅިވަރުތަކާއި ޝޯތައް ބޭއްވުމަށް ވަނީ ނިންމާފައެވެ.