ހުޅުމާލޭގައި ރޭމމާރާމާރީ ހިންގުމަށްފަހު ފިލަން މަސައްކަތް ކުރި މީހަކު ފުލުހެއްގެ ގައިގައި ކާރަކުން ޖައްސައިފިއެވެ.

ފުލުހުން ވިދާޅުވީ، ރޭ ފަތިހު 4:10 ހާއިރު ހުޅުމާލޭ ފިލިގަސް މަގުގައި މާރާމާރީއެއް ހިންގާކަމަށް ފުލުހުންނަށް ރިޕޯޓް ކުރުމުގެ އެ ސަރަހައްދާށް ގޮސްފައިވާ ކަަމަށެވެ.

އަދި މި މާރާމާރީ ހިންގި ސަރަހައްދަށް ފުލުހުން ދިއުމުން، މާރާމާރީ ހިންގި މީހާ އެ ހިސާބުގައި އޮތް ކާރަކަށް އަރައި ފިލަން މަސައްކަތް ކުރުމުން ފުލުހަކު އެ ކާރު ހުއްޓުވަން މަސައްކަތް ކުރަން އުޅުމުން ފުލުސް މީހާގެ ގައިގައި ކާރަކުން ޖައްސާ ކާރުގައި ތިބި މީހުން ފިލާފާއިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވިގޮތުގައި އެތަނުން އެކަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އަދި ދެވަނަ މީހާ ހޯދުމުގެ މަސަައްކަތް ދަނީ ކުރަމުންނެވެ.

އަދި މާރާމާރީގައި އަނިޔާވި މީހާ އާއި ފުލުސް މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވިދާޅުވިއިރު، މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

އިއްޔެ އާއި މިއަދުވެސް މާލޭގައި މާރާމާރީއެއް ހިންގާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙެހެހ

    ކޮބާ ހީވޭ ! އަދިވެސް ޕާޓޭއިންނަށް މިޤައުމު ދޫދީ ، އެެމީހުން ހަކުރު ވިއްކާގެން ބޮޑެތި އަގުބޮޑު ކާރުތަކުގައި މިތާ އުދުހެނީ ، ފުލުހުންނަށް ނޯންނާނެ ޑޮމެއިން އެންމެ ކާރެއް ހުއްޓުވުމުގެ ބާރުވެސް ، މާލޭގެ މަގުތަކުގައި ދުނިޔޭގެ ފެންވަރުން އަގުބޮޑެތި ކާރު ހުރިއިރު މިކަމާއި ފުލުހުންނާއި މުއައްސަސާތަކުން ހޭލާކަށްނުވޭތަ ! މީކީ އެހާފަސޭހައިން ގަނެލެވޭނެ އެއްޗެއްނޫން ، އެކަމަކު .......

  2. ގާނޫނު

    ފުލުހުން ތިކަހަލަ ބޭކާރުކަންކަމާ ނޫޅެ އެހެންކަމަކާ އުޅެބަލަ

  3. ސަރަފަކައްދަ

    ޤައުމެއް ތަރައްޤީ ވާއިރު ގޭންގް ކުދިންވެސް އުލޭނެޔޯ. އަދި އެ ގޭންގް ކުދިންގެ ބޭނުންވެސް ބޮޑެތި މީހުން ބައެއް ފަހަރު ހިފަޔޯ ބުނާ އަޑު އަހަނމު!