އީދު ދުވަހުން ހަނދާނަށް ގެނެސްދެނީ ސުލްހަވެރި ދުނިޔެއެއް ބިނާކުރުމުގެ ބޭނުންތެރިކަން ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.

މޯދީ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ އަޟްހާ އިދު ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ފޮނުވެއްވި ތަހުނިޔަގައެވެ.

އެ ތަހުނިޔާ މެސެޖްގައި މޯދީ ވަނީ ރާއްޖޭގެ ރައީސް ޑރ. މުއިއްޒަށާއި ދިވެހި ސަރިކާރާއި ރައްޔިތުންނަށް ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް ފޮނުއްވާފައެވެ.

މޯދީ ވިދާޅުވީ، މިއަދު ފާހަގަކުރާ އުފާވެރި އީދު ދުވަހުން ހަނދާނަށް ގެނެެސްދެނީ އެންމެން އުއްމީދު ކުރާ ސުލްހަވެރި އަދި އެންމެހާ ފަރާތްތަކެއް ހިމެނޭ ދުނިޔެއެއް ބިނާ ކުރުމުގައި ބޭނުންތެރި، އެކުވެރިކަމާއި އެއްބައިވަންތަކަން ކަމަށެވެ.

"މިއީ އިންޑިއާގައި އޮތް މަލްޓި ކަލްޗަރަލް ހެރިޓޭޖްގެ ތެރެއިން ފޯރިއާއި އުފާވެރިކަމާއެކު ފާހަގަ ކުރާ ދުވަހެކެވެ،". މޯދީގެ މެސެޖްގައި ވެެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަސަން

    މިއަދު، އަބަދު މުސްލިމުންނަށް ނަފްރަތުކުރާމީހުންނަށް ހުށިޔާރުވެގެންތިބޭތި ދިވެހިންނޭ! ޢީދު މުބާރިކް!

  2. ޖަވާހިރުލާލް ނެހެރޫ

    ނޫން، ނޫން، އީދު ދުވަހުން ހަދާނަށް ގެނެސްދެނީ ގެރިއެއް ކަތިލުމަކީ ކިހާ މާތް ކަމެއްކަން..