މާލޭގައި ރޭ ހިންގި މާރާމާރީ އާ ގުޅިގެން ހައްޔަރު ކުރި ހަތަރު މީހުން ތަހުގީގު ނިމެންދަން ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ދަރުބާރުގެ ކައިރީގައި ރޭ 10:30 ހާއިރު ހިންގި މި މާރާމާރީގައި އެކަކަށް ވަނީ އަނިޔާ ލިބިފައެވެ. އޭނާ އަށް ސެނަހިޔާ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.

މާރާމާރީ އާ ގުޅިގެން ރޭގެ ވަގުތެއްގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭގެ ފަހުން ދެ މީހަކު ހައްޔަރު ކުރިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ތަހުގީގު ނިމެންދެން ބަންދު ކުރުމަށް އަމުރު ކޮށްފައި ވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.