ޅ.ނައިފަރުގެ އުތުރު ފަރާތު ސިނާއީ ސަރަހައްދުގައި ބަހައްޓާފައި ހުރި ލަކުޑިތަކެއްގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދިންގޮތުގައި މި އަލިފާނުގެ ހާދިސާ ހިނގުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ޅ.ނައިފަރު ފަޔަރ ސްޓޭޝަނުން ވަނީ އަލިފާން ނިއްވުމުގައި ހަަރަކާތްތެރިވެފައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މި ހާދިސާގެ ރިޕޯޓް ލިބުނީ މިރޭ 20:05 ހާއިރުއެވެ. މިއާއެކު ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށައިފައެވެ.

ނައިފަރު ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ލަކުޑިތަކުގައި ރޯވެފައި ހުރި އަލިފާން ނިއްވާލެވުނީ މިރޭ 20:30 ހާއިރެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައި ނުވާ ކަަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ާަމަރީ

    ތިވެސް މާލިއަކަށްވާނީ