ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ އިންތިޚާބު ޖުލައި މަހު ބާއްވަން ނިންމައިފިއެވެ.

އެ އެސޯސިއޭޝަނުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އެސޯސިއޭޝަންގެ 2024 އިން 2028 އަށް އައު ދައުރަކަށް އިންތިޚާބު ކުރެވޭ ހިންގާ ކޮމިޓީގެ އިންތިޚާބު 10 ޖުލައި 2024 ވާ ބުދަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އައު ދައުރަކަށް ހިންގާ ކޮމިޓީ އިންތިޚާބު ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަމެއް ވިލަރެސްކޮށް ކުރިއަށްގެންދިއުމަށް އެކުލަވާލެވިފައިވާ އިލެކްޓޯރިއަލް ކޮމިޓީ ހިމެނޭ މީހުންގެ ނަންތައް ވެސް ވަނީ އާންމުކޮށްފައެވެ. އެގޮތުން ކޮމިޓީގައި ހިމެނޭނީ އަޙުމަދު ޢަބީރު އިސްމާޢީލާއި މުޙައްމަދު ޢަނީލް ޢަބްދުއްލަޠީފްގެ އިތުރުން ޢަބްދުﷲ އިޔާޒެވެ.

އައު ދައުރަކަށް ހިންގާ ކޮމެޓީ އިންތިޚާބު ކުރުމާބެހޭގޮތުން އެކުލަވާލާފައިވާ ޤަވާއިދު "ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ހިންގާ ކޮމެޓީ އިންތިޚާބު ކުރުމާބެހޭ ޤަވާއިދު 2024" ވެސް އެސޯސިއޭޝަނުން ވަނީ އާންމުކޮށްފައެވެ.

އެ އެސޯސިއޭޝަނުން އިތުރަށް ބުނީ އިންތިޚާބީ ޖަލްސާ އޮންނާނެ ވަގުތާއި ތަން ފަހުގެ ތާރީޙެއްގައި އިޢުލާނު ކުރެވޭނެ ކަމަށެވެ.

މިކަމާއި ގުޅިގެން އިތުރު މައުލޫމާތު ބޭނުންވާނަމަ 7779140 ނަންބަރާއި ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް ވަނީ އެދިފައެވެ.