މާލެ މަގެއްގެ މަތީގައި ޕާކްކޮށްފައި ހުރި ފަސް ސައިކަލެއްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.

ރޯވެ އަނދާފައި ވަނީ ހެންވޭރު މެހެލި ގޯޅީގައި ހުރި ސައިކަލުތަކެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ޕާކުކޮށްފައި ހުރި ސައިކަލްތަކެއްގައި ރޯވި އަލިފާން ސިފައިންގެ މަސައްކަތުން ނިއްވާލާފައިވާ ކަަމަށެވެ.

މާލޭގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިގެން ހަރަކާތްތެރިވަނީ - ވަގުތު އިމޭޖްސް: އާދިން މޫސާ ލަތީފް

އެމްއެންޑީއެފް އިން ވިދާޅުވީ، މި ހާދިސާގެ ރިޕޯޓް ލިބުނީ މިރޭ 00:37 ހާއިރު ކަމަށެވެ. އަދި އެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން އެ ސަރަހަށްދަށް ގޮސް އަލިފާން ނިއްވުމުގައި ހަަރަކާތްތެރިވި ކަމަށް ވިދާޅުވެފައި ވެއެވެ.

އަދި އެމްއެންޑީއެފްގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ސައިކަލުތަކުގައި ރޯވެފައި ހުރި އަލިފާން ނިއްވާލެވުނީ މިރޭ 00:42 ހާއިރު ކަަމށްވެސް ވިދާޅުވެފައި ވެއެވެ.

މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

މާލޭގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިގެން ހަރަކާތްތެރިވަނީ - ވަގުތު އިމޭޖްސް: އާދިން މޫސާ ލަތީފް

މި ހާދިސާގައި ފަސް ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައެވެ.

އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފަރު

    މާޝާﷲ

    2
    1
  2. އަންބާރި

    ތިހިރީދެން ކަންތައް ފެށިފައޭ މިކަހަލަ ކުއްތައް ކުރާ މީހުންނައް އެކަށީގެންވާ އަދަބު ނުދެވޭ ކަމައްވަންޏާ މިބާވަތުގެ ކުއްތައް ކުރާކައް އެއްވެސް ޖެހިލުމެއް ނުވާނެ މިފަދަ ކުއްތައް ކުރާ މީހުންނައް ޓެރަރިޒަމްގެ ދައުވާކޮއް ބުރަ މަސަތްކަތާ އެކު ޖަލައް ލާންވީ

    14
    1