އަޟްހާ އީދުގައި އައްޑޫގައި ހިންގާ ހަރަކާތްތަކުގެ ތެރޭގައި އީދުގެ ހުރުމަތް ކެނޑޭ ފަދަ ހަރަކާތްތައް ރާވާ ހިންގާތީ އައްޑޫގެ ޖަމިއްޔާއަކުން އެކަން ކުއްވެރިކޮށްފިއެވެ.

ފޭދޫ މިޝްކާތު ފައުންޑޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ޢީދު ފަދަ ދީނީ ބޮޑު މުނާސަބަތެއްގައި އުފާ ފާޅުކުރުމަށް ރާވައި އިންތިޒާމު ކުރެވޭ ކަންތައްތައް އެއީ އިސްލާމީ ތަރަޙައިގެ ތެރޭގައި އިންތިޒާމު ކުރެވޭ ކަންތައްތަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި އެކަންކަން ވާން ޖެހޭނީ އިސްލާމްދީންގެ އުސޫލުތަކާއި، ދިވެހީންގެ އާންމު އިޖުތިމާއީ މިންގަނޑުތަކާއި އެއްގޮތައް ކުރިއަށް ގެންދާ ހަރަކާތް ތަކަކަށް ވެސް ވާން ޖެހޭނެ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

އެ ޖަމިއްޔާއިން ބުނީ ޢީދުގެ އުފާފާޅުކުރުން ގައުމީ ފެންވަރުގަ އާއި، ސިޓީ ފެންވަރުގަ އާއި، އަވަށު ފެންވަރުގައި ކުރިއަށް ގެންދިއުމަކީ އެކަމަށް ތަރުޙީބު ދެވޭ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ. ނަމަވެސް މިޔުޒިކް ޝޯ ބޭއްވުމަކީ ތާއީދުކުރާ ކަމެއް ނޫން ކަމަށް ވިދާޅުވެ އެކަން ވަނީ ކުށްވެރިކޮށްފައެވެ.

އެގޮތުން މިއުޒިކާއި ބޮޑުބެރު ޝޯތަކާއި ނެށުމާއ، ދެ ޖިންސު މަސްހުނިވެ ކުޅޭ ކުޅިވަރުތަކަކީ މުންކަރާތުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށާއި ވަކިން ޚާއްސަކޮށް ޢީދު ފަދަ މާތް ދުވަސްތަކެއްގައި އެފަދަ ކަންކަން އިންތިޒާމުކުރުމަކީ އޭގެ ނުބައިކަން ވަކިން ބޮޑުވާނެ ކަމެއް ވެސް ކަމަށް މިޝްކާތު ފައުންޑޭޝަނުން ބުނެއެވެ.

"ސަބަބަކީ މާތް ބަރަކާތްތެރި ދުވަސްތަކެއްގެ ޙުރުމަށް ކަނޑާލުމުގެ ފާފައަށް ވެސް އަރައިގަނެވީ. އަދި ދީނީ މުނާސަބަތެއްގައި އުފާ ފާޅުކުރުމުގައި ޝަރުޢީ އަސާސްތައް މުގުރާލުމަކީ ދީނަށް ފުރައްސާރަ ކުރުމުގެ ކަމަކަ ވުމުގެ ބިރު ވެސް އެބައޮތް." ބަޔާނުގައި ބުންޏެވެ.

އަޟްޙާ ޢީދަކީ އިސްލާމްކަމުގެ ފަސްވަނަ ރުކުނާއި ވިދިގެން އަންނަ އަޅުކަމުގެ މަތިވެރި މުނާސަބަތެއް ކަމަށާއި ޢީދާއި ޢީދުގެ ދުވަސްތަކަކީ ތަކްބީރުގެ ދުވަސްތަކެެއްކަން އަދި ޙުރުމަތްތެރިވެގެންވާ ދުވަސްތަކެެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. ބަޔާނުގައި ބުނާގޮތުން މިއީ ކެއިން ބުއިމާއި އުފާ ފާޅުކުރުމުގެ ދުވަސްތަކެކެވެ.

މިފަދަ ހަރަކާތްތަކާ ގުޅިގެން މިޝްކާތު ފައުންޑޭޝަމުން ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރުނު އުިރު، އީދު އައުމުގެ މާ ކުރިން ވެސް އައްޑޫގެ ބައެއް ޝެއިހުން ވަނީ އީދުގެ ހުރުމަތް ކެނޑޭ ގޮތަށް އެއްވެސް ހަރަކާތެއް ނުހިންގަން ގޮވާލައްވަފައި އެވެ. ސަރުކާރުން ވެސް މުޅި ރާއްޖެ އަށް އެކަމަށް އިލްތިމާސްކޮށް ދީނީ މިންގަނޑުތަކާއި ޚިލާފު ނުވާ ގޮތަށް އީދު ފާހަގަކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަބްދޫ

    2 ޖިންސް މަސްހުނިވެ ފިރިމީހާއަށް އަނބިމީހާ ނުފެނި އަނބިމީހާއަށް ފިރިމީހާ ނުފެނި ބައެއްދުވަހު 15 ގަޑި އިރެއް ވަގުތު ހިލޭ ފިރިހެނުންަޢި ހިލޭ އަންހެނުން އޮފީހުގަ މައްސުނި ވެގެން ތިބުން ރަނގަޅުތަ؟ މިޔުޒިކް ހަރާމްކަމަށް ބައެއް އިލްމުވެރިން ވިދާޅުވޭ އަނެއްބައި އިލްމުވެރިން އެކަންކުރުން މަނާކަމަކަށް ވިދާޅެއްނުވޭ .ސާފުބަހުން މިޔުޒިކް ހަރާމް އެބައޮތްބާ؟

    1
    1