ސްޓެލްކޯއިން ކުރަމުން އަންނަ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިއަދު ކުރިއަށް ގެންދާތީ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނީ މިއަދު ހެނދުނު 10 އަކުން މެންދުރު 12 އަށް އާ ދެމެދުގެ ވަގުތު ތަކުގައި ކަމަށެވެ.

އެގޮތުން މާލެ ސިޓީ، ހެންވޭރު، އަމީރު އަހުމަދު މަގާއި، ސީސަންމަގު އަދި ރޯޝަނީމަގު ހިމެނޭ ސަރަހައްދުން ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށް ވަނީ ބުނެފައެވެ.

ސްޓެލްކޯގެ މަސައްކަތް މާލޭގެ އެކި ސަރަހައްދުތަކުގައި ކުރަމުން އަންނައިރު، ބައެއް ފަހަރު އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑެއެވެ. އެހެން ނަމަވެސް މާ ގިނައިރުތަކެއް ނުވަނީސް ކަރަންޓް ފޯރުކޮށްދެއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ސްޓެލްކޯއިން މާފަށް އެދޭއިރު، އެފަދަ ކަމެއް ފެށުމުގެ ކުރިން އެކުފުންފުނިން އަބަދު ވެސް ރައްޔިތުންނަށް އެކަން އަންގައެވެ.