ދ. އަތޮޅު ވޮއްމުލި ރިސޯޓު ކައިރިން ރޭ ދެ ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ހަ ގަޑިއިރު ވަންދެން އޮބްސަރވޭޝަންގައި ބޭއްވުމަށް ޑޮކްޓަރުން ނިންމާފައިވާ ކަމަސް ފުލުހުން ވިދާޅުވެއްޖެއެވެ.

ވޮއްމުލި ރިސޯޓު ކައިރިން ކަނޑުމަތީގައި ހިނގި މި އެކްސިޑެންޓުގައި އަނިޔާވީ އަންހެނަކާއި ފިރިހެނަކަށެވެ.

އެ ދެ މީހުންނަށް ދ. އަތޮޅު ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން "ވަގުތު" އަށް ވިދާޅުވީ މި ދެ މީހުންނަށް ސީރިއަސް އަނިޔާ ލިބިފައިނުވާ ކަމަށެވެ.

ޝިފާން ވިދާޅުވީ ދެ މީހުންގެ ހާލުވެސް މިހާރު ރަނގަޅު ކަމަށާއި އެކަމަކު އެ ދެ މީހުން ހަ ގަޑި އިރު އޮބްސަރވޭޝަންގައި ބޭއްވުމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށެވެ.