މާލޭން ރޭގެ ވަގުތެއްގައި ހަރުފައެއް ފެނިއްޖެއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ، ހަރުފަ ފެނިފައިވަނީ މާލެ މާފަންނު، ސަހަރާ ކައިރީ ގޯޅީ ގަނޑެއްގެ ތެރެއިން ކަމަށެވެ.

އެކަމުގެ ރިޕޯޓް ލިބުމާއި އެކީ އެމްއެންޑީއެފްގެ އޮފިޝަލުން އެ ސަރަހައްދަށް ގޮސް ހަރުފަ އަތުލައިގެންފައިވާ ކަމަށެވެ. އަދި އެއާއި މެދު އަމަލު ކުރާ އުސޫލާ އެއްގޮތަށް އަމަލު ކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި މި ހަރުފަ ފެނިފައިވަނީ މާފަންނު ތިލާކޮޅު ގޯޅިންނެވެ. އަދި މި ހަރުފަ ފެނިފައިވަނީ އެ ގޯޅީގައި ހުންނަ ގެއެއްގައި ދިރިއުޅޭ ފަރާތަކަށެވެ.

މިއީ ކޮން ކަހަލަ ހަރުފައެއް ކަމަށް އެމްއެންޑިއެފުން ހާމައެއް ނުކުރެއެވެ. އަދި މިއީ ވިހަ ގަދަ އެއްޗެއް ނުވަތަ ނޫންކަންވެސް ހާމައެއް ނުކުރެއެވެ.

ސޯޝަލް މީޑީއާގައި އާންމުވެފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި މި ހަރުފައިގައި ގާތްގަނޑަކަށް ހަތަރު ވަރަކަށް ފޫޓު ހުންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖާދޫ

    ތީ ކޮންމެވެސް މީހަކު ގެންގުޅޭ ޕެޓަކަށްވާނީ

    16
  2. މުހައްމަދު

    ކޮން ގޯޅިއެއްތަ

  3. ހޫން

    ތީ ޕައިތަން އެއް. ވިހައެއް ނުވާނެ އެކަމަކު ނުރައްކާތެރި އެއްޗެއް.