އަޟްހާ އީދު ދުވަހާ ގުޅިގެން މާލެ ސަރަހައްދުގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާކުރި ގަޑީގައި ވެހިކަލް ދުއްވައިގެން 43 މީހަކަށް ފިޔަވަޅު އަޅައިފިއެވެ.

ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން "ވަގުތު" އަށް ވިދާޅުވީ އެއްގަމު ދަތުރުރުފަތުރުގެ ކަންތައްތައް ބަލަހައްޓާ މިނިސްޓްރީއިން އަންގާ ގޮތާއި ޙިލާފަށް އެއްގަމު އުޅަނދު ދުއްވުމުން ފިޔަވަޅު އަޅާފައިވަނީ މާލެއިން 3 މީހުންނަށް ކަމަށެވެ. އަދި ހުޅުމާލެ ފޭސް އެކަކުން 27 މީހުންނާއި ހުޅުމާލެ ފޭސް ދެއަކުން 13 މީހުންނަށް ކަމަށެވެ.

ޝިފާން ވިދާޅުވީ އެ 43 މީހުން ވެސް ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

އީދު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ހިމެނޭ އާންމު ހުރިހާ މަގުތަކުގައި ވެހިކަލް ދުއްވުން ވަނީ މަނާކޮށްފައެވެ.

ކޮންމެ އީދަކާ ދިމާކޮށް މާލެ ސިޓީ ކައުންސިލުން އަންނަނީ ހަވީރު ވަގުތުގައި ވެހިކަލް ދުއްވުން މަނާ ކުރަމުންނެވެ.

އީދު ދުވަހު ވެހިކަލް ދުއްވުން މަނާ ގަޑިތައް ކަނޑައަޅަނީ އާއިލާއާއެކު ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް އީދު އެންމެ ފުރިހަމަ ގޮތުގައި ފާހަގަކުރުމުގެ މަގު ފަހިކޮށްދިނުމަށްޓަކައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނާމިޒާ

    ތާކުންތާކު ޖެހޭކަމެެއްނޫން ތީކީ މަނާގަޑި ހަދައުގެން މީހުންނަށް މާ އުނދަގޫ. މިގަައުމުގައި ނޫނީ ކުރާކަމެއް ނޫން ތީކީ ހިނގާފަ އުޅެވެނީ ގޭކައިރި އެކަނި.

    5
    2
  2. ކަބުރުއަލީ

    އަސްތާ، ތީވާ ހާދަހާ ބޮޑު ކަމެކޭ، ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުވެ ނިމިއްޖެ، މި ދުވަހު މަގުމައްޗަށް އެގަޑީގަ ނިކުމެލަން އެންމެ ބޭނުންވާ ގިނަ ނުކުޅެދޭ ފަރާތްތަކަށް މިފަހަރު ބެޓެރީ ޓްރައިސަކަލް ވެސް މަނާކުރީ، އެހެންވެ ފުލުހުންނަށް އެހާބޮޑު 2 ގަޑިއިރުގެ މަސައްކަތެއް ކާމިޔަބުކުރެވުނީ، އެފަދަ ފަރާތްތަކަށް ވެސް އީދު ދުވަހުގެ އެއުފަލާ ހައްގު މިފަހަރު ނެތް، ވަރަށްދެރަވަރު ލަދުވެތި،

    2
    1
  3. ފިޔަވަޅުއެޅީ ވަކި ބަޔަކު ފާހަގަ ކޮށްފައި ބާ؟

    މިހެން ހިތަށް އެރީ، މަނާ ގަޑީގައި ސައިކަލު ތަކުގައި މާލޭގެ މަގުތަކުން ދުއްވާފައި ދިޔަ މީހުންގެ ޢަދަދު ސަތޭކައިން މަތިވާނެކަން ޔަޤީންވާތީ އެވެ. މަޖީދީމަގުން ވެސް އެތައް ބަޔަކު ދުއްވާފައި ދިޔައެވެ.

    3
    1
  4. އަހްމަދު

    ވެހިކަލަކީ ކޮބައިކަމެއް ނޭގުނު. އިއްޔެ ފަރީދީމަގު ކޮޓަސްފިހާރަ ކުރިމަތީ ދެފުލުހުން ތިބި 4ޖެހިއިރު. ސައިކަލްތަކާ ބައިސްކަލްތައް އެދެމީހުންކުރިމަތިން ހަމަ ދާދިކައިރިންވެސް ކެނޑިނޭޅި ދުއްވަމުންދިޔަ. ޕޮލިހުން އޭން މީހަކު ނުހުއްޓުވާ. 3މިނެޓަވަންދެން އަހަރެން އެމީހުންގެ އަމަލުތައް ބަލަންހުރިން. އަޅައެއްނުލާ.

  5. އަހައްމަދޫ

    ހައްހައް ތީނަމަކަށް ކުރިކަމެއްދޯ ފިޔަވަޅު އެޅީމޭ ބުނަން