ހުޅުމާލޭ ފިޔަވަތީގައި ކުޑަ ކުއްޖަކަށް އަނިޔާވެގެން ފަރުވާދޭން ފަށައިފިއެވެ.

މިކަމާއި ގުޅިގެން މައުލޫމާތު ސާފު ކުރުމަށް ޖެންޑަރ މިނިސްޓްރީއަށް ގުޅުމުން ހަމައެކަނި ވިދާޅުވީ، ހާދިސާއެއްގައި އަނިޔާވެ ކުޑަ އަންހެން ކުއްޖަކަށް ފަރުވާދެމުންދާ ކަމަށެވެ.

ނަމަވެސް މިހާދިސާއާއި ގުޅޭ އެއްވެސް މައުލޫމާތެއް އަދި ހާދިސާގައި އަނިޔާވި ކުއްޖާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ވެސް ހާމަ ކުރެވެން ނެތް ކަމަށް ވިދާޅުވިއެވެ.

މިހާދިސާގައި އަނިޔާވި ކުއްޖާއަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އެނގިފައިވާ ގޮތުން މި އަނިޔާވި ކުއްޖާގެ އަށް ވަނީ ތޫނު އެއްޗަކުން ވަރަށް ބޮޑަށް ޒަހަމްވެފައެވެ.

މިކަމާއި ގުޅިގެން ރަސްމީ އިދާރާއަކުން ވަކި އެއްވެސް އަދި ވިދާޅުވެއް ނުވެއެވެ.