ދުނިޔޭގައި ހިނގާ އެކި ކަހަލަ ކަންކަން ބަދަލުވަމުންދާ ގޮތުން ތިންވަނަ ބޮޑު ހަނގުރާމައެއްގެ ބިރު އެބަ އޮތް ކަމަށް ކުރީގެ ރައީސް، ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު އެފަދައިން ވިދާޅުވެފައިވަނީ "އެކްސް" ގައި ކުރި ޕޯސްޓެއްގައެވެ.

ސިޔާސީ މަސްރަހުން ވަގުތީ ގޮތުން ފެޔަށް ޖެހިވަޑައިގެން ހުންނެވި ނަޝީދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ބޮޑެތި ބާރުތަކުން އަންނަނީ އާންމުން އަސްކަރިއްޔާގައި ނުވަތަ ދިފާއީ ބާރުތަކުގައި މަސައްކަތްކުރަން މަޖުބޫރުކުރުވަމުން ކަމަށެވެ. އަދި، ގައުމުތަކުން ދިފާއީ ކަންކަމަށް ކުރާ ހޭދަ ވެސް ވަރަށް ބޮޑަށް އިތުރުވެފައިވާކަމާއި ގައުމުތަކުން އަންނަނީ ހަތިޔާރު ގިނަ ކުރުމުގައި ވެސް ވާދަ ކުރަމުން ކަމަށެވެ. އަދި އެކަން ކާމިޔާބު ވަނީ އެންމެ މަގުބޫލު މީހުންނަަށް ކަން ވެސް ފާހަގަ ކުރެއްވިއެވެ.

މި ޕޯސްޓުގައި ނަޝީދު ވަނީ ހިޖުރަ ކުރުމާއި ދެކޮޅުވުމާއި ނަސްލީ ތަފާތު ކުރުންތައް އިތުރުވަމުން އަންނަކަން ވެސް ފާހަގަ ކުރައްވާފައެވެ. މިކަންކަން މިހެން ހުރުމުން ވިސްނުމާއި އެކީ ކަން ކުރާނެ ވެރިއަކު ނާންނާނަމަ، މިސްރާބު ހުރީ ތިންވަނަ ބޮޑު ހަނގުރާމައަކަށް ކަމުގެ ބިރު އެބަ އޮތް ކަމަށް ނަޝީދު ވިދާޅުވިއެވެ.

މިހުރިހާ ކަމާއި އެކީ ވެސް ނަޝީދު ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ކަންބޮޑުވުން ވެސް ހިއްސާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ސަރަފަކައްދަ

    3 ވަނަ ބޮޑު ހަނގުރާމައިގެ ކޮލުމަތި މިހާރު މި ރާއްޖެއިން ފެނިއްޖެ!

    11
    1
  2. އަހުމަދު

    ދުނިޔެ އަބަދުވެސް ހަމަޔަކަށް އެޅިފަ އޮތީ ހައްގު ދީން މަތީ ތިބި މީހުން ނިކުމެ ޖިހާދު ކޮށްގެން ނަމަވެސް ކަންކަން ހަމައަށް އަޅުވައިގެން. އެކަން ވިޔަ ނުދޭން ނަޝީދުމެން ކަހަލަ ލާދީނީ މީހުން މުޅި ސިޔާސީ ހަޔާތް ދުއްވާލީ. ދުނިޔޭގެ މައްސަލަތައް ހައްލުވާނީ މުސްލިމުން ދީނުގެ ދިފާއުގަ ނިކުމެގެން

    21
    2
    • މޮޔަނިމޮސް

      ދީނުން ތިކަން ކުރަނީ ކިހިނެއްބާ

  3. ހުސެންފުތާ

    އެއްކަލަ ރޯނު އެދުރު އެއްޗެއް ބުނެފި

    17
    1
  4. Anonymous

    ކަލެޔެއް ކޯޗެއް އެގެނީ މާ އެގޭމީހެއް ކަމަށް ނޫޅޭ ތީ ސްމެއްގެ މީހެއް

    15
    1
  5. ޢަހުމަދު1

    ބައެއް ފަހަރު ދައްކާނެ ވާހަކައެއް ނެތީމަ ސަމާލުކަން ހޯދަން މިކަހަލަ ވާހަކަ ވެސް ދައްކާނެ.

    19
    1
  6. ކޮންސްޕިރަސީ ތިއޮރިސްޓް

    އިންޑީޑް ވަޓް ހީސެއިޑް އިޒް ދަ ބިޓާ ޓުރުތު.

    5
    5
  7. ފާޒް

    ބޮޑު ހަނގުރާމައިގަ ނަޝީދުވެސް ވާނެ ބައިވެރިވާން މިފަހަރު.

    12
    1
    • ކޮވެލި

      ނަޝީދަކީ ފޮނި އަނގަތަޅާފަ ފިލުމުގެ މާހިރެއް. މި ރާއްޖެ އަޑިއަށް ދާއިރު އެންމެ ފަހުން މިތަނުން ފައިބާނީ މަށޭ ބުނި ހަނދާން އަދިވެސް އެބަހުރި. މިހާރު ބޭފުޅާ އުޅެނީ އެފްރިކާ ކުދިންނާއެކު

  8. ޖުލައި

    ހަހަހަ. މީދެން ކާކުތަ... ކެކެކެކެ

    12
    3
  9. އަބްދޫ

    ތިޔައީ ފެންވަރެއް ހުރި މީހެއްނޫން ވާހަކަ ނުދައކާ އަމިއްލަ މަންފައަށް މަސައްކަތް ކުރާ ވަގެއް ތިޔައީ

    13
    2
  10. ހުސްބަސްތީ

    ނަސީދަކީ ރޯނުއެދުރެއް، ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެރިންނަށް ތިބީވެސް މިކަހަލަ ކޮހުން

    12
    1
  11. Anonymous

    ލާދީނީމީހާ ނުބުންޏަސް ތިކަން އެނގެއެވެ. ލާދީނީމީހާ ތިއުޅެނީ ތިހެން ކިޔައިގެން މިރާއްޖޭގައި ޔަހޫދީންނަށް ސަޕޯޓުކުރާ ވެރިކަމެއް އުފައްދަންކަން ވެސް އެނގެއެވެ. ޔަހޫދީން މިހާރުވެސް އެވަނީ ބަލިވެފައެވެ. 2027 ވަނަ އަހަރު ޔޫއެސްއޭއާއި ޗައިނާގެ ހަނގުރާމަ ފެށޭނެކަން ވެސް އެނގެއެވެ. ޔާﷲ، މި ލާދީނީމީހާގެ ކިބަިއން އަޅަމެންނާއި އަޅަމެންގެ ދަރިންނާއި އަޅަމެންގެ ދަރިންގެ ދަރިން ސަލާމަތްކުރައްވައިފާނދޭވެ.

    11
    3
    • ޢާހުމަދު

      ތިބާ ދީނީ ބާ

  12. ދޮންމަނިކު

    އެހެންދޯ

  13. ސަބް ޒީރޯ

    ކޮންމެވެސް މީހަކު ހެޔޮނުވާނެ މީނަ އަށް ސަމާލު ކަމެއް ދީބަލަ، ///،،،....

    10
    1
  14. ރަތްއިތުން

    މިމީހާ ކުރާ އެކްސް ތަށްވެސް ޖެހޭތަށް ނޫސްތަކުގަ ލިޔަން މިއީ ބޯހަމަ ޖެހޭ މީހެއްނޫން

    9
    1
  15. ޓިނު

    އަނެއްކާ ކޮސްގޮވަން ފެށީ.

    9
    1
  16. ފަސްރާއު

    މީނައައްހޭލެވުނީދޯ

    9
    1
  17. ޙެހެހ

    މީނަ މީ ކުޑަ ޤައުމެއް ފުނޑުއަރުވާފަ ، އުފަންވި ފަސްގަނޑުގެ ބައިތުލް މާލުން ގައިގަ މަސްޖަހާ ވަރުޖެހުނީމަ ރައްކާވެގެންދިޔަ މީހެއް ! މީނަ އާއި ދިމާލަށް ނުކިޔާނެ ވާހަކައެއް ނެތް

    9
    1
  18. ޢަނީ

    ނަޝީދުގެ މިހާރުގެ އަންބިމާހާއި ކުރީގެ އަންބިމީހާގެ ކުރިމަތިލުމެެއް އަންނަކަމުގެ އިޝާރާތެއް އެދިނީ

    13
    1
    • ހުސޭނުބޭ

      އެހެންވިއްޔާ ލައިލާ ގަދަވާނީ! ދަރިވެސް ހުންނާނީ މަންމަ ކޮޅަށް!

  19. މަހިބަދޫ މީހާ

    މީނައާ އެންނެ އެއްގޮޠް މީހަކު ދިވެހި ޠާރީހުންް ހޯދަންޏާ ފެންނާނީ 9 ވަނަ ހަސަން ރަސްގެފާނު

    .