އިސްލާމީ އަހުލާގާއި ސަގާފަތާ ތައާރުޟު ނުވާގޮތަށް އީދުގެ އުފާވެރިކަން ފާޅު ކުރުމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީދަކީ އިސްލާމީ އުންމަތަށް ﷲ ދަރުމަ ކުރައްވާފައިވާ ނިއުމަތެއް ކަމަށެވެ. އަދި އީދުގެ އުފާވެރިކަން ފާޅުކުރުން އޮންނަން ވާނީ ﷲ ރުހިވޮޑިގަންނަވާ އިމުގެ ތެރޭގައި ކަަމަށްވެސް ވިދާޅުވިއެވެ.

"އިސްލާމީ އަހުލާގާއި ސަގާފަތާ ތަޢާރުޟު ނުވާގޮތަށް އީދުގެ އުފާވެރިކަން ފާޅުކުރުމަށް ލޮބުވެތި އަހުންނާއި އުހުތުންނަށް އިލްތިމާސްކުރަން،". ވަޒީރުގެ ޕޯސްޓްގައި ވެއެވެ.

ރާއްޖޭގައި ކުލަގަދަކޮށް އަޟްހާ އީދުގެ ހަރަކާތްތައް ދަނީ ހިންގަމުންނެވެ. ބައެއް ރަށްތަކަށް ސަފާގީ އީދެއް އައިއިރު، ކުޅިވަރުގެ ހަރަކާތްތައް ވަރަށް ފޯރިގަދަކަންވެސް ފާހަަގަކޮށްލެވެއެެވެ.

މީގެ ކުރިން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވެސް ވަނީ އިސްލާމް ދީނާއި ދިވެހިންގެ އާއްމު އިޖްތިމާއީ މިންގަނޑުތަކާއި އެއްގޮތަށް އީދުގެ ކުޅިވަރުތައް ކުރިއަށް ގެންދަން އަންގާފައެވެ.

އެ ވުޒާރައިން ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށް ފޮނުވި ސާކިއުލާާއެއްގައި ބުނެފައި ވަނީ އީދުގެ ހުރިހާ ހަރަކާތްތައް އިސްލާމް ދީނާއި ހިލާފު ނުވާނެހެން ހިންގުމަށް އެދޭ ކަަމަށެވެ. އަދި އީދުގެ ހަރަކާތްތައް ރާވާ ހިންގުމުގައި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް ރިއާޔަތް ކުރުމަށްވެސް އަންގާފައި ވެއެވެ.

މީގެ އިތުރުން ޖިންސީ ގުނަވަނެއް ނުވަތަ ޖިންސީ ހަރަކާތެއް ސިފަކޮށްދޭ މަންޒަރު ނުވަތަ ލިޔުން އެކުލެވޭ އެއްވެސް އެއްޗެއް ބޭނުން ނުކުރުމަށް އަންގާފައިވާއިރު، އިސްލާމް ދީން ފިޔަވާ އެހެން ދީންތައް ރަމަޒުކޮށްދޭ ތަކެތި ނުގެންގުޅުމާއި، އެފަަދަ ކަންކަަމަށް މަގުފަހިނުވާނެހެން އީދުގެ ހަރަކާތްތައް ހިންގުމަށް އަންގާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލީ

    މިހާރު ސަހީމުމެންގެހުރިފެންވަރު ރައްޔިތުއްނައްއެގިއްޖެ މިހާރުސަހީމުބުނާގޮތަކައް އަމަލުނުކުރޭ ސަހީމުބެލުމުގެދަށުގާވާ މުއައްޒަފުންވެސް ގުނޫތުކިޔަނީވެސް ކިޔާނިސްކިތެއްގައި ކުޔާނެގޮތަކއް. މިއަދި ދީނީކަންތައްތައް.

  2. ޙިރި

    ރޭގަ އޮތް ޝޯ އިންތިޒާމު ކުރީ ކޮންބައެއްތޯ؟

  3. ހުސްވައު34

    އެބަސް ގަބޫލުކޮށްގެންތާ މަސްހުނި ގަންޑެންހެން ނަށާނަގަނީ!