ފެންބޮޑުވުން ހައްްލު ކުރުމަށް މާލޭގެ އިއްޒުދީން މަގުގެ ބައެއް މަރާމާތު ކުރަން ފަށައިފިއެވެ.

ވާރޭ ވެހުމާއެކު މާލޭގައި ވަރަށް ބޮޑަށް ފެންބޮޑުވާ މައްސަލައަކީ ހައްލު ނުވެ އޮތް ބޮޑު މައްސަލައެކެވެ. އެ މައްސަލަ ހައްލު ކުރަން ކޮންމެ ސަރުކާރެއްގައިވެސް މަސައްކަތްތަކެއް ކުރެއެވެ.

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޒުއްދީންމަގު (ފަލާހު ޕްރީ ސްކޫލް) ކުރިމަތީ މަގު މަރާމާތު ކުރުމަށް ރޫޅަލަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ މި މަގަކީ ފެންހިދުން ލަސް މަގެއް ކަމަށެވެ.

"ހަދާ ނިމުމުން މިކަމަށް ހައްލެއް ލިބި ހިނގާ މީހުންނަށާއި ސްކޫލް ކުދިންނަށް ވަމުންދާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ،". އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ފެންހެދޭ މަގުތައް ރަނގަޅު ކުރަން ކުރިއަށް އޮތް ދުވަސްތަކު ކުރިޔަށްދާނެ ކަަމަށެވެ.

މާލެ ފެންބޮޑުވުމުގެ މައްސަލަ ހައްލު ކުރުމަށް މި ސަރުކާރުންވެސް ދަނީ މަސައްްކަތް ކުރަމުންނެވެ. އެގޮތުން މިހާރު ކުރިއަށް ގެންދާ މަޝްރޫއުގެ 90 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ދިފާއީ ވުޒާރާއިން ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.

މި މަޝްރޫއަކީ މާލޭގެ މަގުތަކުގައި ފެންބޮޑުވެ ރައްޔިތުންނަށް ދިމާވާ ތަކުލީފުތައް ކުޑަކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް، އެ ވުޒާރާ އާއި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ އަދި އާރްޑީސީއިން ކުރިއަށް ގެންދާ މަސައްކަތެކެވެ.

މިއީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން ފެންބޮޑުވާ މައްސަލައަށް ވަގުތީ ހައްލެއް ހޯދައިދިނުމަށް ފެށި މަޝްރޫއެއް ކަމަށް ސަރުކާރުން މައުލޫމާތު ދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަނާ

    ހެޔޮނުވާނެ މުރަނގަމަގު ރަނގަޅު ކޮއްލަދީބަލަ. ކިރިޔާ ވާރޭވެހިލާއިރަށް އޮންނަނީ ފެންގަނޑު ބޮޑުވެފަ