ކ. ތިލަފުށީގައި ހުރި "ރާއްޖެ ލޮޖިސްޓިކްސް" ގުދަނުގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މި ހާދިސާގެ ރިޕޯޓް މިއަދު 14:35 ހާއިރު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ތިލަފުށި ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން އެ ސަރަހަށްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

މިގޮތުން، ގުދަނުގައި ރޯވި އަލިފާން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ނިއްވާލެވުނީ މިއަދު 15:35 ހާއިރު ކަމަށްވެސް ވިދާޅުވިއެވެ.

މި ހާދިސާގައި ގުދަނުގައި ހުރި ހާޑްވެއަރ ސާމާނު ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައެވެ.

ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު