ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިން ރަށްރަށުގައި މަސައްކަތްކުރާނަމަ އިތުރު ޕާމިޓެއް ހޯދަން ޖެހޭ ގޮތް ހަދާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފުލުންނާއި އިމިގްރޭޝަނާއި ގުޅިގެން އެ ވުޒާރާއިން "އޮޕަރޭޝަން ކުރަނގި" ގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއްވެސް ދަނީ ކުރިއަށް ގެންދަމުންނެވެ.

ފުރަތަމަ މި މަސައްކަތް ފެށީ ކ. ހިންމަފުށީގައެވެ. އެރަށުގައި މެއި 19އާ ހަމައަށް 705 ބިދޭސީންގެ މައުލޫމާތު ނަގާފައިވާއިރު، މާފުށީގައި ފެށި އޮޕަރޭޝަންގައި 15 ވަނަ ދުވަހުގެ ނިޔަލަށް އެ އޮޕަރޭޝަންގައި 805 ބިދޭސީއެއްގެ މައުލޫމާތު ނަގާފައިވާ ކަމަަށް ވަނީ ހާމަކޮށްފައެވެ.

ދައުލަތުގެ މީޑިޔާ "ޕީއެސްއެމް"އަށް ދެއްވި އިންޓަވިއުއެއްގައި އިހުސާން ވިދާޅުވީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިން ބަލަހައްޓަން ޖެހޭ ކަމަށް ކައުންސިލްތަކުގެ ދަފްތަރުގައިވެސް އޮތް ނަމަވެސް އެ ރަށްރަށަށް ދާ ބިދެސީން ފާހަގަކުރެވޭނެ އެއްވެސް ނިޒާމެއް ނެތް ކަމަށެވެ. އެހެންކަމުން ފޮޓޯ ފެނުމުން ބިދޭސީންގެ އައިޑެންފިކޭޝަން ބަލާލެވޭނެ ނިޒާމެއް ޤާއިމު ކުރުމުގެ މަސައްކަތް ވަރަށް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިބަލަނީ އެމީހުންގެ 100 ޕަސެންޓު ބައޯމެޓްރިކް އައިޑެންޓިފިކޭޝަނެއް ލިބުނީމާ، އެ ޑޭޓާ ސިސްޓަމަށް ކައުންސިލަށް އެކްސެސް ދެނީ،". އިހުސާން ވިދާޅުވިއެވެ.

ހަމައެއާއެކު ބިދޭސީންގެ ދަފްތަރު ބެލެހެއްޓުމަށް ކައުންސިލްތަކަށް އެހީތެރިވުމުގެ ގޮތުން ރަށްރަށުގައި މަސައްކަތްކުރާ ބިދޭސީން އެރަށަކުން އިތުރު ޕާމިޓެއް ނަގަން ޖެހޭގޮތް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް އިހުސާން ވިދާޅުވިއެވެ.

"މީގެއިތުރަށް އަޅުގަނޑުމެން މެންޑޭޓް އެބަކުރަން ރާއްޖޭގައި މަސައްކަތްކުރަން ވޯކް ޕާމިޓެއް ދިނަކަސް އޭގެ އިތުރު ޕާމިޓެއް އެރަށަކުން އިޝޫކުރަން ޖެހޭނެ އެ ރަށެއްގައި މަސައްކަތް ކުރުމަށްޓަކައި. އެެއިރުރުން ދަފްތަރު ބެލެހެއްޓޭނީ." އިހުސާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޒާ

    އިހްސާން އުޅެނީ އާ ކުކުޅަކަށް ގާބިހެއް އެޅިގެން އުޅޭހެން މިނިސްޓަރުކަން ލިބުނީމާ ކުރާނެ ނުކުރާނެއެއް ނޭނގިގެން. ބަލަ ތިބުނާ ފާސް ހޯދާނީ ކާކު؟ މިއުޅެނީ ރާއްޖެ އައިގޮތަށް އެއްވެސް ވިޒާއެއް ހުއްދައެއްް، ފާހެއް ނެތި. މީހާޔަށް ނޭނގޭ އެމީހަކީ ކާކުކަންވެސް. އަތުގައިނެތް އެއްވެސް ލިޔެކިޔުމެއް، ޕާސްޕޯޓެއް. އެކަމަކު އެންމެންތިބީ ވަޒީފާގަ. ތިޔަ އުއްސާ ކުރަނގި އޮޕަރޭޝަންގެވެސް އެއްވެސް ހަރުދަނާކަމެއްްނެތް. މިހާތަނަށް ތިޔަ އޮޕަރޭޝަން ހިންގި 2 ރަށުގާ ތިކަން ކުރިގޮތާ ލިބުނު ނަތީޖާއާއި އެއްކުރި ހިސާބު އެއީ ރޯ ބުހުތާން. މިވަރުން ފުދޭނެކަމަށް ހީކުރަން.

    4
    2
    • ސަފީރު

      މީ ވަރަށް މުހިންމު ނިންމުމެއް، ބިދޭސީން ކުރާ ކުއްތަކާއި، އެމީހުން ކުށެއްކޮށްފިނަމަ ތަހުގީގަށް ވަރަށް ފަސޭހަވެގެން ދާނެކަމެއް.

  2. ...

    ހޯދަން ބޭނުންވީމަ ބިމުގެ އަޑީގަ ވަޅުލާފަ ހުންނަ ޑްރަގް ފެންނަ ބަޔަކު، ބޮޑެތި ސިންގާ އިންސާނުން ނުފެންނަ ކަމަށް ބުނީމަ ދެރަވަރު ދޯ...
    މައްސަލަ ހައްލު ކުރަން ބޭނުންވީމަ ތިއީ ވަރަށް ފަސޭހަ ކުޑަ ހަރަަދަކުންވެސް ހައްލު ކުރެވެން އޮތް މައްސަލަ އެއް...
    ރައްޔިތުންގެ ކަންބޮޑުވުންތައް ބޭނުން ކޮށްގެން ރައްޔިތުން ފެލުމާއި ހައްލު ކުރުމުގެ ނަމުގައި ހީލަތުން ނާޖާއިޒް ފައިދާ ތައް ހޯދަމުން ދާ ކަމުގެ އެންމެ އަލިގަދަ ހެއްކަކީ މައްސަލަތައް ހައްލުނުވެ ދުވަހެއް ދުވަހަކަށް ފުޅާވެ ބޮޑުވަމުން ދިއުން...
    ގޮތް ނޭނގޭ ބާރަކާއި ނުފޫޒެއް ކޮންމެ މައްސަލައެއްގެ ތެރެއިން އެބަ ފެނޭ...ހައްލު ކުރަން ތިބޭ މީހުން މި ބުނާ ބާރާ ރައްޔިތުންނާ ދެމެދު ފާޑަކަށް ފިތިފަ ތިބެ ކޮންމެވެސް ކަމެއް ކުރި ކަމަށް ދެއްކުމަށް ކޮށްލާ މިކަހަލަ ކަންކަމުން އިތުރަށް މައްސަލަ ގޯސްވެ އިތުރު މައްސަލަތައް އުފަންވެ ރައްޔިތުންނަށް މާލީ ގޮތުންނާއި އިޖްތިމާއީ ގޮތުން ދަތިތައް އިހުނަށްވުރެ އިތުރުވެގެންދާކަން ތާރީހުން ވަރަށް ސާފުކޮށް ބުނެދޭ...

  3. ޢަހްމަދު

    މައުލޫމަތު ނަގަން ތިޔަ ފެއްޓެވި ގޮތަކީ ތިފަދަ ދަފްތަރެއް ގެ ބޭނުން ހިފޭނެ ގޮތެއް ނޫން. ޢެއްރަށެއްގެ ލިސްޓް ނަގަން ފަށާއިރަށް، ނުގަވާއިދުން އުޅޭމީހާ ދާނީ އަނެއް ރަށަކަށް، ބޯހިމަނާއިރު އެެއްފަހަރާ ހުރިހާ ރަށެއްގައި ފަށަނީ ކަމެއްވެގެން

  4. ޢަޙްމަދު

    ލައިސެންސް ނެއްމީހަކު ލައްވާ މަސައްކަތް ކުރުވާ މީހާ ޒިންމާ ކުރުވޭނެ މެކޭނިޒަމެއް ޤާއިމުކުރުމުގެ ހިތްވަރެއް ނެތްނަމަ ތިޔައީ ފޫނެތް ފައަށް ފެންފުރުން ކަހަލަ ކަމެެއް

  5. ޙަސަނު

    ތިއުޅެނީ ދަފްތަރެއް ނުބެލެހެއްޓިގެނެއްނޫން ރާއްޖެ ތެރެއޭ ތިކިޔާރައްތައް އިނދަޖައްސާލާ ނިކަމެތި ކޮއްލަން ތިއުޅެނީ ދެނެއްބޭރު މީހަކުނުދާނެ ތިބުނާ ރާއްޖެތެރެއަކައް މަސައްކައް ކުރާކައް ނިމުނީ

    1
    2
  6. އަހްމަދު މުހައްމަދު

    މީގަ ކަމެއް އިސްލާހް ކުރުމަށް އުޅޭ ކަމަކަށް ނުބެލެވޭ. އޭގެ ބަދަލުގަ ރާއްޖެތެރޭ މީހުން އަޅިވެތި ކުރުމުގެ ވިސްނުމެއްހެން ހީވަނީ. އެހެން ނޫނީ ދެން މިއިން ވާނެ ކަމެއް ނެތް.

  7. ބަރުގޮނު

    މިހާރުވެސް ޤާނޫނުތަކާ ޤަވާޢިދުތައް ތަންފީޒު ނުކުރެވޭ ބަޔަކަށް އަދި އިތުއެއްޗެއް ހަދައިގެން ކިހާވަރެެއް ވާނެބާ... ރަށްރަށަށް ވަދެނުކުންނަން ހުންނަނީ އެންމެ ދޮރެއްނޫން. ގޮސްއައިސްވުން އިންތިއާއަށް އޮންނާނެ.

  8. މާމީ

    މިރާއްޖެ އަކީ ދުނިޔޭގަ އޮތް ވިސާނެތި އެއްވެސް ލިޔެކިއުމެއް ނެތި އުޅެވޭނެ ގައުމު މިރާއްޖޭގެ ކަމާ ގުޅުން ހުރި ހިުރިހާ ތަނެއްގަ ތިބީ ހުސް ކަރަޕުޝަން ހިންގާމީހުން..

  9. Anonymous

    މާލޭގައިވެސް ހުރިހާ ރަށެއްގައިވެސް އޮންނަންޖެހޭނެ. އޭރުން ޤަވާޢިދާ ޚިލާފަށްއުޅޭ މީހުންނަށް ފިޔަވަޅު އެޅޭނީ. ކައުންސިލްތަކަށް އިތުރު އާމްދަނީ ލިބޭނެ.