ޑްރަގް ފޮރުވާފައި ހުރި ފޮށިގަނޑާ ހަވާލުވާން ދިޔަ ކަމަށް ބުނާ މީހަކު ހައްޔަރުކޮށްގެން ކޯޓަށް ގެންދިޔުމުން، އެއީ ފުލުހުން އޭނާއާ ގަދަކަމުން ހަވާލު ކުރަން އުޅުނު ފޮށިގަނޑެއް ކަމަށް އެ މީހާ ކްރިމިނަލް ކޯޓުގައި ބުނެފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މ. ވެސްޓްވިއު، މުހައްމަދު އަމާން އަހުމަދު 23އ، އެވެ. ކްރިމިނަލް ކޯޓުން ވަނީ އަމާންގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށްފައެވެ.

އޭނާގެ ބަންދު އަމުރުގައިވާގޮތުން އޭނާ ހައްޔަރުކޮށްފައިވަނީ، މަސްތުވާތަކެތި ހުރި ފޮށިގަނޑާއި ހަވާލުވުމަށް ތައްޔާރުވަމުންދަނިކޮށް ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެއެވެ. އެގޮތުން އެ ސަރަހައްދުގައި ތިބީ ފުލުހުންކަން އަމާނަށް އެނގުމުން ފިލަން މަސައްކަތްކުރުމަށް ދުއްވައިގަނެފައިވާ ކަމަށް ވެސް ފުލުހުން ވަނީ ކޯޓުގައި ބުނެފައެވެ.

އެހެން ނަމަވެސް ކޯޓުގައި އަމާން ބުނެފައިވަނީ އެއީ ފުލުހުން ގަދަކަމުން އޭނާއާ ހަވާލުކުރަން އުޅުނު ފޮށިގަނޑެއް ކަމަށެވެ. އެކަމަކު ފުލުހުން ވަނީ އެއީ ސައްހަ ވާހަކައެއް ނޫން ކަމަށް ބުނެ އޭނާގެ ތުހުމަތު ދޮގުކޮށްފައެވެ.

ކޯޓުން ވަނީ އަމާން ކަސްޓޯޑިއަލް ޖަލެއްގައި ބަންދު ކުރުމަށް އިތުރު 15 ދުވަހުގެ މުއްދަތެއް ފުލުހުންނަށް ދީފައެވެ. ބަންދު އަމުރުގައިވާ ގޮތުން އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ވަރަށް ހެކި ހުށަހަޅާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޖަމަލުހުކުމް

    އެހެން ދޯ ވާނީ. އެހެން ބުނެގެން ސަލާމަތްވާކަން އެންމެންނަށް އެނގެންޏާ.

  2. ފުއްބިޔާގެ އައްލާ

    އަސްލު ވާގޮތަކީ އޮޑިދޯނި ދުއްވާމީހާ ފަރައް އެރީމާ ބުނާނެ ކޮންޓްރޯލު ދިޔައީއޭ، މަސްތުވާ މީހާ ބުނާނެ ޑޮކް ދިން ބާރުގަދަ ބޭހެއް ކައިގެން ހުރިއްޔޭ ސޯ ތިޔާ އާކަމެއް ނޫން ބަސްޓްވީމަ ފުލުހުން ބޮލައް ކަނޑާލާފަ 3މަސް ހިފަހައްޓާލީމަ ސަލާމައް ވާނެ ކަން މިހާރު ހުރިހާ ތިޔާ ކަން ކުރާ މީހުން ދަނޭ. މީ ނޫންތޯ ވާގޮތަކީ؟؟؟

  3. Anonymous

    ފުލުހުން އަތުގައި ހުންނަށް ގުރަގުތައް މީހުންގެ ބޮލުގައި އެޅުވުމަކީ އެމީހުން އާއްމުކޮށް ކުރާކަމެއް

    1
    3
  4. ކުޑޭ

    ތިޔަސޮރު ވެއްދި ދޮރުން ނެއްލީމަ އަނެއްދުވަހުވެސް ކަލޭމެންނަށް އޭނަފެންނާނީ ޑުރަގާއިއެކު ބޭކާރު ކަމެއް ތިޔާކުރަނީ ކީއްކުރަންތޯ............ ހަށްޔަރު ނުކުރެވެނެކަން އެމީހުންނަށްވެސް އެނގޭ.

  5. ޙަސަނު

    ފުލުހުން އަތުގަހުންނަ ޑުރަގުއެހެން މީހުންބޮލުގަ އަޅުވައޭކިޔާ ކޮމެންޓްކުރި މީހާއެއީސީދާ ޑްރަގްގެ މީހެއްއޭނާ މިހާރުން މިހާރައް ހައްޔަރު ކުރޭ