ޖިންނި ޝައިތާނުންގެ ސިފަ ޖައްސައިގެން ތިބެ މާތްވެގެންވާ އިސްލާމީ އީދު ފާހަގަކުރުން ޝަރުއީ ގޮތުން ހުއްދަ ނުވާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އިސްލާމީ އަހުލާގާއި ސަގާފަތާ ތައާރުޒް ނުވާ ގޮތަށް އީދުގެ އުފާވެރިކަން ފާޅު ކުރުމަށް ޝަހީމް މީގެކުރިން ވެސް ގޮވާލެއްވިއެވެ.

ޝަހީމް ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްލާމް ދީނަކީ މާތް ﷲ ދިވެހިންނަށް ދަރުމަ ކުރެއްވި އެންމެ މަތިވެރި ނިއުމަތް ކަމަށާއި އިސްލާމީ ހިދާޔަތުގެ މަގަށް ރާއްޖެ ބަދަލުވި ދުވަހުން ފެށިގެން މި ރާއްޖޭގެ ސަގާފަތަކީ އިސްލާމީ ސަގާފަތް ކަމަށެވެ.

ށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. -ވަގުތު އިމޭޖްސް: އާދިން މޫސާ ލަތީފް

އެކަމަކު، ސަގާފަތުގެ ނަމުގައި ހުރާފީ ކަންކަން ދިރުވުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ޝަހީމް ވިދާޅުވިއެވެ.

"އެފަދަ އެއްވެސް ކަމަކަށް ވާގިވެރިވެގެން ނުވާނެ. ޖިންނި ޝައިތާނުންގެ ސިފަ ޖައްސައިގެން ތިބެ މާތްވެގެންވާ އިސްލާމީ އީދު ފާހަގަކުރުން ޝަރުއީ ގޮތުން ހުއްދައެއް ނުވާނެ. އިސްލާމީ އީދުތައް ފާހަގަކުރަންވާނީ އިސްލާމީ ސަގާފަތާ އެއްގޮތަށް،" ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވި ގޮތުގައި ދިވެހިންގެ ސަގާފަތެއް ކަމުގައި ބެލެވޭނީ އިސްލާމީ އުސޫލުތަކާ އެއްގޮތް ކަންކަމެވެ. އެ ނޫން ކަންކަމަކީ ހުރާފީ ބާތިލް ކަންކަން ކަމުގައި ޝަހީމް ވިދާޅުވިއެވެ.

"ކުޅިވަރުކުޅުމާއި އުފާ ފާޅުކުރުމަކީ އީދުގައި އޮންނަން ޖެހޭނެ ކަމެއް. މިކަންކަން އޮންނަންވާނީ އިސްލާމީ ހިދާޔަތުގެ ތެރޭގައި. އިސްލާމީ ހިދާޔަތުގެ ތެރޭގައި ދެމި ތިބުމަށް ހެޔޮ ދުއާކޮށް އެކަމުގައި ސާބިތުވާންޖެހޭނެ." މިވަގުތު ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާގައި ހުންނެވި ޝަހީމް ވިދާޅުވިއެވެ.

އިސްލާމީ އުސޫލު ހިފަހައްޓައި ފުރެއްދެ ސަގާފަތްތަކާ ދުރުވާން ޖެހޭ: ރައީސް

އީދު ފާހަގަކުރުމުގައި އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފެހެއްޓުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އެދިވަޑައިގެންފައެވެ. އަދި އިސްލާމީ އަހުލާގާއި ދިވެހިންގެ ރީތި އާދަކާދަތަކާ ބީރައްޓެހި، 'ފުރެއްދެ' ސަގާފަތްތައް އީދުގެ އުފަލުގެ ތެރެއަށް މަސްހުނި ނުކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

އީދު ފާހަގަކުރަން ތައްޔާރު ވެފައި ވަނިކޮށް، ލޯކަލް ގަވަމެންޓް މިނިސްޓްރީން ވަނީ އިސްލާމީ އިމުގެ ތެރޭގައި ހަރަކާތްތައް ބާއްވަން އެދި ލޯކަލް ކައުންސިލްތަކަށް އަމާޒުކޮށް ސާކިއުލާއެއް ވެސް ނެރެފައެވެ. އިސްލާމްދީނުގެ އަސާސްތަކާ ހިލާފު ނުވާ ގޮތަށް އީދު ފާހަގަ ކުރަން ދީނީ އިލްމުވެރިން ވެސް ވަނީ ގޮވާލައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

37 ކޮމެންޓް

  1. އަހުމަދު

    މިދެން ކިހާ ބޮޑުވެއްޖެ ކަމެއް؟ މީހަކު އަތިރިއަށް ދިޔައަސް އެ ދިޔަ ގޮތަށް ފާޑު ކިޔަނީ.

    17
    63
    • ފިރިހެނާ

      މީހުން އަތިރިޔާށްދާނެ ގޮތުގެ އަދަބުތައް ވެސް ނަބިއްޔާ ޞައްލައް ﷲ ޢަލައިހި ވަސައްލަމަ ވަނީ ދަސްކޮށްދެއްވާފަ. އިސްލާމްދީނުގައި އެއްވެސް ކަމެއްނެތް ބަޔާންނުކުރައްވާ.

      14
      2
    • އަހުމަދު

      މުސްލިމުން އުޅެންޖެހޭނީ ދީނުގައި އޮންނަގޮތައް!

      11
      2
  2. އަހުމަދު

    ހިތާމަހުރިކަމަކީ މިރާއްޖޭގައި އިބިލީސް އެންމެގަދައަށް ޢީދުގެއުފާ ހާސިލްކުރަނީ!

    40
    3
  3. ބަބުރުޗީ

    ޖިންނި ޝައިތާނުންގެ ސިފަ ތިޔަ ޝައިޚަށް އެނގޭތޯ ކަލޭ ދެކުނިންތޯ ކޯއްޗަކަށް ބަރޯސާވެގެންތޯ މި ސިފަތައް އެ ސިފަކަމަށް ތިޔަ ނިންމީ އަސްލެއް ނެތް ވާހަކަ އަކީ ހޮޅިވާހަކަ

    24
    38
    • ފެންސިރު

      ސޭހުއާއި ކޮއްލަން އޮތް ސުވާލަކީ ޖިންނިން ތެރޭގައި މުސްލިމް ޖިންނިން ތިބޭއިރު، ސޭހައް ޖިންނި ސައިތޯނުން ތިބޭ ސިފަ އެގޭއިރު، ދިވެހި އީދު ފާހަގަކުރަން މި ޖައްސަނީ މުޅިންވެސް ކާފަރު ޖިންނި ސިފަތޯއޭ. ޢެހެން ކަމަށްވާނަމަ މުސްލިމް ސޭހު ޖިންނި ސިފަތަށް ބުނެދޭން ވީ ނޫންތޯއެވެ.

      1
      4
  4. އަލީ

    ކޮބާސަހީމު ކެތެއްނުކުރެވުނުދޯ؟ ހުސްއެކަނި މިއަހަރުގެ ކަމެއްނޫން ކޮބާއެހެންއަހަރުތަކުގައި ސަހީމުހުއްދައީތަ. މިކޮމެންޓުނޭނގެޖަހާނެކަމެއް ނަމަވެސްހަގީގަތްލިޔެލީ.

    14
    8
  5. ޟވހދ

    އެހެންތޯ؟ މެމްބަރު ސުޖާޢު ހިލޭ އަންހެނުންނާ އެކު ނެށުން ހުއްދަތަ؟ ވަކި ބަޔަކު ކުރިނަމަ އެއީ ލާދީނީ!!

    35
    3
  6. Anonymous

    އަދި އަންހެނުން ފިރިހެނުންގެ ތެރެއަށް ނުކުމެ ޒީނަތްތެރިވެގެން ތިމާގެ ވަނާތައް ފާޅުކޮށް ބަނޑިބަނޑި ލައްވައި ނެށުމަކީވެސް ހުއްދަ ކަމެއް ނޫން. އެއީ ބޮޑުވެގެންވާ މުންކަރާތެއް. އަދި ހަރާމްކަމެއް. މިއީ ކީރިތި ޤުރުއާނުގެ ނައްސުތަކާއި ރަސޫލުﷲޞައްލަﷲ ޢަލައިހި ވަސައްލަމްގެ ބަސްފުޅުތަކުން ސަރީޙަކޮށް ސާބިތުވާ ކަމެއް.
    ދަނޑިގަނޑުގެ އެއްކޮޅަށް ޚަބަރު ލިޔުނަސް ކަމަކު ނުދާނެ. ކުރީ ޚަބަރުގައި ކަމަނާ ލިޔުއްވާފައި އެ އޮތީ ވެސް ފާހިޝްކަންތަކާއި މުންކަރާތްތަކަށް ހިތްވަރުދޭ މޭރުމުން. އެކަން އިސްލާހުކޮށްލައްވާ.

    • ހް

      މުންކަރާތޭ ކިޔައިގެން މާ ދީންވެރިވެގެން ރާއްޖޭގެ އެތައް ޒަމާނެއްވީ ސަގާފަތްތައް ތި ދަނީ އުވާލަމުން. އަހަރެެމެންނަކީ އަރަބިންހެން މޫނު ބުރުގާ އަޅައިގެން އަންހެނުން ގެއިން ބޭރަށް ދެވުނަ ނުދީ އުޅެންޖެހޭ ބައެއް ނޫން.

  7. Anonymous

    އެހާ ދެފުތް ދެގޮތް މުނާފިޤު ޚަބަރުތައް ނުލިއުމަށް ދަންނަވަން. ތިޔައީވެސް ޙައްޤު ތެދެއް.
    އެކަމަކު ކުރީ ޚަބަރުގައި ކަމަނާ ލިޔެފައި އެ އޮތީ އަންހެނުން ހިލޭ ފިރިހެނުންގެ ކުރިމައްޗަށް އަރައި ނެށުމުގެ މޮޅުކަމާއި ފަޚުރުވެރިކަމުގެ ވާހަކަ. އެއީ ބޮޑުވެގެންވާ ޙަރާމްކަމެއް. ނޫސްތަކަށް ލިޔާ ބޭފުޅުން މިހާ ފާޅުކަން ބޮޑު ގޮތެއްގައި ދެފުށް ދެގޮތް ވުމީ ވަރަށް ހިތާމަހުރި ކަމެއް.

  8. 0000

    މައިނޭވާއެއްލާފައި ދެފަރާތް ބަލާލާފައި ފަހަތް ބަލާލާފައި ކުރިމަތި ބަލާލިއިރު މިފެންނަނީ.........!!!!!!!

    8
    1
  9. 0000

    ފޭސްބުކް ޕޯސްޓްތަކާއި ޓިކްޓޮކްތަކާއި އާއި ޓްވިޓަރތަކުގަައި ހިތުހުރިއެއްޗެއް ލިޔެ ނެގުމަކީ އިސްލާމީ ޝަޤާފަތްތައް؟ އުފާކުރުމާ، މަޖާކުރުމާ، އެކިއެކި ހެދުން އަޅައިގެން މީގެ ތެރޭގައި ބޮޑުގޮހޮޑާއާއި އަލަނާސިދިޔޯ އާއި ރަންނަމާރި އާއި ކްލައިނުންނާއި ރޯބޯ މޭން ގެ ހެދުން އަޅައިގެން އުޅުން މަނާ ކުރަން މީނަ ފޫގަޅާފައި މިހިރީ ކޮންސަބަބަކާ ހުރެބައި؟؟؟ ދުނިޔޭގެ ކަންކަން އަބަދު އެއް ގޮތަކަށް ނޯންނާނެ. ޝަގާފަތްތައް ދިރި މަރުވެ ނެތި ގޮސް އައު ޝަގާފަތްތައް އުފެދި ފުޅާވެ ހިމަވެ ނިމިދާނެ އެއީ ދުނިޔޭގެ އުސޫލު އެކަން އެއްވެސް އިންސާނަކަށް ބަދަލެއް ނުކުރެވޭނެ.

  10. ޝަގާފަތްބެ

    ޢައިރު މުސްލިމުން ރާއްޖެ އަށް ޓުއަރިސްޓުންގެ ގޮތުގައި ގެނެސް އެމީހުންނަށް ރަލާ އޫރު މަސް ވިއްކާ، އެވިއްކި އަގުން ޓެކްސްގެ ގޮތުގައި ފައިސާ ނަގާ އެޓެކްސް ރައްޔިތުންގެ ކަންކަމަށް ޚަރަދުކޮށް، ރަލާ އޫރު މަސް ބޮވޭނެ އިންތިޒާމުތައް ހަމަޖައްސާ، ހުއްދަތައްދީ އަދި ކައިވެނި ނުކޮށް އުޅޭ މީހުން އެއްކޮޓަރިއެއްގައި ނިންދަވާ އެ ކޮޓަރިތައް ވިއްކައިގެން ލިބޭ ފައިސާ އިން ޓެކްސް ނަގާ، އެފައިސާ އިން މުސާރަ ލިބިގަތުންކ އިސްލާމީ ޝަގާފަތަށް ވީ ކޮން ގޮތަކުން ކޮން ޒަމާނެއްގައިކަން ނިކަން ޝަހީމު ސާފުކޮށް ދީފާނަންތަ؟ ނާފަހެ އެކަންކަން މަނާ ކުރަން ގޮވާ ނުލާ އީދާ އަޅައިގަނެގެން ތިއުޅެނީ އަނެއްކާ ކިހިނެއްވެގެެންތަ

    1
    2
    • ޔާ

      ތިބުނާ ޣައިރު މުސްލިމުންނަކާހެދި އަހަރެމެންގެ އިޤުތިޞާދު ސަލާމަތުން މި އޮތީ. އެހެން ނޫން ނަމަ މީ ދެކުނު އޭޝިޔާގެ ދެވަނަ ޕާކިސްތާން

  11. އުފަން ދުވަހުގެ ތަޙުނިޔާ ފޮނުވުމަކީ؟؟؟

    ޗައިނާގެ ރައީސް އާއި ރައީސް މުޢިއްޒުގެ އުފަން ދުވަސް އެއްދުވަހެއްވވީމައި އެކަމާ އުފާފާޅު ކުރައްވައި ޗައިނާގެ ރައީސަށް އުފަން ދުވަހުގެ ތަޙުނިޔާ ވިދާޅުވެ ރައީސް މުޢިއްޒު ސިޓީފުޅު ފޮނުއްވުމަކީ އިސްލާމްދީން ހުއްދަކުރާ އިސްލާމީ ސަޤާފަތެއް ތޯ ނިކަން ޝަހީމް ބުނެދެއްވަ ބައްލަވާށެވެ!

    37
    7
  12. ހުތުރުމާސްކު

    ޗަހީމު މިހާރު މި ވާހަކަ ދެއްކީމަ ހީވަނީ މި ވެރިކަމުގައި ހެން އެ ކަން ހަރާން ވީ ، މަ އެއްބަސް އެއީ ސިފަ ހުތުރު ބަލާލަން ހަޑި މާސްކުތަކެއް ކަމަށް އެއީ

    5
    7
  13. އަހުމަދު

    ޖިންނި ޝައިތާނުން ތިބޭ ސިފަވެސް ޝަހީމްއަށް އެނގޭތަ.

    33
    12
  14. ކަށިކެޔޮ އާދަނު

    ތިޔަހުރިހާސިގައެއްގައިވެސް އަންހެނުން ފިރިހެނުންނަށްހެދިގެން އަދި ފިރިހެނުން އަންހެނުންނަށްހެދިހެންވެސް އީދު ފާހަގައެބަކުރޭ. ދެންފެންނަނީ އުނގުޅޭކުޅިތަކެއް

  15. ހަންޑިކުޑަ

    މިހާރުތޯ މަނިކުފާނަށް ތިހެން ބުނަން އެނގުނީ! މަޤާމުގެ ދަހިވެތި ކަމުގައި ސޭޙުންތައް އަނގަ ބަންދު ކޮއްގެންތިބެނީ!

  16. ކަހެރުވައް

    ޖިންނި ޝައިތާނުން ތިބޭ ގޮތް އެނގެނީ ކޮން ބަޔަކަށް؟ ކުޅުދުއްފުށީ މީހުންނަށް އެކަނިތަ؟

    14
    8
  17. ތިނަދޫ މީހާ

    ޖިއްނި ށައިތާނުން އުފެދިފައިވަނީ ނޫރުން ނޫން ތަ؟ ކަލެއަށް މާބޮޑަށް އެނގެނީ

    15
    12
    • ހޯދާ

      ތިނަދޫ މީހާ..މަލާއިކަތުން ހެއްދެވީ ނޫރުން..ޖިންނީން ހެއްދެވީ ދުން ނާރާ އަލިފާނުން..ސޫރަތުއްރަޙްމާންގަ އޮންނާނެ ޖިންނީން ހެއްދެވީ ދުންނާރާ އަލިފާނުންކަން..

  18. ހަވާމާލި

    އީދު ފާހަގަ ކުރަން ކުރާ ކަމެކޭ ކާކު ޝަހީމު ކައިރީގަ ބުނީ މަށިމާލި ޕެރޭޑު އޮންނަނީ އީދު ދުވަހަކުވެސް ނޫން ޝަހީމަށް ވެގެން އުޅެނީ ކީއްކަން ނޭނގޭ ކުޑަކުއްޖަކުވެސް ނުހުންނާނެ ލަދުގަނެބަލަ ޝަހީމު

    25
    5
  19. ދަ ޖިންނި

    ޖިންނީންނަކީ އެކި ސިފަސިފަޔަށް (ޖަނަވާރުންނާއި އިންސާނުންގެ ސިފަޔަށްވެސް) ބަދަލު ވުމުގެ ގާބިލުކަން ލިބިފައިވާ މަޚުލޫޤުން ތަކެއް ކަމުގައި ބުނާތި އަޑު އެހީމެވެ. ހައްދަވާފައި ވަނީ ނޫރުން ކަމުގައި ބުނެވިގެން ވެއެވެ.

    0
    2
    • އޭއި

      މަލާއިކަތުން ހައްދަވާފަވަނީ ނޫރުން. ޖިންނިން ހައްދަވާފައިވަނީ ދުންނާރާ އަލިފާނުން

  20. ްަޤައުމު

    ހިލެޭއަންހެނުން ކައިރިއަށް ދިއުން ދީނުގާ ހުއްދަތޯ!

  21. ހޯދާ

    ތިނަދޫ މީހާ..މަލާއިކަތުން ހެއްދެވީ ނޫރުން..ޖިންނީން ހެއްދެވީ ދުން ނާރާ އަލިފާނުން..ސޫރަތުއްރަޙްމާންގަ އޮންނާނެ ޖިންނީން ހެއްދެވީ ދުންނާރާ އަލިފާނުންކަން..

  22. ހުސްބަސްތީ

    ސަހީމުމެން މަޖިލީހަށް ކުރިމަތިލާން ވީމާ ފޮޓޯ ވެސް އޯކޭ ސަހީމުމެދޯ މައުމޫނަށް ޖޯކުޖެހީވެސް ފޮޓޯޖަހާތީ! މިހާރު ގެޔެއްގައި ޖަމާއަތް ހަދައިގެން ނަމާދުކުރާނަމަ ފިޔަވަޅުވެސް އަޅާނެ، މައުމޫނު ފިޔަވަޅު އެޅީމާ ކަމުނުދިޔައީ!

  23. ބ

    އީދު ހުތުބާއިން ބުނީ ބުދުދީނުގެ މީހުން އީދުފާހަގަކުރާގޮތަށް އިސްލާމް ދީނުގެ ދެއީދު ފާހަގަނުކުރުމަށް ސަހީމު ބުނަނީ ޖިންނި ސައިތާނުން ހެން ފާހަގަނުކުރުމަށް ދީނަށް ލޯބިކުރާކަމަށް ބުނާ ސަރުކާރުން ގައުމީ ފެންވަރުގައި އެގެންދަނީ ޖިންނިންނާއި ސައތާނުން ނަށް ގޮވައގެން އީދެފާހަގަކުރަނީ އޭބުނީމައި އެވަނީ ދީނަ ފުރައްސާރުކުރުމޭ މިސަރުކާރުގެ ކުޅިވަރާއިބެހޭ ބުނިނުހޭ އީދުފާހަގަކުރާނީ މިހެންނޭ

  24. އަށްޒާމު

    ދެން އީދު ފާހަގަ ނުކުރޭ ބޮޑު ޖުއްބާ ލައިގެން ތުބުޅި ދިގުކޮށްގެން އަފުއާނިސްތާނުގެ މުއްލާ ހެދިގެން އީދު ފާހަގަ ކުރޭ

  25. އަކްމެޑް

    ކުޑަކުދިން ނަފްސާނީ އެއް ނުވޭ؟

  26. އިބޫ

    މިގިނަ ކޮމެންޓް ކޮއްފައިވަނީ އެމް.ޑީ.ޕީ ކުދިންކޮޅުކަމައް ބެލެވެނީ އެކުދިންނައް މީހަކު ހެޔޮބަހެއްބުނެފިއްޔާ އަބަދުވެސް ކަންބޮޑުވާނެ ...

    2
    2
  27. ޔޭ

    ހައްޖުގެ ކަންކަން ވީގޮތުގެ ފީކަޅާކަމުން، މީނާވެސް މިހާރު މޮޔަގަވެނީ... ލޮލް

    2
    1
  28. Anonymous

    ކޮބާ ދެން ތިޔަ ޖިންނި ޝައިޠާނުންނާއި ފުރޭތަތަކުގެ ފޮޓޯ މޫނުމަތިން ދުއްވާލަންވީ ނޫންތަ؟ ކުރީ ޚަބަރުގައި ކަމަނާ ލިޔުއްވީ، އަންހެނުންގެ ޒީނަތްތެރިކަން ފާޅުކުރަންވާނެ ވާހަކަޔާއި ކަމަދޫއަކީ ރާއްޖޭގެ އެންމެ ރީތި އަންހެންކުދިން ތިބޭ އެއް ރަށް ކަމާއި، އެކުދިންގެ ފަރި ޙަރަކާތްތަކުގެ ވާހަކަ. މި ޚަބަރުގައި ތިޔަ ލިޔުއްވީ ދީނީ ގޮތުން ރަނގަޅު ވާހަކައެއް. އެގޮތަކީ، ހިންދީންގެ ސަޤާފަތުން ރާއްޖެ އައި ކަމެއް ކަމަށްވާ ފުރޭތައާއި ދެޔޯއާއި ހަންޑިއާއި ކިއްސައް ދެތްވާއި، ވިގަންޏާއި، ރަވޯއާއި އޮޑިތާންކަލޭގެއާއި، ކުޑަފޫޅާއި، މިޒާތުގެ ޝައިޠާނުންނަކީ "އެއްވެސް ރަސޫލަކުވެސް ނަބިއްޔަކުވެސް ދެނެވަޑައިގެންނެވި ތަކެއްޗެއް ނޫން". މިއީ ޙާޖީ އެދުރުކަލޭގެފާނު ޢަރަބި ބަހުން ހެއްދެވި ޅެމުގައިވެސް އޮތް ޢިބާރާތެއް.
    ދަންނަވަން މިއުޅެނީ ދީނަކީ ފިހާރައަކަށް ގޮސް ތިމާ ބޭނުންވާ އެއްޗެއް ގަނެފައި ހިތް ނުރުހޭ އެއްޗެހި ނުގަނެ ނޫކޮށްލާ ގޮތަށް އޮތް އެއްޗެއް ނޫނޭ. އަންހެނުން އެކަނބަލުންގެ ޒީނަތްތެރިކަން ފައުޅުކޮށް، ހިޖާބުން ވީއްލިގަނެ، ތަބައްރުޖުވެގެން ހިލޭ ފިރިހެނުންގެ ކުރިމައްޗަށް ނުކުމެ ޑާންސް ކުރުމަކީ ބޮޑުވެގެންވާ ފާހިޝް މުންކަރާތެއްކަން ޤުރުއާނާއި ސުންނަތުގެ ދަލީލުތަކުން ސަރީޙަކޮށް ބަޔާންވެގެންވޭ.

    4
    1
  29. ގުދުގުދާބެއްޔާ

    ބޮނަކުއާ ފުޅިއެއް ހިފައިގެން އަންހެނެއްގެ އަތުގަ ހިފައިގެން އީދު ފާހަގަކުރުން ހުއްދަތޯ!

    1
    1
  30. ރާއްޖެތެރޭ މީހާ

    ބެއްޔާހެދުންވެސް ހަރާމް - ހުއްދައެއްނޫން. ހައްޖު ކޯޓާއިން ވައްކަންކޮށް ކިއޫއޮޅުވާލާ ގާތްމީހުން ފަގީރުންނަށް ހަދައިގެން ރައްޔިތުންގެ ފައިސާއިން ހައްޖަށް ގެންދިއުމް ހުއްދަ.