ހުޅުމާލެއިން މާލެއަށް ދާ ހަލިމަގު (ހައިވޭ)ގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގުމުން ފިލި މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ތެރެއިން އެއް ސައިކަލުގައި އިން މީހާ ވަނީ ސީން ރުޅާލުމަށްފަހު ފިލައިފައެވެ.

އަދި އޭގެ ފަހަތުން އައި ކާރު ކުއްލިއަކަށް ހުއްޓުނުތަނާ، ފަހަތުން އައި ސައިކަލެއް އައިސް ކާރުގައި ޖެހި އެކްސިޑެންޓެއް ވަނީ ވެފައެވެ. އެ ސައިކަލުގައި ދެ މީހުން އިންއިރު ދެ މީހުންނަށްވެސް ވަނީ އަނިޔާވެފައެވެ. އަނިޔާވެފައި ވަނީ އަންހެނަކާއި ފިރިހެނަކަށެވެ.

ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން ވިދާޅުވީ، މި އެކްސިޑެންޓްގައި އަނިޔާވި މީހުންނަށް ސީރިއަސް އަނިޔާތަކެއް ނުލިބޭ ކަމަށެވެ. އަދި އެކްސިޑެންޓްވުމުން ފިލި މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި އެކްސިޑެންޓް ހެންވޭރު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.