ހުޅުމާލެއިން މާލެއަށް ދާ ހަލިމަގު (ހައިވޭ)ގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މިރޭ 20:45 ގައި ފުރަތަމަ އެކްސިޑެންޓް ވެފައި ވަނީ ދެ ސައިކަލު ޖެހިގެންނެވެ. އޭގެ ތެރެއިން އެއް ސައިކަލުގައި އިން މީހާ ވަނީ ސީން ރުޅާލުމަށްފަހު ފިލައިފައެވެ.

އަދި އޭގެ ފަހަތުން އައި ކާރު ކުއްލިއަކަށް ހުއްޓުނުތަނާ، ފަހަތުން އައި ސައިކަލެއް އައިސް ކާރުގައި ޖެހި އެކްސިޑެންޓެއް ވަނީ ވެފައެވެ. އެ ސައިކަލުގައި ދެ މީހުން އިންއިރު ދެ މީހުންނަށްވެސް ވަނީ އަނިޔާވެފައެވެ. އަނިޔާވެފައި ވަނީ އަންހެނަކާއި ފިރިހެނަކަށެވެ.

"ފިރިހެން މީހާއަށް ތެދުވެސް ނުވެވިފައި އޮތީ،".

މި އެކްސިޑެންޓާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މޮހޮނު

    ދިވެހި ފުލުހުންނަށް ނުވާނެ އެއްކަމެއްވެސް... ކޮފީ ބޮއެގެން ޔޫރޯ ބަލަން އެންމެން ތިބެނީ، އެއީ ޑިއުޓީއަކީ އެމީހުންގެ

    15
    10
    • ހައިވޭ

      އެބުނާހެން ކޮންމެސައިކަލެއްގެ ކުރީ ޝީޓު ފުލުހަކު ބައިންދާބަލަ އޭރުން އެކްސިޑެންޓް ނުވާނެ

      10
      4
  2. ލޭނު

    ކީއްވެ އޭގެ ފަހަތުން ކާރެއް އަންނަންވީ؟ ކާރައް ލޭނެއް ސައިކަލަށް ލޭނެއް ނޫންތަ އިންނަނީ؟ ކޮންމެވެސް އެކަށްޗެއް ގަވާއިދާއި ޚިލާފަށް ނުބައި ލޭނުގަ!

    3
    1
  3. ގުދުގުދާބެއްޔާ

    ރަށުން ފުންމާލިގޮތައް ސައިކަލް ދުއްވި ބައެއްތޯ އެބަޖެހޭ ބަލަން! ރަށުގަ ގެއާ ބަދިގެއާ ދެމެދު ސައިކަލްދުއްވާފަ މާލެ އައިސް ބުރިޖްގެ ހަލިމަގު ފެނުނީމާ ހަނދުބޮޑުވާ މީހުން ގިނައީ!

    4
    5
    • ބެއްޔާބެ

      ކޮން ރަށެކޭކިޔާކަށް މާލޭ ބޭފުޅާ؟ މި އާޓިކަލްގަ އެބައިންތަ ރަށެއްގެ މީހެކޭކިޔާފަ ލިޔެފަ؟ ރޭސިސްޓް ކޮމެންޓްކުރާކަށް ކަމެއްވާއިރަށް ޜާއްޖެތެރެއޭ ކިޔާނެކަމެއްނެތް. ހޭކެނޑިގެން ދުއްވާލެއް މަދެއްނޫން މާލޭ ބޭފުޅުންވެސް!!

  4. ލޭމީހުން އުޅެނީ ރްއްޖެ

    ���