ބިދޭސީ މަސައްކަތްތެރި ބަރާކޮށްގެން ސިނަމާލެ ބްރިޖް މަތިން ދަތުރުކުރި ދެ އުޅަނދެއް ހުއްޓުވައި ޑްރައިވަރުންގެ ލައިސެންސް ހިފަހައްޓައިފިއެވެ.

މީސްމީޑިއާގައި އާންމުވެފައިވާ ފޮޓޯތަކާއި ވީޑިއޯޓަކުން ފެންނަނީ ޓިނު ޖަހައިގެން ޕިކަޕެއްގެ ފަހަތުގައި ކޮއްޓެއްހެން ހަދާފައި ހުރި ތަނަކަށް ބިދޭސީ މަސައްކަތްތެރިން ފުރާ އަރުވައިގެން ބްރިޖުމަތިން ދަތުކުރަމުން ދިޔަ މަންޒަރެވެ.

އާންމުންގެ މީހަކު ކުރި ސުވާލަކާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއީ މަނާ ކަމެއް ކަމަށާއި އެފަދަ ކަންކަން ހުއްޓުވަން ފުލުހުން އިތުރަށް ސަމާލުކަން ދޭނެ ކަމަށެވެ.

އެކަމާ ގުޅިގެން މީޑިއާތަކަށް ފޮނުވި މެސެޖުގައި ވެސް ފުލުހުން ވިދާޅުވީ އެއީ ގަވައިދާ ހިލާފަށް މީހުން އަރުވައިގެން ދުއްވި އުޅަނދުތަކެއް ކަމަށެވެ.

ޝިފާން އެކްސްގައި އިތުރަށް ވިދާޅުވީ، އެ ޕިކަޕުތައް ދުއްވި މީހުންގެ ލައިސެންސް ހިފަހައްޓާފައިވާ ކަމަށެވެ. އަދި އެ ދެ ޕިކަޕުގެ ތެރެއިން އެއް ޕިކަޕު ޓޯކޮށްފައިވާ ކަމަށެވެ.

 

އެ މައްސަލައާއި ގުޅިގެން ފުލުހުން ވިދާޅުވީ، ހުއްދަ ނެތި ގަވައިދާ ހިލާފަށް މީހުން އަރުވައިގެން މާލެއިން އެއާޕޯޓަށް މިއަދު ދަތުރުކުރި އުޅަނދެއް ހުށްޓުވައި ޗެކް ކުރިއިރު އެ އުޅަދަކީ ބީ ޒޯންގައި ރަޖިސްޓާ ކޮށްފައިވާ އުޅަނދެއްކަން އެނގިފައިވާ ކަމަށެވެ.

ބީ ޒޯންގައި ރަޖިސްޓާ ކޮށްފައިވާ އުޅަނދެއް އޭ ޒޯންގައި ދުއްވުމާ އަދި އުޅަނދުގެ އަހަރީ ފީ ހަމަވެފައި ވާތީ ފިޔަވަޅު އަޅައި އެ އުޅަނދު ވަނީ ޓޯ ކޮށްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. Anonymous

    ބަޔަކު ރިޕޯރޓް ކުރީމާ ކަންކަން ކުރަންތިބޭނަމަ، ދެންވެސް ތިބޭނީ ހަމަ ތިހެން. އަދިވެސް ބްރިޖު އަރާ ތަނުގައާއި ފައިބާ ތަނުގައާއި ބްރިޖު ދަށުގައި ޕޮލިސް ޕޯސްޓް ހަދާފައި ބަހައްޓާ. ފޯނުން ގޭމުކުޅެން ތިބެދާނެނުން. ދޯ

    23
    1
  2. ދެނޯ

    ބަޔަކު ރިޕޯރޓް ކުރީމާ ކަންކަން ކުރަންތިބޭނަމަ، ދެންވެސް ތިބޭނީ ހަމަ ތިހެން. އަދިވެސް ބްރިޖު އަރާ ތަނުގައާއި ފައިބާ ތަނުގައާއި ބްރިޖު ދަށުގައި ޕޮލިސް ޕޯސްޓް ހަދާފައި ފޯނުން ގޭމުކުޅެން ތިބެދާނެނުން. ދޯ

  3. ޗަކޮއި

    އަސްލު ގިނަ ފުލުހުންގެ ދެންވަރު ވ ދައް. އަދި ވާހަކަ ދެއްކުމުގެ ބަހުރުވަ، ބަސްމަގުވެސް.. މިކަން އިއްޔެވެސް ތަޖުރިބާ ކޮށްފިން.

  4. ކުރިޔަށްކުރިޔަށް

    ބަރާބަރު. ހަމަޔަކަށް އެޅޭނެ ތިހެން ހިފަހައްޓާލައިފިއްޔާ. ޖަލަށް ވެސް ލާން ވީ ލާވަރުވަންޏާ

    6
    0
  5. ނެގުނުކަތީބު

    އުޅަނދުގެ ވެރިފަރާތް ބޮޑު އަދަދަކުން ޖުރިމާނާ ކުރަންޖެހޭ.

  6. ޙެހެހ

    ނުހުއްޓުވޭނެ ، މީގެ 1 ހަފްތާކުރިން ހަމަ ތިކަމެއް ދިމާވެފަވީ ، އަނެއްކާ ތަކުރާރުވީތި ! ދެން ކީއްކުރާ ޕޯސްޓެއްތޯ މާލެފައިބާ ތަކުގައި އެއޮތީ

  7. ޙެހެހ

    ރަޖިސްޓްރީ ބާތިލް ކުރަންޖެހޭ

  8. Anonymous

    ކަމެއް ހިންގާ ނިމުނީމާ ކަންކުރަން ތިބެނީ.

  9. އިޙުލާމް

    ޕޮލިހުން ތިބީމަ ނޫންތޯ ޤަވާޢިދާއި ޚިލާފަށް ދުއްވި އުޅަނދު ހިފަހައްޓާ ފިޔަވަޅު އެޅިގެން އެދިޔައީ. ރަނގަޅަށް ވިއްޔާ މީހުން އަރުވާ ބަރާކޮށްގެން ދިޔަ ތިޔަ ޕިކަޕް ދުއްވަން އިންނާނީ ބިދޭސީ އަކަށްވާނީ.
    ރަސްމީ ލިޔެކިއުމެއް ނެތި ޤަވާޢިދާއި ޚިލާފަށް ތިޔަ ބިދޭސީން މިޤައުމުގައި އުޅެ އުޅެ އެމީހުން ތަބާވާ އެއްވެސް ޤަވާޢިދެއް އަދި ޤާނޫނެއް މިޤައުމުގައި ނެތް. ޤަވާޢިދާއި ޚިލާފަށް އުޅެމުންދާ މިބިދޭސީންގެ ސަބަބުން މިޤައުމުގެ ސަލާމަތަށް މިވަނީ ނުރައްކާވެފައި. އެއްވެސް ސަރުކާރަކުން މިބިދޭސީންގެ މަސްއަލައަށް ސީރިއަސް ޙައްލެއް ގެންނާން އުޅޭ ތަނެއް ނުފެނޭ. ދައްކަނީ ހުސް ވާހަކަތަކެއް.